ބޯޖަސް އޮލިވް އޮއިލް، އެތައް ފައިދާއެއް

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވާ ކަމެކެވެ؛ އޮލިވް އޮއިލް އިން ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ ކަމެވެ. ދިރާސާ އަކަށް ފަހު، ދިރާސާ އަކުން އެކަން އިތުރަށް މި އަންނަނީ ޔަގީން ވަމުންނެވެ.


މަޝްހޫރު "ބޯޖަސް" ބްރޭންޑްގެ އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ލޮޓަސް ފިހާރަ އިން މިހާރު ވިއްކަމުން އަންނައިރު، ތިރީގައި އެ ވަނީ އޮލިވް އޮއިލް ބޭނުންކުރާ މީހުންނަށް ލިބޭ ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ފަސް ފައިދާ އެކެވެ.

ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދިނުން

އޮލިވް އޮއިލްގައި މައިގަނޑު ގޮތެއްގައި "އޯލެއިކް އޮއިލް" ކިޔާ ބާވަތެއް އެކުލެވިގެން ވެ އެވެ. ދިރާސާތަކުން ދައްކާ ގޮތުން، މިއީ ހަށިގަނޑުގައި ހުންނަ "ގުޑް ކޮލެސްޓްރޯލް" (އެޗްޑީއެލް) އިތުރުކޮށްދީ، "ބޭޑް ކޮލެސްޓްރޯލް" (އެލްޑީއެލް) މަދުކޮށްދޭ އެއްޗެކެވެ.

ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި ނާރުތައް ބެދުމާއި ހާޓް އެޓޭކް އަދި ސްޓްރޯކް ފަދަ ކުއްލި ނުރައްކާތައް އެންމެ ބޮޑަށް ކުރިމަތިވާ އެއް ސަބަބަކީ ހަށިގަނޑު ގައި ކޮލެސްޓްރޯލް ގިނަ ވުމުމެވެ. ނަމަވެސް، މަތީގައި ބުނެފައިވާ ގޮތަށް އޮލިވް އޮއިލް އިން ހަށިގަނޑު ތެރޭގައި ހުންނަ ކޮލެސްޓްރޯލް ކޮންޓްރޯލް ކޮށްދެ އެވެ. އެހެންކަމުން، ސިއްހީ ކުއްލު ނުރައްކާތައް، އޮލިވް އޮއިލް ބޭނުންކުރާ މީހުންނަށް ކުޑަ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ހިތުގެ މައްސަލަތައް ކުޑަކޮށްދޭ

މަތީގައި ބުނެފައިވާ ފަދައިން، އޮލިވް އޮއިލް ބޭނުންކުރާ މީހުންނަށް ހާޓް އެޓޭކްގެ ރިސްކު ކުޑަ ކޮށްދެ އެވެ. މިއީ ސައިންޓިފިކް ދިރާސާތަކުން ތަކުރާރުކޮށް ސާބިތު ކޮށްދެމުން އަންނަ ކަންތައްތަކެވެ.

މީގެ އިތުރުން، ޑައިބެޓިކް މައްސަލަތަކާއި ލޭ މައްޗަށް ދިއުމުގެ މައްސަލަތަކަށް ވެސް މިއީ ވަރަށް ރަނގަޅު ފަރުވާއެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އަދި އޮބޭސިޓީ ނުވަތަ އާދަޔާ ހިލާފަށް ފަލަވުމުގެ ބަލީގެ ރިސްކު ވެސް އޮލިވް އޮއިލް ބޭނުންކުރާ މީހުންނަށް ކުޑަ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ހިތުގެ މައްސަލަތަކާއި ސާކިއުލޭޓަރީ ސިސްޓަމް ބަލިތައް އެންމެ ގިނައިން ކުރިމަތިވަނީ، ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މަތީގައި ބުނެފައިވާ ތިން މައްސަލައާ އެކު އެވެ.

ލޮޓަސް ފިހާރަ އިން ވިއްކާ ބޯޖަސް އޮލިވް އޮއިލް.

ސެލް ތަކަށް ވެސް ރައްކާތެރިކަން

އޮލިވް އޮއިލްގައި އެންޓިއޮކްސިޑެންޓް ޕައުޑާ ކިޔާ މާއްދާއެއް ހިމެނެ އެވެ. އޭގައި އެކުލެވޭ ޕޮލީފެނަލްސް ކިޔާ ބާވަތަކާއި އެކު، ސެލް އޮކްސިޑޭޝަން ފަސޭހަ ވެގެން ދެ އެވެ.

ސެލް އޭޖިން ނުވަތަ ދުވަސް ވުމަކީ އޮކްސިޑޭޝަންއާ އެއް ވަރަކަށް ކުރިއަށްދާ ކަމެކެވެ. އެހެންކަމުން އެ މަރުހަލާ ފަސޭހަ ވެގެން ދިއުމުން، ސެލް އޭޖިން ހެލްތީ ވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ކުރުކޮށް ބުނާ ނަމަ، މިއީ އުމުރުން ދުވަސްވާ މިންވަރު ހަށިގަނޑުން ފެނިގެން ދިއުން ލަސްކޮށްދޭ ކަމެކެވެ.

ބްރެސްޓް ކެންސަރުގެ ރިސްކު ދައްކޮށްދޭ

"ކޮންމެ ދުވަހަކު ވެސް ހަތަރު ސައި ސަމްސަލުގެ އެކްސްޓްރާ-ވާޖިން އޮލިވް އޮއިލް ބޭނުން ކުރާ ނަމަ ބްރެސްޓް ކެންސަރު ޖެހުމަށް އޮންނަ ފުރުސަތު ތިން ބައި ކޮށްފަ ދެ ބައި ކުޑަ ކޮށްދޭ،" މެޑިޓެރޭނިއަން ޑައިޓް-ބޭސްޑް ޕްރޮވެންޝަންގެ ދިރާސާ ރިޕޯޓެއްގައި ބުނެފައި ވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އޮލިވް އޮއިލް ބޭނުން ކުރުމުން، އިންސިޕިއަންޓް މެލިގްނަންޓް ސެލް ގްރޯތު ދަށްކޮށްލަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކެންސަރާ ދެކޮޅަށް "ހަނގުރާމަ" ކުރާ ސެލްތަކެއްގެ ގޮތުގައި އެ އެއްޗެހި ހަރަކާތްތެރިވެ އެވެ.

ހަޖަމް ކުރަން ފަސޭހަވޭ

އޮލިވް އޮއިލް އަކީ ގޭސްޓްރިކް މައްސަލަ ތަކާއި ޕެންކްރިއެޓިކް އަދި ބިލިއަރީ ސެކްރޭޝަންގެ މައްސަލަތަކަށް ވަރަށް ރަނގަޅު އެއްޗެއް ކަމަށް ވެ އެވެ. އަދި އެއާ އެކު ޑައިޖެސްޓިވް ޓްރާންސިޓް މައްސަލަތައް ހައްލުކޮށްދީ، ސްޕޮރެޑިކް އެސިޑް ރިފްލަކްސް އިން ކުރިމަތިވާ ބަނޑަށް ތަދުވުން ފަދަ ކަންކަން ކުޑަކޮށްދޭ ކަމަށް ދިރާސާތަކުން ދައްކަ އެވެ.

ނަމަވެސް މިފަދަ ތަދުތައް ބޮޑުވާ ނަމަ ލަސްނުކޮށް ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ޖެހޭނެ އެވެ.