ވިޔަފާރި / އެމްއެމްއޭ

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން 50 މިލިއަން ރުފިޔާގެ ކްރެޑިޓް ގެރެންޓީ ސްކީމެއް ތައާރަފްކޮށްފި

އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ސްކީމްގެ އެއްބަސްވުމުގައި އެމްއެމްއޭގެ ގަވަރުނަރު އަދި ބީއެމްއެލް އާއި އެމްއައިބީގެ ސީއީއޯގެ މިއަދު ސޮއިކުރައްވަނީ --ފޮޓޯ: ނިޝާން އަލީ

އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި އަދި އެއްވެސް ރަހުނަކާ ނުލައި ލޯނު ލިބޭ ސްކީމެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ތައާރަފްކޮށްފި އެވެ.

އެމްއެމްއޭ އިން ގެރެންޓީ ދީގެން ހިންގާ 50 މިލިއަން ރުފިޔާގެ ސްކީމްގެ ދަށުން 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރަން ވަނީ ނިންމައިފަ އެވެ. މި ސްކީމްގައި މި ވަގުތު ބައިވެރިވެފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނެވެ.

މަރުކަޒީ ބޭންކުގައި ބޭއްވި ރަސްމިއްޔާތެއްގައި ކްރެޑިޓް ގެރެންޓީ ސްކީމްގައި ބައިވެރިވުމުގެ އެއްބަސްވުމުގައި އެމްއެމްއޭގެ ފަރާތުން ސޮއިކުރެއްވީ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އެންޑްރޫ ހީލީ އެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަރީސް ހާރޫން އެވެ.

އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްއެމްއޭގެ ކްރެޑިޓް ގެރެންޓީ ޔުނިޓްގެ ހެޑް އިބްރާހިމް ނާސިރު ވިދާޅުވީ އެ ސްކީމް ތައާރަފްކުރީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. އަދި އެ ސްކީމްގައި އިތުރު ބޭންކުތައް ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސްކީމްގައި އަޅުގަނޑުމެން މި ކަނޑައެޅީ 50 މިލިއަން ރުފިޔާ. މީގައި އަޅުގަނޑުމެން މިދެނީ 90 ޕަސެންޓް ގެރެންޓީ،" ނާސިރު ވިދާޅުވި އެވެ.

މި ސްކީމްގެ ދަށުން ބީއެމްއެލް އިން ވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބިޒްނަސް ޑިވެލޮޕްމަންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފަ އެވެ.

ކްރެޑިޓް ގެރެންޓީ ސްކީމްގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ގަވަރުނަރު އަޒީމާ އާއި ބީއެމްއެލް ސީއީއޯ އެންޑްރޫ ހީލީ ސަލާމް ކުރައްވަނީ. ފޮޓޯ: ނިޝާން އަލީ

ވިޔަފާރި ފުޅާކުރުމަށާއި، އެސެޓް އިތުރުކުރުމަށާއި ވިޔަފާރި ހިންގަން ބޭނުންވާ ފައިސާ ހޯދުމަށް ވެސް މި ލޯނު ސްކީމަށް ހުށަހެޅޭނެ އެވެ. ލޯނުގެ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ. ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭއިރު ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސް ދުވަސް ދެ އެވެ.

އެ ސްކީމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެމްއައިބީގެ ހެޑް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މުހައްމަދު ޝަފާއު ވިދާޅުވީ ސްކީމްގެ ދަށުން އެ ބޭންކުން ވެސް ފައިނޭންސް ކޮށްދޭނީ 100،000ރ. އިން ފެށިގެން އެއް މިލިއަން ރުފިޔާއާ ހަމަޔަށެވެ.

އެ ސްކީމްގެ ދަށުން އެމްއައިބީގެ ފަރާތުން ފައިނޭންސްކޮށް ދޭން ނިންމާފައި ވަނީ އެ ބޭންކުން ތައާރަފްކޮށްފައިވާ މުރާބަހާ ޖެނެރަލް އެސެޓްސް އަށާއި ވެސެލް ފައިނޭންސިންގެ ތެރެއިންނެވެ. އެގޮތުން އެމްއައިބީން ވެސް ފައިނޭންސްކޮށްދެނީ ނުވަ ޕަސެންޓް ޕްރޮފިޓާ އެކު ފަސް އަހަރު ދުވަހުން އަނބުރާ ދައްކާ ގޮތަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

"އެމްއައިބީން މި ސްކީމްގެ ދަށުން ފައިސާއެއް ދުލެއް ނުކުރާނަން. ހަމައެކަނި އެސެޓެއް ގަނެދޭނީ،" ޝަފާއު ވިދާޅުވި އެވެ.

19 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 6%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދީދީ

07 August 2016

ނުވަ ޕަސެންޓް އިންޓަރެސްޓް=ޕްރޮފިޓް ތަންކޮޅެއް ބޮޑު ކުދި ވިޔަފާރިތަކަށް. ބޭންކުގެ ފުލްފުލެޖްޑް ކޮމާޝަލް ރޭޓަކީވެސް 11-12 ޕަސެންޓް، ކުދި މީހުންނަށް ލުއިގޮތަކަށް ހަދާބަލަ.

The name is already taken The name is available. Register?

ސަލީމް

07 August 2016

މައުމޫނުގެ ވެރިކަމުގައިވެސް ރާއްޖޭގެ ހުރިހައި ވިޔަފާރިތަކަށް އޮތް ގޮންޖެހުންތަށް ކުރިމަތިވީ އިލްޔާސް އިބްރާހިމް އާއި ރައީސް ޔާމީނުގެ ސަބަބުން، އެދެބޭފުޅުންނަށް އެނގުނުހާ ވިޔަފާރިއަކީ މާލޭގެ ބާޒާރުގައި ވިޔަފާރިކުރަމުން އައި ޒަމާންވީ ވިޔަފާރިވެރިކުރަމުން އައި ވިޔަފާރިތަށް، އޭގެ އެއް މިސާލު ރީފް ސައިޑުން ވިއްކަމުން އައި ސޮނީ ޓީވީ އާއި އެހެނިހެން ސާމާނު އެސްޓީއޯއިން ވިއްކަން ފެށުން، ދެން ހަމަ އެހެންމެ ރާއްޖޭގެ ބައެއް ހާޑްވެއާ ޝޮޕްތަކުން ވިއްކާ ވިޔަފާރިވެސް އެސްޓީއޯއިންކުރޭ، ދެން ދަތުރު ފަތުރުވެސް އަދި ބަސްދަތުރާއި، ފެރީގެ ދަތުރުވެސް، އެންމެ އާދައިގެ މަގުމަތީގެ ގާތަށް ނަގައި ހޮޅިއެއް ވަޅުވަން ޖެހުނަސް، އަދި ފަޅެއ ހިއްކިޔަސް ތޮށިގަނޑެއް ލިޔަސް އެކަން ކުރަނީ ސަރުކާރުން، އޭގެ ސަބަބުން އަމިއްލަ މީހުން ސަރުކާރަށްދޭ ޓެކުސްގެ ފައިސާ ހޭދަވަނީ ސަރުކާރުގެ ދެތިން ކުންފުންޏަށް، މިހާރު އެމްޑަބްލިޔޫއެސްސީ އަދި ސްޓެލްކޯއިން ފެންވިއްކަންފަށައިފި، އެހެންކަމުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ބަދަލުކުރަންޖެހޭ ޓެކުސް ނަގަންފެށުމުން، ސަރުކާރަކީ ވިޔަފާރިކުރާ ތަަކަކަށްވުމުގެ ބަދަލުގައި ރެގިއުލޭޓްކޮށް އާންމުންގެ ތަރައްޤީއަށް ކަންކަން ކުރާ ބަޔަކަށްވާންޖެހެނީ

The name is already taken The name is available. Register?

މައިޝާ

07 August 2016

ރައީސް ޔާމީނުގެ ސަރުކާރުން މިހާތަނަށް އެއްވެސް ކަމެއް ނުކުރައްވާ ރާއްޖޭގެ އަމިއްލަ ކުންފުނިތަށް ކުރިއަރުވަން އޭގެ ބަދަލުގައި ރައީސް ޔާމީނުގެ ސަރުކާރުން ކުރިއަރުވަނީ ސަރުކާރުގެ ކުންފުނިތަށް، އޭގެ ސަބަބުން މިއަދު ކުދިކުންފުނިތަކާއި، ކަންމަތީގެ ފިހާރަތަށް އުވިގެން ހިނގައްޖެ، ހުޅުމާލެއިން ރެޑްވޭވް ސަލީމުއަށް ދިނީ ބޮޑު ކޮށްޓެއް، އޭގެ ފަހުން ގުދަނަކަށް ބޮޑު ކޮށްޓެއް، އޭގެ ސަބަބުން ބޮޑެތި ކުލި ދައްކައިގެން އަދި ލޯނު ނަގައިގެން ހިންގާ ކަންމަތީގެ ފިހާރަތަކުގެ ވިޔަފާރި 90 ޕަސެންޓް ދަށައްދިޔަ، އޭގެ ސަބަބުން އެއާއިލާތަށް ބިކަވި ދަރާވިކުނު، ހަމަ އެގޮތަށް މާލޭގައި އެސްޓީއޯއިން ބޮޑު ސުޕަމާޓްތަކެއް ހިންގާއިރު އެތަންތަނުން ވާދަކުރަނީ އަމިއްލަ ފަރާތްތަކާއި، ދެން ކިހިނެއްތޯ އަމިއްލަ ފަރާތްތަށް ކުރިއަރާނީ، އެހެންކަމުން ރައީސް ޔާމީނު ގެންގުޅެނީ އެންޓި ކޮމްޕެޓިޝަން އިޤްތިސާދެއް

The name is already taken The name is available. Register?

ކޮމެންޓޭ

07 August 2016

އެއި މަވެސް ބޭނުން.ލިބޭނެބާ؟؟

The name is already taken The name is available. Register?

ޝިދާތާމޫސާ

07 August 2016

ތިޔަ 50 މިލިއަނުން ޤައުމުގެ އުފެއްދުންތަކެއް ކުރިނައަރާނެ، ދައުލަތަށްލިބޭ ޓެކުސް އިތުރެއްނުވާނެ، މަނިޓަރީ އޮތޯރިޓީން އިންވެސްޓްކޮށް އެހީތެރިކަންދޭންޖެހޭނީ ޤައުމުގެ ޓެކުސް އިތުރުވާނެ ވިޔަފާރިތަކަށް، ރާއްޖެއަށް އެންމެ ގިނައިން ފައިސާލިބެނީ ޓޫރިޒަމުން، އެހެންކަމުން 100 މިލިއަން ޑޮލަރުގެ ލޯނުސްކީމެއް ހުޅުވާލަންޖެހެނީ ގެސްޓުހައުސްހަދަން، އިމާރާތްތަކެއް އަޅާކަށެއްނޫން، އެއާޕޯޓް ހަދަން 300 މިލިއަން ޑޮލަރު ހޭދަކުރިގޮތަށް ކީއްވެގެންތޯ 500 މިލިއަން ޑޮލަރު ނުނެގީ ގެސްޓް ހައުސްތަކަށް އަމާޒްކޮށް ލޯނު ދޫކުރަން، އެއިރުން ޓެކުސް އިތުރުވެ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރުވީސް

The name is already taken The name is available. Register?

ހާދިސާ

07 August 2016

ތިޔަގޮތަށް ވޯލްޑް ބެންކުގެ އެހީގައި އެތަކެއް ލޯނެއް ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެވުނު، ކިހިނެއްތޯވީ؟ އެއިން އެކަކުގެ ވިޔަފާރިއެއްވެސް މެދުފަންތިއަށް ބަދަލުވެ ބޮޑުވިތޯ؟ މިއީ ވިސްނާލަންޖެހޭކަންކަން، ހަގީގަތުގައި ދިވެހިންގެ އުފެއްދުންތެރިކަން ކުރިނައަރައިގެން އުޅެނީ އެމްއެމްއޭގެ ދެފުތް ދެގޮތް ސިޔާސަތުގެ ސަބަބުބުން، ކުރައުންޓްއާސް ނަޒީރުމެން އަދިވެސް ބޮޑެތި މަހުޖަނުންގެ ލަފާގެ މަތިން ކަންކަން ކުރާތީ، އެއީ އިކޮނޮމިސްޓުންނެއްނޫން، އެމެރިކާގެ އޮބާމާ ސަރުކާރާ ހަވާލުވެގެން 7 މިލިއަން ވަޒީފާ އުފެއްދި، ރައީސް ޔާމީނު ވެރިކަމާ ހަވާލުވެގެން އެއުޅެނީ 94 ހާސް ވަޒީފާ ނުއުފެއްދިގެން، އެއީ އެމްއެމްއާގެ ދޯދިޔާސިޔާސަތުގެ ސަބަބުންކަން ކަށަވަރު

The name is already taken The name is available. Register?

ހައިޝަމް

07 August 2016

ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންކުރާ އުސޫލެއްނޫން ތިޔައީ، އަލަށް ވިޔަފާރިއަށް ވަންނަ މީހުންނަށް ފުރަތަމަ ދޭނީ ތަމްރީން، ދެން އެމީހުންނަށް ފޯކޮށްދޭނީ އިންކިއުބޭޓަރެއް، އެމީހުންގެ އަތަށް ކުއްލިއަކަށް ފައިސާބޮނޑިއެއްނޫންދޭނީ، ދުނިޔޭގެ އެހެން ޤައުމުތަކުން ބަލާނީ މިހާރުވެސް ކުޑަކޮށްނަމަވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ލުޔެއް ދެވޭތޯ، އެއިރުން އެފަރާތްތަކުގެ ސަބަބުން ކުއްލިއަކަށް ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ، އަދި ބަލަންވީ ކުދި މެދުފަންތީގެ ވިޔަފާރިތަކުން ނަގާ ޓެކުސް މަދުކުރެވޭތޯ، އެއިރުން އެމީހުން ބޮޑެތި ވިޔަފާރިތަކަށް ބަދަލުކުރެވޭނީ، ރާއްޖޭގެ ގަވަރުނަރު ޗަމްޕާ އަފީފް، ކޮލި އުމަރުމަނިކުމެންފަދަ ދެތިން މީހުންގެ ހިޔާލާއި މަޝްވަަރާގެ މަތިން ކަންކަން ކުރާތީ މިޤައުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ނުއުފެދެނީ

The name is already taken The name is available. Register?

ޖހ

07 August 2016

ވަރަށް އުފާވެރި ހަބަރެއް..

The name is already taken The name is available. Register?

އަލިދީދީއައްޑޫސިޓީ

07 August 2016

50 މިލިއަން 50 މެންބަރުން އޮތީ މާކުރީއްސުރެން "ރިޒާވް" ކޮށްފަ ކަމުގައި "އެތެރެކޮއިލު" ގެ ދުލެއްގެ ބަހުން އެނގި ކަށަވަރުވުމުން، ދެން މިވާހަކަ މިހިސާބަށް ކުރުކޮށްލާނަން. ބަލަންތިބޭ ބަޔަކަށް މަންޒަރު ފެނިގެންދާނެ!

The name is already taken The name is available. Register?

ބަލިދީދީ

07 August 2016

ގެތްސެޓް ލޯން ވެސް ލިބުނު އެމްޑީޕީ އެކްޓިވިސްޓުން. ހަސަދަވެރިވިއަސް ބޮޑުވަރު ތީ. ކޮންމެ ކަމެއް ވެގެންދަނީ ހިތައް އަރާހާ ގޮތަކަށް ނޫން.

The name is already taken The name is available. Register?

އައްމަކަޅޭ

07 August 2016

ރަނގަޅު ދިރާސާއެއް ކޮށްފަ ތިޔަކަން ކުރަން ގޮވާލަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!