ސްޓެލްކޯ: މިއަދު މޭލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑައިގެންދާނެ-- ފޮޓޯ: މިހާރު
24 ޖުލައި 2019 - 10:19
އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، މާލޭގެ އެކި ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މައްސަލަ ޖެހިފައި ވަނީ އެ ކުންފުނިން މާލެ ސަރަހައްދަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 8.9 މެގަވޮޓުގެ އިންޖީނަށެވެ. އެހެންވެ، އެ މައްސަލަ އެއްކޮށް ހައްލު ވަންދެން، މާލޭގެ އެކި ސަރަހައްދުތަކުން އެކި ގަޑިތަކުގައި ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ކަރަންޓު ކަނޑާލަން ޖެހުނަށް މާ ގިނައިރުތަކެއް ނުވެ އަލުން ކަރަންޓު ދޭނެ ކަމަަށް އެ ކުންފުނިން ބުންޏެވެ.
އެކި ވަގުތުތަކުގައި ކަރަންޓު ކެނޑޭނެތީ، ސްޓެލްކޯ އިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
24 July 2019
ކުރިން ދުވަހު އޮތް ސްޓެލްކޯއަށް ބޮޑުަތަނުން ފައިދާވީ ވާހަކަ. ތި ލިބޭ ފައިދާއަށް ކީއްތަތިކުރަނީ. އިންޖީނެއްގެ ކިރިޔާ މައްސަލައެއް ދިމާވާއިރަށް ކަރަންޓް ކެޑުމަކީ ގަބޫލުކުރެވޭނެކަމެއް ނޫން. ތި ލިބޭ ފައިދާއިން ބެކަޕް ޖަނެރޭޓަރ ނުގަނެވޭތަ
ކޮއްކޯ
24 July 2019
26 ޖުލައި އަށް ފަރިތަކުރަނީތަ؟
އަދާލަތު
24 July 2019
ސުބުޙާނަﷲ. ދެން އަންނަ ކަރަންޓްބިލް ކިހާވަރަކުން ދާނެބާ؟ ބިރުހުރި ކަމެއް.
ޑރ. ނާޝިދު
24 July 2019
ހުރިހާ ޖެނެރޭޓަރުތަކެއް ނިއްވާލާ. ސޯލަރ ޖަހާ
ކިއްލިބާޝާ
24 July 2019
24/7 ޔަގީން.
ހޯގުޅާ
24 July 2019
މި ފަދަ ކުންފުނިތަކުގެ އެމްޑީންނަށް ސަރުކާރު ސިޔާސަތާ ފުށުއަރާ ޕާޓީތަކުގެ އެކްޓިވިސްޓުން ލީމަ މިކަހަލަ ކަންތައް ވަރަށް ގިނަ ގިނައިން ވާނެ.
ނެޓު
24 July 2019
ކަނޑާފަ ބަހައްޓާ، މިފަހަރު ބިލު ލިބުނުއިރު ރީޑިންގއަކީ 200 އެކަމު 400 އާއި 300 ގެ ބޭންޑުންވެސް ލާރިނަގާފަހުރި
ހިލަ
24 July 2019
ނާގާބިލް ވެރިން ލައިގެން އުޅެންޏާ ދުވަހަކު މި ނޫން ދުވަހެއް ނާންނާނެ. ސްޓެލްކޯގެ މުޅި ޓޮޕް މެނޭޖްމަންޓް އެބަޖެހޭ ބަދަލުކުރަން. މައުމޫން ސަރުކާރުގަވެސް، ނަޝީދު ސަރުކާރުގަވެސް، ވަހީދު ސަރުކާރުގަވެސް، ޔާމީން ސަރުކާރުގަވެސް އަދި މިއަދު އިބޫ ސަރުކާރުގަވެސް ސްޓެލްކޯގެ މަތި ފަޑީގަ މި ތިބީ އެއް ބައެއް. އެމީހުން ބޭރުކޮށްގެން ނޫނީ މި މައްސަލަތަކެއް ރަނގަޅެއް ނުވާނެ.