ސްޓެލްކޯ އިން މާލެ އާއި ހުޅުމާލޭގައި ލެޑް ލައިޓުތައް ހިލޭ ބަހަން ފަށައިފި އެވެ.

މިއަދު ހެނދުނު 9:30 އިން ފެށިގެން ހަވީރު 5:30 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތް މާލޭގެ 10 ސަރަހައްދެއްގަ އާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ކުރިއަށްދާނެ އެވެ. މި ތަންތަނަށް ޒިޔާރަތް ކުރާ މީހުން ގެންދާ ކޮންމެ އައިޑީ ކާޑަކަށް ހަތަރު ލެޑް ލައިޓު ލިބޭނެ އެވެ. ކޮންމެ މީހަކަށް ގެންދެވޭނީ ގިނަ ވެގެން ދެ އައިޑީ ކާޑެވެ.

ސްޓެލްކޯ އިން ވަނީ ލެޑް ލައިޓްތައް ބަލައި އަންނަ އިރު ކޮތަޅެއް ގެނައުމަށް އެދިފަ އެވެ. މިއީ އެއްފަހަރާ ބޭނުންކޮށްލުމަށް ފަހު އުކާލާ ކޮތަޅުތައް މަދު ކުރުމުގެ ގޮތުން އެ ކުންފުނިން ނިންމި ނިންމުމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މާލޭގައި ލެޑް ލައިޓް ދޫކުރާ ސަރަހައްދުތައް

- ސްޓެލްކޯ މައި އޮފީސް.

- ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކު.

- އިސްކަންދަރު މައިޒާން.

- ބީއެމްއެލް މައި އޮފީސް ކުރިމަތި.

- މަޖީދިއްޔާ ސްކޫލް ކުރިމަތީގައި އޮންނަ ޕާކު.

- ގަލޮޅު ސްޓޭޑިއަމް ކައިރި (މަޖީދީ މަގު).

- ހިއްތަން މައިޒާން.

- ވެސްޓް ޕާކް ގޯޅިތެރެ.

- މާފަންނު މަދުރަސާ ކުރިމަތި.

- ދަރުމަވަންތަ ހޮސްޕިޓަލް ޕާކު.

ހުޅުމާލޭގައި ލެޑް ލައިޓް ދޫކުރާ ސަރަހައްދުތައް

- ރުއްގަނޑު 1، 2

- ސެންޓްރޯ މޯލް.

- ރެޑްވޭވް މޯލް.

މިއީ، އާންމުން ދިރިއުޅޭ ހުރިހާ ގެއަކަށް ހަދިޔާ ކުރުމަށް ސަރުކާރުގެ ފަރާތުން ބަހާ ލައިޓުތަކެކެވެ. އެހެންކަމުން މިއަދުގެ 5:30 ގެ ފަހުން ވެސް ލައިޓުތައް ހުސްވަންދެން ބަހާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން ވަނީ މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން މާލޭގައި ލެޑް ލައިޓް ބަހައިފަ އެވެ.