އޭޑީކޭ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުގައި މިއަދު ހެނދުނު 9 ން މެންދުރު 12 އަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭތީ އެ ވަގުތުގައި އެ ސަރަހައްދުން ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ސޯސަން މަގުގައި ހުންނަ އޭޑީކޭ ހޮސްޕިޓަލްގެ ސަރަހައްދުން ވަކި ވަގުތަކަށް ކަރަންޓު ކަނޑާލަން ޖެހެނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތަކަށް ކަމަށެވެ.

ތިން ގަޑިއިރަށް ކަރަންޓު ކަނޑާލާނެ ކަމަށް ސްޓެލްކޯ އިން ބުނި ނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިކަމަކަށްޓަކައި ސްޓެލްކޯ އިން މާފަށް އެދެ އެވެ. އަދި މިފަދަ ދަނޑިވަޅުތަކުގައި އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ޝުކުރު އަދާކުރި އެވެ.