އޮރޯނާ ލިފްޓެއް އިންޓްރޯލްކޮށްފައިވާ އިމާރާތެއް--
04 އޯގަސްޓް 2020 - 10:57
ލިފްޓް ގޮޅި ކުޑަވެގެން، ޕިޓުގައި ބޭނުންވާ ފުންމިން ނެތިގެން ނުވަތަ އިމާރާތް ކުރުމުގައި ހެދޭ ގޯސްތަކާ ހެދި ލިފްޓު ނުލެވި އެކަމާ ކަންބޮޑުވާކަށް މިހާރަކު ނުޖެހޭނެ އެވެ. ތޮއްޖެހިފައިވާ މާލޭގެ ކުދިކުދި އިމާރާތްތަކަށް ލިފްޓު ހަރުކުރުމުގައި ފުލް ސޮލިއުޝަނެއް ބޭނުން ނަމަ އެކަމަށް އޮތް ހައްލަކީ "އޮރޯނާ" ބްރޭންޑްގެ ލިފްޓެވެ. ސަތޭކަ ޕަސެންޓް ދިވެހިން ހިއްސާވާ އެސެންސާ ކުންފުނިން ވަނީ ޔޫރަޕްގެ މަޝްހޫރު ބްރޭންޑް އޮރޯނާ ލިފްޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ.
އޮރޯނާ ބްރޭންޑްގެ ލިފްޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާތާ ތިން އަހަރު ވީ އިރު، މި ކުރު މުއްދަތުގައި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ މެދުގައި މި ބްރޭންޑްގެ މަގްބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މަގްބޫލުކަން އިތުރުވުމުގެ ސަބަބުތައް ވަރަށް ވެސް ގިނަ އެވެ. އޮރޯނާ ލިފްޓެއް ހަރުކުރަން ކޮންމެހެން ލިފްޓް ގޮޅި ވަކި ސައިޒެއްގައި ހުންނާކަށް ނުޖެހެ އެވެ. ލިފްޓްގޮޅި ކޮންމެ ސައިޒެއްގައި ހުއްޓަސް، އެތަނަކަށް ފިޓުވާނެ ލިފްޓެއް ހޯދުމުގެ ގާބިލުކަން ލިބިގެންވާ ހަމައެކަނި ބްރޭންޑަކީ އޮރޯނާ އެވެ.
ލިފްޓް ހަރު ކުރުމުގައި އެސެންސާ އިން ކަސްޓަމަރުންނަށް ހާއްސަ ދެ ޕެކޭޖެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ "އޯލް އިންކްލޫސިވް" ޕެކޭޖާއި "ސީއައިއެފް" ޕެކޭޖެވެ. އޯލް އިންކްލުސިވް ޕެކޭޖުގެ ދަށުން ލިފްޓް ރާއްޖެއަށް އިމްޕޯޓްކޮށް، ކަސްޓަމްސް ޑިއުޓީދައްކާ، ކްލިއާކޮށް ލިފްޓް ސައިޓަށް ގެންދިއުމުގެ އިތުރުން އިންސްޓޯލްކޮށް ކޮމިޝަންކުރުމުގެ ހުރިހާ ހަރަދެއް ވެސް އެ ކުންފުނިން ނަގާނެ އެވެ. އެހެން ނަމަވެސް ސީއައިއެފް ޕެކޭޖުގެ ދަށުން، ލިފްޓް ރާއްޖޭގެ ޕޯޓަށް އައުމަށްފަހު ނަގާ ކަސްޓަމްސް ކްލިއަރެންސް ހުރިހާ ފީތަކާއި ސައިޓަށް ގެންދިއުމުގެ ހަރަދުތައް ބަލަހައްޓަން ޖެހޭނީ އެ ކަސްޓަމަރެއް އަމިއްލައަށެވެ. ސައިޓަށް ގެނައުމުން އިންސްޓޯލްކޮށް ކޮމިޝަންކުރުމުގެ މަސައްކަތާ އޮރޯނާއިން ހަވާލުވާނެއެވެ.
އޮރޯނާ ލިފްޓް ލިމުގައި އެކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ
މިކަންކަމުގެ އިތުރަށް ވެސް ކަސްޓަމަރުންނަށް ލިފްޓްގެ ޕޭމެންޓް ދެއްކުމުގައި ވެސް ލުއިތަކެއް އެސެންސާއިން ފޯރުކޮށްދެ އެވެ.
ލިފްޓް ގޮޅި ސީދަލަށް ނުހުރުން ފަދަ އިމާރާތްކުރުމުގައި ހެދޭ ގޯސްތައް ހުރި އިމާރާތްތަކަށް ވެސް އޮރޯނާއިން ހައްލު ލިބޭނެ އެވެ. އެސެންސާގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނައްވާފު ރަޝީދު ވިދާޅުވީ، އިމާރާތް ނިންމާފައި އެހެން އެއްވެސް ބްރޭންޑަކަށް ލިފްޓް ހަރު ނުކުރެވި، 15 އަހަރު ނުވަތަ 20 އަހަރު ވެފައި ހުރި އިމާރާތްތަކަށް ވެސް އޮރޯނާ ބްރޭންޑްގެ ލިފްޓު ބަހައްޓައިދެމުން އަންނަ ކަމަށެވެ.
"މިހާތަނަށް ރާއްޖޭގައި އެބަހުރި ގެދޮރު އަޅައިފައި ލިފްޓް ހަރުނުކުރެވި. އެއްވެސް ބަޔަކަށް. މިސާލަކަށް ޝާފްޓް {ގޮޅި} ގެ ކުޑަ ބެންޑެއް އިނީ، ނޫނީ ފައުންޑޭޝަން އެޅި އިރު ޕިޓުން ފުންމިން ހަމަޔަށް ނުލިބެނީ. މިހާރު އަޅުގަނޑުމެން ހުންނާނެ ކޮންސްޓްރަކްޝަން މިކަހަލަ މިސްޓޭކްސް ހުރި އިމާރާތްތަކުގައި ވެސް ލިފްޓް ހަރުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
ނައްވާފް ވިދާޅުވީ، އާންމުގޮތެއްގައި ލިފްޓް ގޮޅި ހެދުމުގައި ޕިޓަށް 1.5 މީޓަރު ނުވަތަ ފަސް ފޫޓުގެ ޖާގައެއް ބޭނުންވާ ކަމަށެވެ. ޕިޓަކީ އިމާރާތެއްގެ ގްރައުންޑް ފްލޯ ލެވެލްއިން ތިރިއަށް ލިފްޓް ހަރުކުރުމަށްޓަކައި ވެލްގެ ފުންމިން ބަހައްޓަންޖެހޭ ޖާގައަށް ކިޔާ ނަމެކެވެ. އޮރޯނާ ލިފްޓް ބަހައްޓާނަމަ ޕިޓުގައި އެންމެ 2.5 ފޫޓު ހުއްޓަސް ލިފްޓް ހަރުކުރެވޭނެ އެވެ. މީގެ އިތުރުން ލިފްޓްގެ ހެޑް ރޫމަށް އާންމުކޮށް އެހެން ބްރޭންޑްތަކުގެ ލިފްޓް ހަރުކުރާ ނަމަ ހަ މީޓަރުގެ އުސްމިން ބޭނުންވި ނަމަވެސް އޮރޯނާ ބްރޭންޑްގެ ލިފްޓް 3 މީޓަރުގެ ޖާގައެއްގައި ވެސް ބެހެއްޓޭނެ އެވެ.
އޮރޯނާ ލިފްޓް ލުމުގައި އެބަޔަކު ބޭނުންވާ ގޮތަކަށް ކަސްޓަައިޒް ކޮށްލެވޭ--
"ކޮންސްޓްރަކްޝަންގައި ވަރަށް މުހިއްމު ކަމެއް ޕިޓަކީ. ބައެއް ފަހަރު ވާގޮތަކީ ބޭސްމަންޓް ހުންނަ އިމާރާތްތަކުގައި ބޭސްމަންޓްގެ ތިރިއަށް ޕިޓްދާނީ. އެހެން އިމާރާތް ކުރާ ނަމަ ފައުންޑޭޝަން ވަރަށް ފުންކޮށް ކޮންނަން ޖެހޭނެ. ބޮޑުތަނެއްގައި ފައުންޑޭޝަން ކޮނުމަކީ ވަރަށް ބޮޑު ޙަރަދެއް. އެހެންވީމަ ވަރަށް ގިނަ މީހުން ބޭނުންވާނެ ފައުންޑޭޝަން ޝެލޯކޮށް އިންނަން. އަޅުގަނޑުމެންނަށް އެކަހަލަ އެޖަސްޓްމަންޓްތައް ހަދައިދެވޭނެ،" އޭނާ ވިދާޅުވި އެވެ.
އޮރޯނާ ލިފްޓްގެ އެންމެ ބޮޑު އަނެއް ފައިދާ އަކީ ކަރަންޓް ހަރަދު ކުޑަވުމެވެ. އާންމުކޮށް ރާއްޖޭގައި ހުންނަ ލިފްޓްތަކުގެ ކަރަންޓް ހަރަދު ވަރަށް ބޮޑެވެ. މިއީ އިމާރާތްތަކުގެ ވެރިންނަށް ވަރަށް ބޮޑު ތަކުލީފެކެވެ. އެހެން ނަމަވެސް އޮރޯނާ ލިފްޓަކުން އާންމުކޮށް ކަރަންޓަށްދާ ހަރަދުގެ ގާތްގަނޑަކަށް 40 ޕަސެންޓް ސަލާމަތް ކޮށްދޭނެ އެވެ.
މީގެ އިތުރުން މިއީ ތިމާވެއްޓާއި ރައްޓެހި ލިފްޓެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީތަކާ އެކު އުފައްދާފައިވާ މި ލިފްޓަކީ ދުނިޔޭގައި ISO 14006 (އީކޯ-ޑިޒައިން) އެންމެ ފުރަތަމަ ސަޓިފައިޑްވި ބްރޭންޑެވެ.
އެސެންސާ ކުންފުނީގެ މުވައްޒަފުން. ރާއްޖެއަށް އޮރޯނާ ލިފްޓް ލާ ދެނީ އެކުންފުނިން--
އާންމުގޮތެއްގައި ރާއްޖެއަށް ލިފްޓް ގެންނަނީ ޗައިނާ އާއި ތައިލެންޑް ކުންފުނިތަކުންނެވެ. އޮރޯނާއަކީ ޔޫރަޕްގައި އުފެއްދުމަށްފަހު ރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހަމައެކަނި ބްރޭންޑަށް ވާ އިރު ލިފްޓްގެ އެތެރެ ނުވަތަ ކާރުގެ އިންޓީރިއާ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޑިޒައިން ކޮށްލެވޭނެ އެވެ. ބޭނުން ނަމަ އެކިވައްތަރުގެ ސްޓެއިންލެސް ސްޓީލް ނުވަތަ ތަފާތު ކުލަތަށް ބޭނުންކޮށްގެން އެތެރެ ޒީނަތްތެރިކޮށްލެވޭނެ އެވެ. އާންމުކޮށް އެއް ތައްގަނޑަކަށް ހުންނަ ލިފްޓްތަކުގެ ބަދަލުގައި މިއީ ލިފްޓް ތަފާތު ކޮށްލަން ބޭނުންވާ މީހުންނަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
އޮރޯނާ އަކީ ސްޕެއިންގެ އެންމެ މަގްބޫލު ބްރޭންޑްގެ އިތުރުން ޔޫރަޕްގެ ވެސް އެންމެ މަގްބޫލް ފަސް ބްރޭންޑްގައި ގުނާލެވޭ ލިފްޓެކެވެ. އޮރޯނާ ވުޖޫދުވިތާ 55 އަހަރު ވެފައިވާ އިރު މި ލިފްޓް އެންމެ ފުރަތަމަ ތައާރަފްކުރީ އިމާރާތަށް މާބޮޑު ބަދަލުތަކެއް ނުގެނެވޭ، ހިމާޔަތްކޮށްފައި ހުންނަ ޒަމާންވީ އަދި އާސާރީ އިމާރާތްތަކުގައި ލިފްޓް ހަރުކުރުމުގައި ހައްލެއް ހޯދައިދިނުމަށެވެ. އެހެން ކަމުން މާލެ ކަހަލަ ކުދި ކުދި ޖާގައިގެ މާބޮޑު ބަދަލުތަކެއް ނުގެނެވޭ ގޮތަށް ހުންނަ ތަންތަނަށް މިއީ އެންމެ ރަނގަޅު ލިފްޓެވެ.
އޮރޯނާ ލިފްޓް ލާފައިވާ އިމާރާތެއް--
އޮރޯނާ ލިފްޓް ހަރުކޮށްފި ނަމަ، ލިފްޓްގެ މައްސަލައެއް ދިމާވެގެން ތިން ހަތަރު ހަފްތާވަންދެން ސްޕެއާ ޕާޓު ނުލިބި، ލިފްޓް ބޭނުން ނުކުރެވި ހުންނާކަށް ނުޖެހޭނެ އެވެ. އެސެންސާ އިން ބުނީ، މި ބްރޭންޑްގެ ހުރިހާ ސްޕެއާ ވެސް ހުސްނުވެ އަބަދުވެސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ. އެކުންފުނިން 24 ގަޑިއިރު އާފްޓާ ސޭލްސް ހިދުމަތް އަންނަނީ ދެމުންނެވެ. މާލެއިން ނަމަ 15 މިނެޓާއި 30 މިނެޓާއި ދެމެދުގެ ވަގުތެއްގައި ދިމާވާ މައްސަލައަކަށް އެޓެންޑުވާ އިރު ހުޅުމާލެ ނަމަ 45 މިނެޓްތެރޭގައި މައްސަލަ ހައްލު ކުރުމަށް އެޓެންޑްވާނެ އެވެ.
އޮރޯނާ ބްރޭންޑްގެ ލިފްޓެއް ބައްޓައިފި ނަމަ އެއް އަހަރު ވަންދެން މެއިންޓަނަންސް ހިދުމަތް ހިލޭ ލިބޭނެ އެވެ. ހިދުމަތް ހޯދަން ބޭނުން ނަމަ 7796060 ނުވަތަ 3016060 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތުމަަ މިސްކިތް
04 August 2020
ލާރި ގަޑެއް ދަވާލަން 100 ފަސަންޓް ދިވެހިން ބަންގާޅު ބޮންދުން އަށް މުސާރަ ދޭންނުކެރޭ ދިވެހި ކުންފުނި ތައް!
ޓޮޔޯޓާ ކޮރޯނާ
04 August 2020
ލިފްޓް ގޮޅިއެއް ނެތް އިމާރާތެއްގަ ހަރުކުރެވިދާނެތަ؟
މުޑަހަންޖާ
04 August 2020
100% ދިވެހި ކުންފުންޏެކޯ، އެއުޅޭ ރިޒާކުންފުނި އެއީ ކިތައް ޕަސެންޓު ދިވެހި ކުންފުންޏެއްތަ. ހެހެހެ.
ޖަރީމާ
04 August 2020
100% ދިވެހި ކުންފުންޏެއް. އާޓިކަލް ކިޔަމުން އައިއިރު ވަރަށް އުފާވި. ދެން ފެނުވީ ކުންފުނީގެ ޢަމަލީ މަސައްކަތްތައް ކުރަން ތިބި ސްޓާފުން. %100 ހުނަރުވެރި ބަނގުލަދޭސް ގެ ރައްޔިތުން ނާއި މިފަދަ އިން ގެންގުޅޭއެކި ގައުމުތަކުގެ ބޭރުމީހުން. ވަރަށް ސަލާމް.
ޙާމް1
04 August 2020
ވަރަށް ކުޑަ ގޮޅިއެއްގައިވެސް ލިފްޓެއް ބަހެއްޓި ދާނެތަ؟
ބާ ސުޕެއަރ އަޅުވާ
04 August 2020
މިޓްސިބްސީ ލިފްޓެެއް ދެނެއް ނުލާނަމެވެ. ޚިދުމަތުގެ އަގު ބޮޑު ، ސްޕެއަރ އަގުބޮޑު ބައެކެވެ. ޚިދިމަތަށް މަކަރު ހަދާ ކަމަށް ވެސް ޝައްކު ވެއެވެ.އެކަމަކު މަކަރު ހަދަނީ ނުދަންނަ މީހުނަށެވެ.
މިޓްސުބްސީ
04 August 2020
މިޓް ސުބޫ އަކީ ވަރަށް މަކަރު ބައެކެވެ. ސަރވިސް އަށް މަކަރު ހަދާނެ އެވެ. ގަންނަން ނުޖެހޭ ސުޕެއަރ ގަންނަން ޖެހޭ ކަމަށް ހަދާފައި ބޮޑެތި އަގުތަށް ނަގާނެ އެވެ. އެކަމަކު އަޅުވާނީ ބާ ސިޕެއަރ އެވެ.ނުވަތަ ސުޕެއަރ ނުލައި ލީ ކަމަށް ހަދާނެއެވެ.
ފަހުދު
04 August 2020
100% ދިވެހިން ހިއްސާވާ ކުންފުނިން ނަގާފަހުރި ފޮޓޮއިން ފެންނަނީ %100 ބިދޭސީން
ރަދީފްއޮފިޝިއަލް
04 August 2020
''ސަތޭކަ ޕަސެންޓް ދިވެހިން ހިއްސާވާ އެސެންސާ ކުންފުނިން''. އެބުނަނީ ޝެއާ ހޯލްޑަރުންގެ ވާހަކަ ކަމަށް ބޮޑަށް ބެލެވޭ.ފަށައިގަންނައިރު މިފަދަ ކުންފުންޏެއްގަ ޓެކްނިކަލް މީހުންގެ ގޮތުގަ ބޭރު މީހުން ނެތި ކުރިއަށްދާން ފަސޭހަނުވާނެ.
ބިކާރީ ބްރަދަރ
04 August 2020
ދިވެހިން ވަރަށް ދެކޮޅުހަދާނެ މިޓްސުބިޝީ ބްރޭންޑް ނޫން އެހެން ބްރޭންޑެއްލާން. އެހެންވެ އެވެރިންވަނީ ލިފްޓްހަރުކުރުން މޮނޮޕޮލައިޒްކޮށްފަ. މިވެސް ލަންކާ މީހުން އަޑީގައި ތިބެގެން، ދިވެހިބަޔަކާ ގުޅިގެން "ފޭރިގަނެފައިވާ" މަސައްކަތެއް.
އަހުމަދުބޭ
04 August 2020
މީގެ ލިފްޓަކަށް އަރާލުމުގެ ނަސީބް ލިބުނު އިންޓީރިއާ ވަރަށް ފައްކާ، ދެން އޯވަރ ރޯލް ރަގަނޅޭ ބުނެވޭނީ،
ހޭހަން
04 August 2020
އަންދާޒާ އަގެއްވެސް ބުނެލަދީބަލަ. މިސާލަކަށް 6 ބުރީގެ އިމާރާތަކަށް މިހާކަށްވަރު ޚަރަދުވާނޭނަމަވެސް. ގާތްގަނޑަކަށް ބުނެލެވެންވާނެ.