ވިޔަފާރި / ދައުލަތުގެ ބަޖެޓް 2017

ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ވެސް 25 ޑޮލަރުގެ ޓެކްސްއެއް ނަގަން ނިންމައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ސީ ޕްލޭންތަކެއް ޕާކުކޮށްފައި: އަންނަ އަހަރުން ފެށިގެން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ބޮލަކަށް ނަގަން ނިންމާފައިވޭ. ފޮޓޯ: ނިޝާން އަލީ /މިހާރު

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް މިހާރު ނަގަމުން އަންނަ ބައެއް ޓެކްސްތައް ބޮޑުކޮށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ވެސް 25 ޑޮލަރުގެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް ނުވަތަ ޓެކްސްއެއް އަންނަ އަހަރުން ފެށިގެން ނަގަން ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރުގެ ބަޖެޓްގައިވާ ގޮތުން އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖް (އޭޑީސީ) ގެ ގޮތުގައި 25 ޑޮލަރު ނަގަން ފެށުމުން، އަންނަ އަހަރު 565.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން ނިންމިއިރު، މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގަ އެވެ.

އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ދިވެހިންގެ އަތުން ވެސް ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން ކުރިން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީއެއް ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖް ވެގެން ދިޔައީ ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި ކަމަކަށެވެ.

އެއާޕޯޓު ތަރައްގީކުރުމުގެ މާސްޓާ ޕްލޭންގެ ކުރެހުމެއް: އާ ޓާމިނަލް އެޅުމުގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުން. ފޮޓޯ: ނިޝާން އަލީ /މިހާރު

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓްގައި، ގެސްޓް ހައުސް ތަރައްގީކުރަން ބިން ހިއްކުމަށްފަހު ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ބޮޑު އާމްދަނީއެއް ހޯދަން ވެސް ހުށަހަޅާފައިވެ އެވެ. އެގޮތުން އަކަފޫޓެއް 1،000ރ.ގެ މަގުން 500،000 އަަކަފޫޓު ވިއްކައިގެން 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ނަމަވެސް އެއީ ކޮން ސަރަހައްދަކުން ބިން ހިއްކައިގެން ލިބޭ އާމްދަނީއެއް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން އަލަށް ހިމެނި އެއް ކަމަކީ މާލެ ސަރަހައްދުގެ ވެހިކަލްތައް ތޮއްޖެހުން ކުޑަކުރުމަށް ޓަކައި، ހަތަރު ފުރޮޅު އަދި ދެ ފުރޮޅު ލީ އުޅަނދުތަކުން ކޮންޖެޝަން ފީއެއް ނެގުމެވެ. ސަރުކާރުން ވަނީ އުޅަނދުތަކުގެ ފީ ނެގުމުގެ ސިޔާސަތަށް ބަދަލު ގެނެސް 261 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފަ އެވެ.

އާމްދަނީ އިތުރުކުރުމުގެ ގޮތުން އަންނަ އަހަރު ވެސް ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން މިހާރު ސިނގިރެޓަކުން ނަގާ ޓެކްސް 1.75ރ. އަށް ބޮޑުކޮށްގެން 200 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. އޭގެ އިތުރުން ފިޒީ ޑްރިންކްސް އާއި އެނާޖީ ޑްރިންކްސް އިން 20 ޕަސެންޓްގެ އެޑްވޮރަމް ޓެކްސްއެއް ނަގަން ވެސް ނިންމާފައިވެ އެވެ. އެ ތަކެތިން ނަގާ ޑިއުޓީ ބޮޑުކޮށްގެން ނުވަ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ސަރުކާރުން ވަނީ ޓެކްސީކުރުމަށް ކާރާއި ޕިކަޕްގެ 400 ލައިސަންސް އަންނަ އަހަރު އަލަށް ވިއްކަން ނިންމައި އެއިން އާމްދަނީގެ ގޮތުގައި 12 މިލިއަން ރުފިޔާ ކަމަށް އަންޒާދާ ކޮށްފަ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ސަރުކާރު ހިއްސާ ކުންފުނިތަކުގެ ޑިވިޑެންޑް ޕޮލިސީ 60 ޕަސެންޓަށް ބޮޑުކޮށްގެންނެވެ. އެގޮތުން ޑިވިޑެންޑް ބަހާ އުސޫލް ބަދަލުކުރުމުން 1.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ފާއިތުވި ދެ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ބަޖެޓްގައި ވެސް އެސްއީޒެޑުގެ ދަށުން އަންނަ އިންވެސްޓްމަންޓްތަކުން އިކުއިޒިޝަން ފީއެއް ހިމަނާފައިވެ އެވެ. އެއީ 500 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި ބަޖެޓްގައި އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ހުށަހެޅުއްވި ކަންތައްތަކުން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ އިތުރުން ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ޑިވިޑެންޑް ބަހާ އުސޫލަށް ބަދަލު ގެނައުމުން ލިބޭ އާމްދަނީ ހިމެނުމުން 3.5 ބިލިއަނަށް އިތުރުވާނެ އެވެ.

168 ކޮމެންޓް, 46 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 2%
icon angry icon angry 91%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޫޑު

20 April 2017

ސަރުކާރުގެ ހަރަދުތަށް ކުޑަކުރަން ވީ އެއްނުންތަ؟މާ ރަންގަޅުވާނެ!

The name is already taken The name is available. Register?

ޙުސައިނުބެ

20 April 2017

ބޮޑު ކަމަކަށް މިސަރުކާރުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުވެއްޖެ މިހާރު. ރައްޔިތު މީހާ ފެލާލުން ނޫން ދެވަނަ ކަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަމެއް ނުކުރޭ. މިހާރު މިދޭ މުސާރަޔަކުން ދިރިއުޅެވެނީކި ނޫން އަދި އެވަރުންވެސް ފެލާލެވޭތޯ. ޥަަަރުގަދަ އިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިކޮނޮމިސްޓެއް މިހުރީ ރައީސަކަށް އަރާފަ.

The name is already taken The name is available. Register?

އަލިފުޅު

20 April 2017

ރާއްޖެއަށް އެތެރެ ކުރާ ތަރުކާރީންނާއި މޭވާއިން ޓެކުސްނަގާފައި ރާއްޖޭގެ ބިމުން ހައްދާ ތަރުކާރީ ވިއްކޭނެ ގޮތެއް ހަދައިދީ ބަލަ.

The name is already taken The name is available. Register?

ޢައްތު

20 April 2017

ޢަދިވެސް ބަލަނީ ރައްޔިތުމީހާ ފެލޭތޯ..

The name is already taken The name is available. Register?

ބޯހުދު

09 November 2016

މިހާރުވެސް އޮޅުވާލުމުގެ ތެރޭން 25 ޑޮލަރު ނަގާހެން ހީވަނީ ރަނގަޅަށް ބަލާލީމަ އެކަން އެނގޭނީ އަނެއްކާ25 ޑޮލަރު އިތުރަށް ނެގީމަ އޭރުން50 ޑޯލަރު އެ ނެގުނީ ރައްޔިތުން ފެލަިގެން ބަޖެޓު ބޮޑުކުރުން ކުރާކަމަކީ

The name is already taken The name is available. Register?

ލީޓަރު

09 November 2016

ރަައްޔިތުން ފެލާލަނީ!! ދިވެހިންނަށް ކިހިނެއް ވެފަތަ މިތިބެނީ މަޑުން!!!

The name is already taken The name is available. Register?

އަޅޭ

09 November 2016

ފުރައިގެންތާ ނެގޭނީ! ނުފުރާނަން ވިއްޔާ ތި ނަގާހާ ދުވަހަކު!

The name is already taken The name is available. Register?

ކަޑަ

09 November 2016

ޙަނާ ކުރަނިވި ބަޖެޓެއް... ވ. ފެނޭ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރަން... މަޖިލިސް މެމްބަރުން ހާޒިރު ނުވާދުވަސްތަކަށް ސަރުކާރުވަޒީފާގަ އުޅޭމީހުންނަށް ހަދާހެން ގަޑީ ލާރި ކެޑުން... ނާންނަނަމަ މުސާރައިންވެސް ކެޑުން... ޔަގީނުންވެސް ބޮޑުއެއްޗެއް ބާކީކުރެވޭނެ.. މަޖިލިހުގަ އެބަޅުޅޭ އަހަރަކު ދެއަތުގެ އިނގިލި ހާވަރަށް ދާމީހުން.

The name is already taken The name is available. Register?

ށަވިލް

10 November 2016

މުސާރަ ކުޑަކުރާނެ ކަމެއްނެތް 25ޑޮލަރު އެއާޕޯޓު އިނާޔަތް ކިޔާފަ މެންބަރުން ސަރުކާރު މުއަޒަފުން އައް ދޭންވީ.. ވާނީވެސް މިހެން .އަހަރަމެން އާމުން ޖެހޭނީ ޖީބުން ހަރަދުކުރަން...

The name is already taken The name is available. Register?

އިލާ

09 November 2016

މައްސަލައަކީ ޓެކްސް ނެގުމެއްނޫން. މައްސަލައަކީ ނަގާ ޓެކްސް ފައިސާ ބަނޑުއަޅާލާތީ. މައްސަލައަކީ މުއްސަނދި މީހާ އަތުން އިންކަމް ޓެކްސް ނުނަގާތީ. މައްސަލައަކީ ވެރިން ކޭ ފައިސާތައް ރައްޔިތުމީހާ ދައްކަންޖެހޭތީ.. އާޚިރުގައި ހުރިހާ ބުރައެއް ނިކަމެތި މީހާއަށް.

The name is already taken The name is available. Register?

ދދ

09 November 2016

2018 ޔަށް ކެމްޕޭން ކުރަން ފައިސާ ހޯދަން ވަކިބަޔަކު ހަދާފައޮތް ބަޖެޓެއް މިޔަކީ މުޅި ރާއްޖެޔަށް ނަފާމަންފާ ކުރާނެ ބަޖެޓެއްހެން ހީއެއްނުވޭ!

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
24%
ނުފެނޭ
76%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454