20 ޖުލައި

July 20, 2016
ރައީސާ އަރޯޔޯގެ ކުށެއް ނެތް ކަމަށް ކޯޓުން ނިންމައިފި

މެނީލާ (ޖުލައި 20) - ފިލިޕީންސްގެ ކުރީގެ ރައީސާ ގްލޯރިއާ މަކަޕަގާލް އަރޯޔޯގެ ވެރިކަމުގައި ސަރުކާރުގެ ފައިސާ އަށް ޚިޔާނާތްތެރިވި ކަމުގެ މައްސަލައިގައި އެ ކަމާނާގެ ކުށެއް ނެތް ކަމަށް އެ ގައުމުގެ ސްޕްރީމް ކޯޓުން ނިންމައިފި އެވެ.

14 ޖުލައި

July 14, 2016 23
ކަރެކްޝަންސްގެ މުވައްޒަފުންގެ ޕްރޮމޯޝަންގައި އޮޅުވާލުން؟

ކަރެކްޝަނަލް ސާވިސް އިން މިދިޔަ އަހަރު މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، އެ މައްސަލަ ކޯޓަށް ވެއްދުމުގެ ކުރިން އެދެވޭ ހައްލެއް ހޯދައި ދޭން ބައެއް މުވައްޒަފުން މިއަދު ހުށަހަޅައިފި އެވެ.

05 ޖުލައި

July 05, 2016 41
އޭސީސީގައި މައުމޫންގެ މައްސަލައެއް ނެތް

ކޮރަޕްޝަންގެ ތުހުމަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވި ނަމަވެސް މައުމޫންގެ އެއްވެސް މައްސަލައެއް އޭސީސީން ބަލަމުން ނުދާކަން އެނގިއްޖެ އެވެ.

July 05, 2016 24
މައުމޫން އޭސީސީއަށް ހާޒިރުކުރެވިގެން ނުވާނެ: ނިހާން

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު، އޭރުގެ އޮޑިޓަ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓްތަކުގެ މައްސަލާގައި މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް...

July 05, 2016 96
މައުމޫން އޭސީސީއަށް ހާޒިރުކުރަން ނިންމައިފި

ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަން ނިންމައިފި އެވެ.

02 ޖުލައި

July 02, 2016 29
އޭސީސީ އަށް ބޮޑެތި ބާރުތަކެއް ހޯދަން ހުށަހަޅައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް އޭސީސީގެ ގާނޫނަށް އިސްލާހު ގެންނަން އެ ކޮމިޝަނުން އެޓާނީ ޖެނެރަލަށް ހުށަހަޅައިފި އެވެ.

01 ޖުލައި

July 01, 2016 39
ހިޔާނާތް ފަޅާއަރުވާލި ގާސިމް ގޭބަންދަށް ބަދަލުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު އާއްމުކުރި ކަމަށް ބުނެ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އެ ބޭންކުން ކުރީގެ މުވައްޒަފު ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފި އެވެ.

30 ޖޫން

June 30, 2016 3
ގާނޫނަށް ބަދަލު ގެންނާތީ ޓީއެމުން ކަންބޮޑުވެއްޖެ

ޖަވާބުދާރީވުމުގެ އުސޫލުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގާނޫނުތަކަށް ބަދަލުގެންނާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

June 30, 2016 3
ކޮލަމް ކުލަބަރި: ގައުމުގެ ރީތިކަން ވިއްކާ ހުސްނުކުރޭ!

އަހުމަދު އަދީބު ވިދާޅުވި ވާހަކައެއް އޮވެ އެވެ؛ "ފައިސާ ބޮނޑި" ހިފައިގެން އެތައް ބަޔަކު އާދެ އެެވެ. ރާއްޖެ އާއި ބޭރުގެ ވިޔަފާރިވެރިންނެވެ. ރިސޯޓު ހަދަން ރަށްރަށް ހޯދާށެވެ. ސަރުކާރުގެ...

28 ޖޫން

June 28, 2016 83
ރިޝްވަތުގެ ތަހުގީގު ކުރާތީ އޭސީސީ އަށް އިންޒާރު ދީފި

ރަށްްތައް ދޫކޮށްގެން ވަގަށް ނެގި ފައިސާ މަޖިލީހުގެ މެމްބަރުންނަށް ބެއްސެވި ކަމަށް ވިދާޅުވި މެމްބަރާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސުވާލު ކުރަން ނިންމުމުން ޕީޕީއެމްގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައި އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރާނެ ކަމުގެ އިންޒާރު ދެއްވައިފި އެވެ.

27 ޖޫން

June 27, 2016 11
"ސީއެންއެމް ހުއްޓުވާލީ ކޮރަޕްޝަންގެ ވާހަކަތައް ފަޅާއަރުވާތީ"

ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އަށް ސިޔާސީ ޕްރެޝަރު ކުރިމަތިކުރުވައި އެ ނޫސް ހުއްޓުވާލީ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާތީ ހަޖަމްނުކުރެވިގެން ކަމަށް...

June 27, 2016 18
"ބްރިޖާއި އެއާޕޯޓުގައި ކޮރަޕްޝަން ހިމެނޭތޯ ބަލާނަން"

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ހިނގާފައި ވޭތޯ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން...

26 ޖޫން

June 26, 2016 1
ނަޖީބަށް ފާޑުކީ މަހާތިރުގެ ދަރިފުޅު ޕާޓީން ބޭރުކޮށްފި

ކުއާލަ ލަމްޕޫރު (ޖޫން 26) - މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު ހިންގެވި ކޮރަޕްޝަނުގެ ބޮޑު މައްސަލައާ ގުޅިގެން ފާޑު ވިދާޅުވި ސީނިއާ ދެ މެންބަރަކު ޕާޓީން ވަކިކޮށްފި އެވެ. އޭގެ...

June 26, 2016 100
ބްރިޖާއި އެއާޕޯޓުން އަދީބަށް ނުވަ މިލިއަން ޑޮލަރު؟!

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖާއި މައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ޗައިނާގެ ކުންފުނިތަކަކަށް ދީގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ނުވަ މިލިއަނެއްހާ ޑޮލަރު (136...

23 ޖޫން

June 23, 2016 20
ބިޑަށް ނުލާ މަޝްރޫއުތައް ނުހިންގަން އޭސީސީން ލަފާ ދީފި

ސަރުކާރުން ހިންގާ މަޝްރޫއުތައް ބިޑު ކުރުމެއް ނެތި ކުރިއަށް ގެންދެވޭ ގޮތަށް ގަވާއިދަށް ގެނެސްފައިވާ އިސްލާހު އުވާލައި، ވާދަވެރި ބީލަމަކަށް ގޮސްގެން ނޫނީ ބޮޑެތި މަޝްރޫއުތައް ނުހިންގޭނެ ގޮތް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ސަރުކާރަށް މިއަދު ލަފާ ދީފި އެވެ.

20 ޖޫން

June 20, 2016 26
ޑޮލަރު ޖަމާކުރި މައްސަލަ ރައީސް ހައްޔަރުކޮށް ބަލައިދޭން އެދެފި

މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފަސް ލައްކަ ޑޮލަރުގެ ޗެކެއް ޖަމާކުރި ކަމަށް ބުނާ މައްސަލަ، އެމަނިކުފާނު ހައްޔަރުކޮށްގެން ބަލައިދިނުމަށް އިދިކޮޅު އިއްތިހާދުން ރަސްމީކޮށް މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.

15 ޖޫން

June 15, 2016 17
ވަގަށް ނެގި ފައިސާ ހޯދޭނީ އިންތިގާލީ ސަރުކާރަކަށް

ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ރައްޔިތުންގެ ފައިސާ ހޯދައި އަދ ހައްގުތައް ކަށަވަރު ކުރުމުގެ ފިޔަވަޅުތައް އެޅޭނީ އިންތިގާލީ ސަރުކާރެއް ގާއިމްކޮށްގެން ކަމަށް އިދިކޮޅު އިއްތިހާދުން އިއްޔެ ބުނެފި އެވެ.

13 ޖޫން

June 13, 2016 26
ވަގަށް ނެގި މިލިއަނެއްހާ ޑޮލަރު އާ އަހަރުގެ ޝޯތަކަށް!

މިދިއަ އަހަރު ފެށުމާ ދިމާކޮށް މާލޭގައި ބޭއްވި ޝޯތަކަށް، އެމްއެމްޕީއާރުސީން ވަގަށް ނެގި ފައިސާގެ ތެރެއިން ގާތްގަނޑަކަށް މިލިއަނެއްހާ ޑޮލަރު ހަރަދު ކުރިކަން ހާމަވެއްޖެ އެވެ.

June 13, 2016 97
ފަސް މިނެޓް: މި ފަހަރު ވެސް އަދީބުތޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު ވައްކަން ކަމުގައި ބުނެވެ އެވެ....

June 13, 2016 131
އެސްއޯއެފްގެ ފިތްކަނޑައިގެންދާ ވަރުގެ މުއާމަލާތްތައް!

އެއް ދުވަހެއްގެ ދެ ގަޑިއެއްގައި ހިންގާފައިވާ ދެ މުއާމަލާތެވެ. ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ؛ 324،000 ޑޮލަރު (4.9 މިލިއަން ރުފިޔާ) އެވެ. އެކައުންޓަށް ފައިސާ ވަންނަނީ...

12 ޖޫން

June 12, 2016 4
ރައީސް އަށް ހަދިޔާ ދިން ދެ ވަޒީރުން ހައްޔަރުކޮށްފި

ގުއަޓަމާލާ ސިޓީ (ޖޫން 12) - ގުއަޓަމާލާގެ ކުރީގެ ރައީސް އޮޓޯ ޕެރޭޒް މޮލީނާ އަށް ހަދިޔާ އަކަށް ހެލިކޮޕްޓަރެއް ދިން ކުރީގެ ދެ ވަޒީރަކު ހައްޔަރުކޮށްފި އެވެ.

June 12, 2016 19
ދިން ކޮންމެ އެއްޗެއްގައި ހިފީ ސުވާލެއް ނެތި

"ބްރޭކިން ބޭޑް" ސިލްސިލާ ބެލި މީހަކަށް ވިއްޔާ އެއް ކަމެއް ޔަގީނުން ވެސް އެނގޭނެ އެވެ. ހައްގު ނޫން ގޮތެއްގައި ހޯދާ ފައިސާ އަށް އާއިލާ ތެރެއިން ވެސް ދެކޮޅުވެރިކަން ދައްކާ މަންޒަރެވެ....

01 ޖޫން

June 01, 2016 9
"ފަސް މިލިއަން ޑޮލަރުގެ ބައެއް އަދީބާ ހަވާލުކުރިން"

ދެ މީހަކު ހެކިބަސް ދިން ގޮތުގައި ހާމިދުގެ ކުންފުންޏެއް ކަމަށްވާ އެމްސީއެމް އަށް ފަސް މިލިއަން ޑޮލަރު ޖަމާކުރި. އެ ފައިސާ ޖަމާކުރުމަށް ފަހު އަދީބަށް އެއިން ދިނުމުގެ ގޮތުން ކުންފުނިން ޗެކް ދޫކުރި ކަމަށާއި އެ ޗެކްތައް ލިޔެދިން ކަމަށް އެ ދެ މީހުން ބުނި.

31 މެއި

May 31, 2016 2
ނަތަންޔާހޫގެ ޚިޔާނާތުގެ މައްސަލަ ޕްރޮސެކިއުޓަރުންނަށް

ގުދުސް (މެއި 31) - އިޒްރޭލުގެ ބޮޑު ވަޒީރުގެ ބެންޖަމިން ނަތަންޔާހޫ އާއި އަނބިކަނބަލުން ސާރާ ނަތަންޔާހޫ ސަރުކާރުގެ ފައިސާ އަމިއްލަ ގެ އަށް ބޭނުން ކުރެއްވި މައްސަލައިގެ ތަހުގީގު ނިންމާ ޕްރޮސެކިއުޓަރުންނަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

24 މެއި

May 24, 2016
އެހެން މިހެން: ސީނާ ޒާހިރުގެ ޑީއެންއޭ

ސަރުކާރާ ގުޅިފައި ތިބި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވެ އެވެ؛ ލޭބަ ޑޭގައި މުޒާހަރާކުރުމުގެ ހުއްދަ އެހެން ބައެއް ގައުމުތަކުގައި ވެސް ނުދެ އެވެ.

23 މެއި

May 23, 2016 9
އުމަރު އަދިވެސް "ހުދު ވަލުގައި" ހިފަހައްޓައިގެން

ސިޔާސީ ދާއިރާ އަށް އުމަރު ނަސީރު ވެންނެވި އިރު އޭނާ ފެނުނީ ގޮތްދޫނުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ވަކި މީހަކު ހިތްހަމަޖައްސަވަން ވަކި ގޮތަކަށް ވާހަކަ އަނބުރާ ނުލައްވާނެ ސިފަތަކެއްގަ އެވެ. އެކަމަކު އޭނާގެ އެ މިޒާޖު މިހާރު ވެސް އެބަ ހުރި ކަމަށް ގަބޫލުނުކުރާ މީހުން ގިނަ އެވެ. އެމީހުންގެ ބަހުން ނަމަ "މިހާރު އުމަރު ބަދަލުވެއްޖެ" އެވެ.

18 މެއި

May 18, 2016 1
ފިލައިގެން އުޅޭ އޮއިއްޓޭއަށް ފަހުގެ އިންޒާރު ދީފި

ޓެރަރިޒަމާއި ހަނގުރާމަވެރި ހަތިޔާރާއި ގޮވައި ތަކެތި ގެންގުޅުމާއި މަނީ ލޯންޑެރިންގެ މައްސަލަތަކުގައި ހޯދަމުން އަންނަ ގ. އޮއިވާލި މުހައްމަދު ހުސެއިން (އޮއިއްޓޭ) 36، ކުރިއަށް ދެ ހަފުތާ ތެރޭގައި ރާއްޖެ ނައިފިސްފި ނަމަ، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.