އޮޑި ސްޕޯޓްސްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮޅުވެ. ކަޕް ވިނާސް ކަޕްގައި މާޒިޔާއިން މޮޅަކުން ފަށައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ނިއު ރޭޑިއަންޓް ބަލިކޮށް ހޯދި އެފްއޭއެމް ޗެރިޓީ ޝީލްޑް ވެސް ދިފާއު ކުރި
ދިވެހި ފްރިމިއާ ލީގުގެ ފަހު ޗެމްޕިއަން މި ފަހަރު ސީޒަނަށް ނުކުތީ ނިސްވަތުން ޒުވާން ސްކޮޑަކާ އެކު އެވެ. ޗެރިޓީ ޝީލްޑް މެޗުގައި ޕެނަލްޓީ ޖަހައިގެން ނިއު ބަލި ކުރި ޓީމުން، ވަނީ އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ވެސް ބަލިކޮށްފަ އެވެ.
މާޒިޔާ އަށް ލިޑް ނަގައި ދިނީ ވެސް 20 އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ނައްސާހް އިބްރާހިމް ނާސިރެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނެޓްގަ އެވެ.
އެކަމަކު އޭގެ10 މިނެޓް ފަހުން، އޯޑީ ސްޕޯޓްސް ކްލަބުން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ 28 ވަނަ މިނެޓުގައި އެ ލަނޑު ޖެހީ މުޒްދާން ހަސަން އެވެ.
މެޗުގެ ނަތީޖާ ބަދަލު ކުރަން މާޒިޔާގެ ހަނި ލީޑު ހިފެހެއްޓުމަށްޓަކައި ކޯޗު ޓްރުހާ 60 ވަނަ މިނެޓުގައި އެއްފަހަރާ ތިން ބަދަލު ގެނެ އެވެ. އެ ޓީމާ އަށް ގުޅުނު ބިދޭސީ ކުޅުންތެރިން ކަމަށްވާ ނެމަންޏާ ޒްޑްރަވްކޮވިޗް، ނިކޮލާ ވުޖިޗިޗް އަދި ބެންޖަމިން ތޯމާސް ކުކޫ ކުޅެން ނެރުނެވެ.
ޗެރިޓީ ޝީލްޑް މާޒިޔާއިން ދިފާއު ކުރީ ބިދޭސީ އެއްވެސް ކުޅުންތެރިޔަކު ނެތި އެވެ.
އެ މެޗުގެ ދެވަނަ ހާފުގައި، މާޒިޔާގެ ޓީމަށް ދެ ލަނޑުގެ ޑެފިސިޓް ނައްތާލުމުގައި ޓީމުގެ މެދުތެރެއިން ލީޑާޝިޕް ނެގީ އަހްމަދު އައިހަމް (ފަތޯ) އެވެ.
ރޭގެ މެޗުގައި، މާޒިޔާ މޮޅުކޮށް ދިން ލަނޑު 78 ވަނަ މިނެޓްގައި ޖެހީ އޭނާ އެވެ.