13 ނޮވެމްބަރ 2021 - 07:11
ޒެންޒިބާރްގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ދިނުމާއި އިތުރު ދާއިރާތަކުން އެ ގައުމަށް އިންވެސްޓްމަންޓްތައް ހޯދަން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި ސަންޖޭ ދަތު ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރު ފުއްޕާމޭގެ ކެންސަރަށް ފަރުވާ ވެސް ހޯދި 62 އަހަރުގެ އެކްޓަރު ވަނީ އެ ފުރުސަތު ލިބުނު ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ސަންޖޭ ޕޯސްޓްކުރި ފޮޓޯތަކެއްގައި ފެންނަނީ ޒެންޒިބާރްގެ ރައީސް ހުސައިން އެމްވިންޔީއާ ހަދިޔާއެއް ބަދަލުކުރާ މަންޒަރު ފެންނަ ފޮޓޯއެއް ވެސް ހިމެނެ އެވެ.
އެ ޕޯސްޓްގައި ސަންޖޭ ބުނީ އެ ގައުމުގެ ޓޫރިޒަމް ޕްރޮމޯޓްކޮށް ދިނުމާ އެކު، ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އަށް އިންވެސްޓްމަންޓްތައް ހޯދުމާ ގުޅޭ މަސައްކަތްތަކެއްގައި ހިއްސާވާން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި ޒެންޒިބާރުން ލިބުނު ބްރޭންޑް އެމްބެސެޑަރުގެ މަގާމު ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުމާ އެކު ފުރިހަމަ ކުރިއަށް ގެންދާނެ އެވެ.
މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ސަންޖޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮގަސްޓްގައި ރިލީޒްކުރި އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޕްރިތުވީރާޖް"، "ޝަމްޝޭރާ"، "ކޭޖީއެފް: ޗެޕްޓާ 2" އަދި "ގުޑް މަހާރާޖާ" ހިމެނެ އެވެ.
މީގެ ކުރިން ބޮލީވުޑްގެ މަޝްހޫރު ބައެއް އެހެން ތަރިން ވެސް ބޭރު ގައުމުތައް ޕްރޮމޯޓްކޮށް ދޭން އެމްބެސެޑަރުންގެ ގޮތުގައި މަސައްކަތް ކޮށްފައިިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝިއަލް
13 November 2021
މީންވައިލް އިން މޯލްޑިވްސް.: ''ދިވެހިރާއްޖެ ޕްރޮމޯޓްކުރުމުގެ ފުރުސަތު ތާބަށް'' .
އަބޫބަކުރުބެ
13 November 2021
މީ މޭންއެއް.
ކާމީބެ
13 November 2021
ސަންޖޭ ހަބޭސް.
އެޑަމް82
13 November 2021
ޒެންޒިބާ ރާއްޖޭގެ ރައްތަކައް ވުރެ ސާފުތާހިރު
ގޯލް
13 November 2021
ކާކު ބުނީ؟ ކަލޭ އެތަނަށް ދިޔައީތަ؟
ސުމިތް33
13 November 2021
ކަލެއަށް އަދި މަމެން ގޭގެ ފުޅައްބުޑު ނުފެއްނާތީ ތިޔަހެން ތިޔަބުނީ..