23 ޑިސެމްބަރ 2021 - 06:29
ބުދަ ދުވަހު ރިލީޒްކުރި ހޮލީވުޑްގެ ފިލްމު "މެޓްރިކްސް ރިސަރެކްޝަންސް" ގައި ހިމެނެނީ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އެންމެ 10 ވަރަކަށް މިނިޓްކަން އެނގުމާ އެކު އޭނާގެ ފޭނުންނަށް ބޮޑު މާޔޫސްކަމެއް ލިބިއްޖެ އެވެ.
ހޮލީވުޑްގެ އެންމެ މަޝްހޫރު ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "މެޓްރިކްސް" ގެ ހަތަރު ވަނަ ފިލްމުގައި ޕްރިޔަންކާ ކުޅެފައި ވަނީ ސާޓީ ކިޔާ ކެރެކްޓާއެކެވެ. އެއީ 2003 ގެ "މެޓްރިކްސް ރިވޮލިއުޝަންސް" ގައި އޭރުގެ ޗައިލްޑް އާޓިސްޓް ތަންވީރް ކޭ އަތުވާލް ކުޅުނު ރޯލެވެ.
ކިއާނޫ ރީވްސް ލީޑްކުރާ "މެޓްރިކްސް" ގެ ހަތަރު ވަނަ ފިލްމުން ފުރުސަތު ލިބުމުން ޕްރިޔަންކާ އެކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. އެކަމަކު އޭނަ އަށް ފިލްމުން ލިބުނު ރޯލަކީ "ހިނދުކޮޅެއްގެ ފެނިލުމެއް" ކަމަށް އެނގުމުން ޕްރިޔަންކާގެ ވަރަށް ގިނަ ފޭނުން ތިބީ މިހާރު އެހާ ހިތްހަމަޖެހިފައެއް ނޫނެވެ.
އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ "މެޓްރިކްސް ރިސަރެކްޝަންސް" ގެ ޕޯސްޓަރާއި ޓްރެއިލާގައި އޭނާ ހިމަނައި ފިލްމުގެ ޕްރޮމޯޝަންތަކުގައި ވެސް ވަރަށް ބޮޑަށް ހަރަކާތްތެރިވިކަމެވެ. މި ފިލްމުގެ ކާސްޓްގައި އިންޑިއާގެ އެހެން އެކްޓަރެއް ކަމަށްވާ ޕޫރަބް ކޯލީގެ ނިލުމެއް ވެސް "އެސްފިޔައެއް ޖަހައިލާ" ވަގުތަށް ހިމެނެ އެވެ.
އޭބީސީގެ 2015 ގެ ސިލްސިލާ "ކްއަންޓިކޯ" ގެ ލީޑް ބަތަލާގެ ރޯލުން ހޮލީވުޑް ދަތުރު ފެށިޔަސް، ޕްރިޔަންކާ ކުޅުނު ފީޗާ ފިލްމުތަކުން ހާއްސަ ކަމެއް ދެއްކިފައެއް ނުވެ އެވެ. އެގޮތުން "ބޭވޮޗް" އާއި "އަ ކިޑް ލައިކް ޖޭކް" އަދި "އިޒިންޓް އިޓް ރޮމޭންޓިކް؟" އަކީ ޕްރިޔަންކާގެ ފޭނުން މާ ހިތްހަމަޖެހުނު ފިލްމުތަކެއް ނޫނެވެ.
މި އަހަރުގެ "ވީ ކޭން ބީ ހީރޯސް" އާއި ޖެނުއަރީގައި ނެޓްފްލިކްސް އިން ގެނެސްދިން "ދަ ވައިޓް ޓައިގާ" ގައި ވަރުގަދަ ރޯލެއް ކުޅުނު ބަތަލާގެ ކުރިއަށް ހުރި ހުޅަނގުގެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ފީޗާ ފިލްމު "ޓެކްސްޓް ފޯ ޔޫ" އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެ
23 December 2021
އެވަރުގެ ކަމެއް ނެތް ރޯލެއް ނަގައިގެންވެސް ކިއާނޫގެ މަޝްހޫރުކަމުން އެތިކޮޅެއް ލިބޭތޯ އެ ބަލައިލީ.
ނިކް
23 December 2021
މީނާ އަކީ ނިކް ގެ އަންހެނުން ތަ؟
ސުނިއަންކާ
23 December 2021
މީނާގެ ތަރި އޮއްސެނީ.އަމިއްލައަށް ސޯޝަލް މީޑިއާގަ ފޮޓޯތަކާއި އަމިއްލަ ނަމުގެ ފަހަތުން ނިކްގެ ނަން ކަޏޑައިގެންނާ މ ކަހަލަ އެކި ގޮތް ގޮތުން މީޑިއާ އަށް މީނާގެ ޚަބަރު ތިލަ ކުރަނީ