އަނަންޔާ ޕާންޑޭ--
19 ފެބުރުއަރީ 2022 - 06:57
ބޮލީވުޑްގެ ޒުވާން ތަރި އަނަންޔާ ޕާންޑޭ، އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގައި އުޅެނިކޮށް މުމްބާއީ ފުލުހުން އޭނާގެ ކާރު ލޮކްކޮށްފި އެވެ.
ޝޫޓިންނަކަށް މުމްބާއީގެ ސްޓޫޑިއޯއަކަށް ގޮސް، އޭނާގެ ކާރު ޕާކްކޮށްފައި އޮތީ އެތަނުގެ ބޭރުގަ އެވެ. އެއީ ކާރު ޕާކްކުރުން މަނާ ތަނެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަނަންޔާގެ ކާރު ޕާކްކުރި ތަނަކީ އެ ސްޓޫޑިއޯގެ ބައެއް ސާމަނު ބެހެއްޓުމަށް ބުކްކޮށްފައި އޮތް ތަނެކެވެ. އެހެންވެ، އަނަންޔާގެ ކާރު ލޮކްކުރުމުން ފަހުން، އޭނާގެ ސެކިއުރިޓީ އޮފިސަރުން ވަނީ ފުލުހުންނާ ވާހަކަ ދައްކައިގެން އެތަނުން އެ ނަގައިފަ އެވެ.
މިފަހަރު އަންނަޔާއާ މެދު ފިޔަވަޅެއް ނޭޅިތަވެސް އޭނާ އަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
އަނަންޔާ އެންމެ ފަހުން ފެނުނީ ދީޕިކާ ޕަޑުކޯން އާއި ސިދާންތު ޗަތުރަވެދީއާ އެކު މި މަހު ކުޅުނު "ގެހެރިޔާން" އިންނެވެ. "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އިން ބޮލީވުޑަށް ނިކުތް އަނަންޔާގެ ކުރިއަށް ގިނަ މަސައްކަތްތަކެއް އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުރިސް
20 February 2022
މި ރާއްޖޭގެ ޓުރެފިކް ޕޮލިހުން ނަށް ނުކެރެ ޑޮމެއިން ނަންބަރ ޖަހާފަ ހުންނަ ވެހިކަލެއް ގަވާއިދާ ހިލާފަށް ޕާރކް ކޮއްފަ އޮތަސް އިސްޓިކާ ޖަހާކަށް ފުރަތަމަ ބަލަނީ ކާކު އެއްޗެއްތޯ ޓެކްސީ އެއް ވެއްޖެޔާ ވަގުތުން އިސްޓިކާ ނޫނީ ޓޯ ކުރާނީ މީ.. ފެންވަރު
ށަވިޔަނި
19 February 2022
އުޖާލާ މުސްތަޤްބަލެއް އޮތް ހުނަރުވެރި ކުޅަދާނަ ތަރިއެއް.
އައުޓް
19 February 2022
އިންޑިޔާ އައުޓް!!!