25 ނޮވެމްބަރ 2022 - 07:51
ޕްރިޔަންކާ ޗޯޕްރާ އޭނާގެ ދަރިފުޅު މަލްތީ މާރީ ޗޯޕްރާ ޖޯނަސްގެ ފޮޓޯ މީގެ ކުރިން ނުދައްކާ ގޮތަކަށް އާންމުކޮށްފި އެވެ.
"އައި މީން" ޖަހާފައި އާންމުކުރި ފޮޓޯގައި ފެންނަނީ މަލްތީ މާރީގެ މޫނުގެ އެއްބަ އެވެ.
ސްޓްރޯލާއެއްގައި ބާއްވާފައި އޮތް މަލްތީގެ ވަށައިގެން، ކުޅޭ ތަކެތި އަތުރާފައި ހުއްޓާ ފޮޓޯއިން ފެނެ އެވެ. މަލްތީގެ ފޮޓޯތައް މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމުކުރި ނަމަވެސް މޫނު މިވަރަށް ފެންނަ ފޮޓޯއެއް ނުލަ އެވެ.
މި ފަހަރު ލީ ފޮޓޯގައި ކުއްޖާގެ ލޯ ނޫން ހުރީހާ ތަނެއް ފެނެ އެވެ.
ޕްރިޔަންކާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޮނަސް ފުތަމަ ބައްދަލުވީ 2017 ވަނަ އަހަރު ބޭއްވި މެޓްގާލާ 2017 ގެ ފެޝަން ޝޯއަކުންނެވެ. ކައިވެނިކުރީ ޖެހިގެން އައި އަހަރު ޕްރިޔަންކާގެ އުފަން ދުވަހު އެވެ.
ސަރޮގޭޓްކޮށްގެން މި މީހުން ކުއްޖަކު ލިބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. ދުވަސް ނުފުރާ އުފަންވި ކުއްޖާ ނިއުބޯން އައިސީޔޫގައި ތިން މަހަށް ވުރެ ގިނަދުވަހު އެޑްމިޓްކޮށްފައި އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
25 November 2022
އެކުއްޖާގެ ނެޕީއެއް ފެނުނަސް އެވެސް ނޫހުގަ ޖަހާތި ޚަބަރު ހޯދަން ސައިޓްތައް ނުބަލަނީ ތޯއެވެ.