މި އަހަރުގެ ބާފްޓާގައި ފިލްމް "އޮޕެންހައިމާ" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކުރި އެކްޓަރު ކިލިއަން މާފީ އެވޯޑާ ހަވާލުވުމަށް ފަހު ޝުކުރު އަދާކުރަނީ.-- ފޮޓޯ: އޭއެފްޕީ
20 ފެބުރުއަރީ 2024 - 06:06
މި އަހަރުގެ ބްރިޓިޝް އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބާފްޓާ) އެވޯޑްސްގައި އެންމެ ގިނަ އެވޯޑުތައް ލިބުނު ފިލްމަކަށް "އޮޕެންހައިމާ" ވެއްޖެ އެވެ.
ބާފްޓާ އަކީ އިނގިރޭސިވިލާތުގެ ފިލްމުތަކާއި ސީރީޒްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
މިފަހަރު އެންމެ ގިނަ އެވޯޑުތައް ކާމިޔާބުކުރީ ކްރިސްޓޮފާ ނޯލަންގެ ފިލްމު "އޮޕެންހައިމާ" އެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދުނިޔޭގެ ފުރަތަމަ ނިއުކްލިއާ ބޮން އުފެއްދުމުގައި އިސްދައުރެއް އަދާކުރި އެމެރިކާގެ ފިޒިސިސްޓް ރޮބާޓް އޮޕެންހައިމާގެ ހަޔާތަށް ހަދާފައިވާ ފިލްމު "އޮޕެންހައިމާ" އަށް ވަނީ ހަތް އެވޯޑެއް ލިބިފަ އެވެ. އޭގެ ތެރޭގައި އެންމެ މޮޅު ފިލްމުގެ އެވޯޑު ވެސް ހިމެނެ އެވެ.
ދެވަނަ އަށް އެންމެ ގިނަ އެވޯޑު ކާމިޔާބުކުރީ އެމާ ސްޓޯން ލީޑު ރޯލު ކުޅުނު "ޕުއާ ތިންގްސް" އެވެ. އެ ފިލްމަށް ވަނީ ފަސް އެވޯޑެއް ލިބިފަ އެވެ.
• ބެސްޓް ފިލްމް / އޮޕެންހައިމާ
• އައުޓް ސްޓޭންޑިން ބްރިޓިޝް ފިލްމް / ދަ ޒޯން އޮފް އިންޓްރެސްޓް
• ބެސްޓް ޑޮކިއުމެންޓްރީ / 20 ޑޭސް އިން މެރިޕޯލް
• ބެސްޓް އެނިމޭޑެޓް ފިލްމް / ދަ ބޯއީ އެންޑް ދަ ހީރޯން
• ބެސްޓް ޑައިރެކްޓަރު / ކްރިސްޓޮފާ ނޯލަން (އޮޕެންހައިމާ)
• ބެސްޓް އޮރިޖިނަލް ސްކްރީންޕްލޭ / އެނަޓޮމީ އޮފް އަ ފޯލް
• ބެސްޓް ލީޑިން އެކްޓްރެސް / އެމާ ސްޓޯން (ޕުއާ ތިންގްސް)
• ބެސްޓް ލީޑިން އެކްޓަރު / ކިލިން މާފީ (އޮޕެންހައިމާ)
• ބެސްޓް ސިނެމަޓޯގްރެފީ / އޮޕެންހައިމާ
• ބެސްޓް އޮރިޖިނަލް ސްކޯ / އޮޕެންހައިމާ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy