"ސަނަމް ތޭރީ ކަސަމް"ގައި ލީޑު ރޯލު ކުޅުނު ހަރުޝްވަރުދަން ރާނޭ އާއި ޕްރޮޑިއުސަރު ދީޕަކް މުކުތު.
11 ސެޕްޓެމްބަރ 2024 - 06:21
"ސަނަމް ތޭރީ ކަސަމް"ގެ ދެވަނަ ބައި ގެނެސްދޭނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރާތާ ދެ އަހަރެއްހާ ދުވަސް ފަހުން އެ ފިލްމު ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.
ބޮލީވުޑްގެ ލޯބީގެ އަސަރުގަދަ ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ސީކުއެލްއެއް ގެނެސްދޭން އުޅޭ ކަމުގެ އިޝާރާތެއް އޭގެ ލީޑު އެކްޓަރު ހަރުޝްވަރުދަން ރާނޭ ވަނީ މިދިޔަ އަހަރު ވެސް ދީފަ އެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އިއްޔެ ހަރުޝްވަރުދަން ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އެ ފިލްމު ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ހަރުޝްވަރުދަން އެ ޚަބަރު ހިއްސާކުރީ އެ ފިލްމުގެ ޕްރޮޑިއުސަރު ދީޕަކް މުކުތުއާ އެކު ނަގާފައި ފޮޓޯއަކާ އެކުގަ އެވެ. އަދި ދެވަނަ ފިލްމަށް އެންމެން ވެސް އިންތިޒާރުކުރުމަށް އޭނާ ވަނީ އެދިފަ އެވެ.
ހަރުޝްވަރުދަން އެ ފިލްމުން ފެނުނު ނަމަވެސް، ފުރަތަމަ ފިލްމުގައި ލީޑު އެކްޓްރެސްގެ ރޯލު ކުޅުނު ޕާކިސްތާނުގެ ތަރި މަވްރާ ހޮކޭން ދެވަނަ ބައިން ފެންނާނެ ކަމަށް އަދި ނޭނގެ އެވެ. ދެވަނަ ފިލްމުގެ ޑައިރެކްޓަރުން ވެސް އަދި ހާމައެއް ނުކުރެ އެވެ.
"ސަނަމް ތޭރީ ކަސަމް"ގެ ފުރަތަމަ ފިލްމު ޑައިރެކްޓުކުރީ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ.
ހަރުޝް އާއި މަވްރާ ހޮކޭން ލީޑުން ފެނުނު، 2016 ވަނަ އަހަރު ގެނެސްދިން "ސަނަމް ތޭރީ ކަސަމް" އަކީ ބެލުންތެރިންގެ މެދުގައި މަޝްހޫރުވި ފިލްމަކަށް ވިޔަސް، ބޮކްސް އޮފީހުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފިލްމެކެވެ. ނަމަވެސް، ސްޓްރީމިން ޕްލެޓްފޯމްތަކުގައި މި ފިލްމު ވަރަށް މަގުބޫލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުޒްއަފޫ
11 September 2024
މިހާތަނައް ބެލި އެންމެ އަސަރު ގަދަ 1 ފިލްމް
މާވްރާ
11 September 2024
މާވްރާ ހުސައިން ކިޔަނީ އެ މަންޖެއަށް. ހުކޭން އެއީ ސޯޝަލް މީޑިއާގަ ބޭނުންކުރާ ޔޫސަރ އައިޑީ.. ނަން ތަފާތުކޮށްލަން ސްޕެލިން ޗޭންޖްކޮށްފަ އިންނާނީ...