މުނިފޫހިފިލުވުން / ސައިފް އަލީ ޚާން

ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހެރި؛ ސާޖަރީ ކާމިޔާބު!

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާން.

16 ޖެނުއަރީ 2025 - 14:04

13 comments

ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ހާންގެ ސާޖަރީ ކާމިޔާބު ކަމަށާއި އޭނާގެ ފުރާނައަށް މިހާރު ނުރައްކަލެއް ނެތް ކަމަށް އޭނާގެ ޓީމުން މިއަދު ބުނެފި އެވެ.

އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ސައިފްގެ ގެއަށް ރޭ ދަންވަރު ވަން ވަގަކު ވަނީ އޭނާއަށް ހަމަލާދީ، އޭނާގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. ސައިފްއަށް ހަމަލާދިނީ އެ ވަގު ހުއްޓުވަން އުޅުމުންނެވެ.

ސައިފްގެ ޓީމުން ދެންމެ ނެރުނު ބަޔާނެއްގައި ބުނީ އޭނާ ނުރައްކަލުން މިހާރު ސަލާމަތްވެފައިވާ ކަމަށެވެ.

"ސައިފްގެ ސާޖަރީ މިހާރު ވަނީ ނިމިފައި، ނުރައްކަލުން ސަލާމަތްވެފައި. މި ވަގުތު އޭނާ އޮތީ ރިކަވަރީގައި އަދި ޑޮކްޓަރުން އޭނާގެ ހާލަތު ވަރަށް ގާތުން އަންނަނީ މޮނިޓާކުރަމުން،" އެ ބަޔާނުގައި ބުންޏެވެ.

ސައިފް އެޑްމިޓުކޮށްފައިވާ މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ބުނީ ސައިފްގެ ގައިގެ ހަ ތަނަކަށް ވަޅި ހަރާފައިވާ ކަމަށާއި ދެ ތަނެއްގައި ވަރަށް ފުން ޒަހަމެއް ހުރި ކަމަށެވެ. އޭނާގެ ކަރަށް ވެސް ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

"މައިބަދައަށް ވަޅި ހެރުމުގެ ސަބަބުން އޭނާގެ މައިބަދައިގެ ނާރަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި،" އޭނާގެ ސާޖަރީ ކުރި ޑޮކްޓަރު ބުންޏެވެ. "މައިބަދައަށް ހަރާފައި އޮތް ވަޅި ނެގުމަށާއި ލޭ ފޭބުން މަނާކުރުމަށް އޮޕަރޭޝަން ކުރެވުނީ. އޭނާގެ ވާތު އަތުގައި ވަރަށް ފުން ދެ ޒަހަމެއް ހުރި. އަދި ކަރަށް ލިބިފައި ހުރި ޒަހަމްތަކާ ގުޅިގެން ޕްލާސްޓިކް ސާޖަރީއެއް ވެސް ކުރި."

ސައިފާއި އޭނާގެ އަންހެނުން، އެކްޓްރެސް ކަރީނާ ކަޕޫރް ހާން އާއި އެ ދެމަފިރިންގެ ދެ ކުދިން ދިރިއުޅެނީ އިންޑިއާގެ މުމްބާއީގެ ބެންޑްރާ ސަރަހައްދުގައި ހުންނަ އިމާރާތެއްގެ 11 ވަނަ ފްލޯގަ އެވެ. އެ ގެއަށް ވަގު ވަތްއިރު އަންހެނުންނާއި ކުދިން ވެސް ތިއްބެވެ.

ހަމަލާ ދިން މީހާ ވަނީ ފިލައިގެން ގޮސްފަ އެވެ.

13 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 60%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަފިއްޔާ

19 January 2025

ކަރީނާ އަދިވެސް ރޮނީ ހަމަ. ސައިފު ކީއްކުރަން ވަގު ހުއްޓުވަން ދުއްވައިގަތީ؟ ލާރި އެބަހުއްޓެންނު އޭނަ ނެގި ކޮންމެ އެއްޗަކަށް ހައެތި ގަނެވޭ ވަރަށް

The name is already taken The name is available. Register?

ގޭންގް އެކްޓް

18 January 2025

ސައިފް އަށް އަވަސް ޝިފާއަކަށް އެދެން! ވ ދެރަވަރު ކަން ކަން އަސްލު! މުސްލިމު ތަރިްނނަށް ހަމަލާ ދެޭ ނެޓްވޯރކެއް މިހާރު އުޅޭ! ސައިފް އަސް ހަމަލާ ދިން މީހާ ޝާހުރުކު ގެޔަށް ވަން ނަން އުޅުނު ކަމަށް ވެސް ހަބަރެއް ގަ އޮތް! މުސްލިމު ތަރިން ހިންދޫ މީހުންނާ ކައިވެނީ ގެ ހޮތުން ގުޅިގެން އުޅެނީ ވެސް ހަށި ރައްކަލަކަށް ކަށް ސެކިއުލަރ ވާން އެކަމަކު އަދިވެސް ބައެއް ގޭންގު ތަކުން ބިރުދައްކަމުން ދަނީ

The name is already taken The name is available. Register?

ވަގު މީހާ

01 February 2025

ޝާހްރުކުޙާން ހޯސްޓް ކުރި ޝޯއެއްގައި މުސްލިމުން ރޯދަމަހު ރޯދަހިފަނީ ކިތައްދުވަހުތޯ ސުވާލު ކުރުމުން ބުނީ 40 ދުވަސް ކަމަށް.....

The name is already taken The name is available. Register?

ކިނާރީ

18 January 2025

ދިހަބަރިއަށް ހުންނަ އިމާރާތަކަށް ހާދަފަސީހައިން ވަދެލާ ފިލައި އޮތީ . އެހެންވީމަ ވަރަށް ކަޑަ .

The name is already taken The name is available. Register?

2025

18 January 2025

މިވަރުކުރާއިރުވެސް ކަރީނާ ހަމަނިދާފަދޯ....ބޮއިހަލަކި

The name is already taken The name is available. Register?

ޗަކޮއި

17 January 2025

ފިލުމު ތަކުގައި މާގަދަކަން ދައްކާފަ އުޅުނެއްކަމަކު، ތާކުން ތާކު ނުޖެހޭ މީހަކާ ޖެހުނީމަ އެއްވެސް ގަދައެއް ނުވެވުނަތާދޯ؟

The name is already taken The name is available. Register?

ރުމާ

17 January 2025

ހެޔޮނުވާނެ މީހަކަށް މިފަދަ އަނިޔާތަކެއް ލިބުނީމައި މިކަހަލަ ކޮމެންޓް ތަކެއް ކުރާކަށް.

The name is already taken The name is available. Register?

‫މާލެ މީހެއް

17 January 2025

‫އަސްލު މީ ކަމެއް ކުރެވޭވަރުގެ މީހެއްް ނޫން ދޯ

The name is already taken The name is available. Register?

‫ވާންޗޯ

17 January 2025

‫ފިލްމު ތަކުގާ ހާދަ ގަދައޭ އޭނަ

The name is already taken The name is available. Register?

އައިމިނާ

16 January 2025

އެއްވެސް ސެކިއުރިޓީއެއް ބޭނުންނުކުރަނީތޯ.

The name is already taken The name is available. Register?

ޢަލީ98

16 January 2025

ޥެދާނެ ނުން ސެކުރިޓީންގެ ރޭވުމަކުުން ގެނާ އިންޓްރޫޑާރ އެއް ކަމަށް ވެސް! ޢޭނަ މަރަން ނުވަތަ ނުކުޅެދޭ ހާލަތަކަށްް ގެންނަން އައިމީހަކާ ވައްތަރީ.. ވައްކަމެއް ކުރާކަށް ނުން!

The name is already taken The name is available. Register?

ކުރުނބާ

16 January 2025

އެކަމަކު ފިލުމުގަ ސައިފު އެއްފަހަރާ 10 މީހުންނާވެސް ތަޅާލާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454