ބޮލީވުޑްގެ އެކްޓްރެސް ދީޕިކާ ޕަޑުކޯން އާއި އިންޑިއާގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާ.
03 ޖޫން 2025 - 06:59
އިންޑިއާގެ ޑައިރެކްޓަރު ސަންދީޕް ރެއްޑީ ވަންގާގެ އާ ފިލްމު "ސްޕިރިޓް"ގެ ލީޑު އެކްޓްރެސްގެ ރޯލަށް ދީޕިކާ ޕަޑުކޯންގެ ބަދަލުގައި ތުރިޕްތީ ދިމްރީ ހަމަޖެއްސި ފަހުން ސަންދީޕާއި ދިޕިކާއާ މެދުގައި އަރައިރުމެއް ހިނގައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ރޯލު ދީޕިކާއަށް ދިނުމަށް ފަހު އަތުލީ ދީޕިކާގެ ފަރާތުން ކުރި ޑިމާންޑުތައް މާ ބޮޑުވުމުގެ ސަބަބުން ސަންދީޕްއާ ދެމީހުންގެ މެދުގައި ހިނގި ދެބަސްވުންތަކަކަށް ފަހުގަ އެވެ. ދީޕިކާ ޑިމާންޑްކުރީ ފިލްމު ޝޫޓިންގައި އުޅޭ ވަގުތު ދުވާލަކު ހަ ގަޑިއިރަށް ކުޑަކޮށްދިނުމަށާއި މުސާރައިގެ ގޮތުގައި 20 ކްރޯޑް ރުޕީސް ދިނުމަށެވެ. އެކަމަކު، ސަންދީޕް އެގޮތް ބޭނުން ނުވުމުން އެ ޕްރޮޖެކްޓުން ދީޕިކާ ވަނީ ވަކިކޮށްފަ އެވެ.
އެ ރޯލުން ދީޕިކާ ވަކިކުރުމާ އެކު ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކުރީ ދީޕިކާ އެ ފިލްމުން ވަކިކުރީ ސަންދީޕް "އާރު ރޭޓެޑް" ފިލްމެއް ހަދަން ބޭނުންވި ނަމަވެސް، ދީޕިކާ އެކަމާ ދެކޮޅު ހެދުމުން ކަމަށެވެ. އަދި ދީޕިކާގެ ބަދަލުގައި އެ ރޯލަށް ތުރިޕްތީ ނެގުމުން އެކަން ވަރަށް ރަނގަޅަށް ސާފުވާ ކަމަށާއި ތުރިޕްތީއަކީ "އާރު ރޭޓެޑް" ފިލްމުތައް ކުޅޭ މީހެއް ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ނޫސްތަކުން އެގޮތަށް ރިޕޯޓްކުރުމާ އެކު، މައްސަލަ ހޫނުވެ ސަންދީޕުގެ ބައެއް ފޭނުން ސޯޝަލް މީޑިއާގައި ތުހުމަތުކުރި ގޮތުގައި އެއީ ސަންދީޕާއި ތުރިޕްތީގެ އަގުވައްޓާލުމަށް ދީޕިކާގެ ޕީއާރު ޓީމުން ނޫސްތަކާ ގުޅިގެން ގަސްތުގައި ފެތުރި ޚަބަރުތަކަކެވެ.
އޭގެ ފަހުން ސަންދީޕް ވެސް ވަނީ މި މައްސަލާގައި ވާހަކަދައްކައިފަ އެވެ. އޭނާ އެކްސްގައި ކުރި ޕޯސްޓެއްގައި ދީޕިކާ ނަން ނުލިޔެ ބުނީ އޭނާ މި ފެންވަރަށް ފެއްޓިދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށެވެ. އޭނާގެ ފިލްމުގެ ސްކްރިޕްޓް ވެސް މީޑިއާތަކަށް ލީކުކޮށްލާފައިވާ ކަމަށް ބުންޏެވެ.
"އަހަރެން މީހަކަށް އަހަރެންގެ ފިލްމެއްގެ ވާހަކަ ކިޔައިދެނީ 100 ޕަސެންޓް އިތުބާރުކޮށްފައި. އެއީ އަހަރެމެން ދެމެދުގައި ހެދޭ ނޮން-ޑިސްކްލޯސާ އެގްރީމެންޓެއް. އެކަމަކު، ތި ކުރި ކަމަކުން މިހާރު ހާމަވެއްޖެ ތިޔައީ ކޮން ކަހަލަ މީހެއް ކަން،" ސަންދީޕް ބުންޏެވެ.
"ޒުވާން އެކްޓަރެއްގެ އަގުވައްޓާލައި، އަހަރެންގެ ވާހަކަ އެންމެނަށް ކިޔައިދިނީ. މިއީ ތޯ ތި ބުނާ ފެމިނިޒަމަކީ؟ މިއީ އެތައް އަހަރެއްގެ ބުރަ މަސައްކަތް، ފިލްމު އުފެއްދުންތެރިއެއްގެ ހަސިއްޔަތުން މިއީ އަހަރެންގެ ހުރިހާ ވެސް އެއްޗަކީ. ކަލެއަކަށް ނޭނގުނު. ނުވެސް އެނގުނު. އަދި ނުވެސް އެނގޭނެ."
When I narrate a story to an actor, I place 100% faith. There is an unsaid NDA(Non Disclosure Agreement) between us. But by doing this, You've 'DISCLOSED' the person that you are....
— Sandeep Reddy Vanga (@imvangasandeep) May 26, 2025
Putting down a Younger actor and ousting my story? Is this what your feminism stands for ? As a…
"ސްޕިރިޓް"ގެ ލީޑަށް އަލަށް ނެގި ތުރިޕްތީއަކީ ސަންދީޕް އެންމެފަހުން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "އެނިމަލް"ގައި ވެސް މުހިންމު ރޯލެއް ކުޅުނު ތަރިއެކެވެ. އެ ފިލްމުގެ ލީޑު އެކްޓަރުގެ ރޯލަށް ނަގާފައި ވަނީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕުރިޔާންކާ ސީޕީ
04 June 2025
ދިޕިކާ އަށް ވުރެ ޅަ ކުއްޖަކަށް ފުރުސަތު ފަހިވީމާ ޖެލީ ވެލީ. ތުރިޕްތީ މާ ރީތިވެފަ އަދި އަހްލާގު މާ ރަންގަޅު ވާނެ ދިޕީކަށް ވުރެ...