"ލަވް އެންޑް ވޯ"ގައި ލީޑު ރޯލު ކުޅޭ ވިކީ ކައުޝަލް އާއި ރަންބީރް ކަޕޫރް.
12 ޖުލައި 2025 - 12:44
ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ސީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ލަވް އެންޑް ވޯ"ގައި ކުޅޭ ރޯލަށް ރަންބީރް ކަޕޫރާއި ވިކީ ކައުޝަލް ވަރަށް ބޮޑަށް ބަރުދަން ލުއިކޮށްލައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މިހާރު މަންޒަރުތައް ނަގަމުން އަންނަ އެ ފިލްމަށް ތައްޔާރުވުމަށް ރަންބީރު ވަނީ 12 ކިލޯ ލުއިކޮށްލައިފަ އެވެ. އަދި ވިކީ ވަނީ 15 ކިލޯ ލުއިކޮށްލައިފަ އެވެ. މި ފިލްމަށް ތައްޔާރުވުމަށް އެ ދެ ތަރިންގެ ހަށިގަނޑަށް ވެސް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ.
މި ފިލްމުގެ މަންޒަރުތައް ނަގަން އެކަނި، މިދިޔަ އަހަރު ފަހުކޮޅުން ފެށިގެން މި އަހަރުގެ ނިޔަލަށް 200 ދުވަސް ވިކީ ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ލަވް އެންޑް ވޯ"އަކީ ވިކީ ކުޅޭ ބަންސާލީގެ ފުރަތަމަ ފިލްމެވެ.
މި ފިލްމުގެ މަންޒަރުތައް ނަގާ ނިމޭނީ މި އަހަރު ފަހުކޮޅުގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ލަވް އެންޑް ވޯ"ގެ ކާސްޓުގައި ހިމެނޭ ރަންބީރް ކަޕޫރާއި އާލިއާ ބަޓާއި ވިކީ ކައުޝަލް، ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު.
ބަންސާލީގެ "ލަވް އެންޑް ވޯ"ގެ ލީޑު އަންހެން ތަރިއަކީ އާލިއާ ބަޓެވެ.
މިއީ ބަންސާލީގެ ފިލްމަކުން އާލިއާ އާއި ރަންބީރް ފެންނާނެ ދެވަނަ ފަހަރެވެ. އޭނާ އެންމެ ފަހުން ގެނެސްދިން ފިލްމު "ގަންގޫބާއީ ކަތިއަވާޑީ"ގައި ލީޑު ރޯލު ކުޅުނީ އާލިއާ އެވެ. އަދި އޭނާ 2007 ވަނަ އަހަރު ގެނެސްދިން "ސާވަރިޔާ" އަކީ ރަންބީރް ފިލްމީ ދާއިރާއަށް ތައާރަފުވި ފިލްމެވެ.
"ގަންގޫބާއީ ކަތިއަވާޑީ"އަށް ފަހު ބަންސާލީ ގެނެސްދިނީ "ހީރާމަންޑީ" ކިޔާ ސީރީޒެކެވެ. ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސްދިން އެ ސީރީޒަށް ބޮޑު ތަރުހީބެއް ލިބި، ދެވަނަ ސީޒަނެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ.
"ލަވް އެންޑް ވޯ" ސިނަމާތަކަށް ގެންނަނީ އަންނަ އަހަރު މާޗު 20 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިލް
13 July 2025
ސަންޖޭ ސީލާ ބަންސާލީ އޭ؟
ޗޫޤީ
12 July 2025
ސީދާ ގަދަ ހިފުމަކަށް އެ ތައްޔާރުވަނީ.
ކުންނާރުކަޕޫރު
12 July 2025
މިވެސް ފަޒީކައިރިން ޙިޖާމާ ޖަހާގެން ބަރުދަން ލުއިކުރި ބައެއް..
ކެކެ
13 July 2025
ކެކެކެކެކެ ފަނީ
ސައިންޓިސްތު
12 July 2025
އެމީހުން ލާރި ހޯދަން ކުރާ މަސައްކަތް އެއީ