31 އޮކްޓޯބަރ 2025 - 06:06
ބޮލީވުޑްގެ އާ އެކްޓަރު އަދި ސުޕަސްޓާރު އަަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔަ ނަންދާގެ ދެވަނަ ފިލްމު "އިއްކިސް"ގެ ޓްރެއިލާ ނެރެފި އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް މެޑޮކް ފިލްމްސް އިން ގެނެސްދޭ ހަނގުރާމަ މަތީ ފިލްމު "އިއްކިސް"ގެ ޓްރެއިލާ ނެރުނީ މިދިޔަ ބުދަ ދުވަހު އެވެ.
އެ ފިލްމުގައި އަގަސްތިޔަ ކުޅެނީ އިންޑިއާގެ އަސްކަރިއްޔާގެ ސެކަންޑް ލުޓެނެންޓް އަރުން ކެތަރުޕަލްގެ ރޯލެވެ. އަރުންއަކީ އިންޑިއާގެ އަސްކަރިއްޔާއިން ދޭ އެންމެ މަތީ ޝަރަފުގެ އެވޯޑް ކަމަށްވާ ޕަރަމް ވީ ޗަކްރާ އެންމެ ހަގު އުމުރުގައި ލިބުނު ސިފައިންގެ މީހާ އެވެ. އޭނާއަށް އެ އެވޯޑް ލިބުނީ 21 އަހަރުގަ އެވެ.
އަގަސްތިޔައަކީ އަމީތާބްގެ ދޮށީ ދަރިފުޅު ޝްވެތާ ބައްޗަން ނަންދާގެ ހަގު ދަރިފުޅެވެ. ޝްވެތާގެ ފިރިމީހާ ނިކިލް ނަންދާއަކީ ބޮލީވުޑްގެ ކުރީގެ ލެޖެންޑް ރާޖް ކަޕޫރުގެ ދަރިފުޅު ރީތޫ ނަންދާ ދަރިއެކެވެ. އެހެންކަމުން، އަގަސްތިޔައަކީ ރާޖް ކަޕޫރަށް މުނިކާފަ ކިޔާ ކުއްޖެކެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގައި ދައްކާނީ އަރުންގެ ސިފައިންގެ ތެރެއަށް ވަތް ހިސާބުން އޭނާގެ ދިރިއުޅުމުގައި ހިނގާފައިވާ ކަންކަމެވެ.
އަގަސްތިޔަ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން "ދި އާޗީސް" އިންނެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، އަގަސްތިޔަގެ އެކްޓިންނަށް ތައުރީފު ލިބިފައިވެ އެވެ.
"އިއްކިސް" ޑައިރެކްޓުކުރީ "ބަދުލާޕޫރް" އާއި "އަންދާދުން" އަދި "މެރީ ކްރިސްމަސް" ކަހަލަ ފިލްމުތައް ގެނެސްދީފައިވާ ސްރީރާމް ރާގަވަން އެވެ.
"އިއްކިސް" ސިނަމާތަކަށް ގެންނަނީ މި އަހަރު ޑިސެމްބަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބީ22
31 October 2025
ހާދަ ވައްތަރޭ އަބީޝެކް ގެ އެއްމެ ޅަ އިރާ! މީ އަބީޝެކް ހަމަ އެކަމަކު އޭނަ އަށް ވުރެން 'ފިރިހެން''