ނިކް އާއި ޕްރިޔަންކާ: ދެ މީހުން އަންނަނީ ކައިވެންޏަށް ތައްޔާރުވަމުން.
18 ނޮވެމްބަރ 2018 - 08:00
މީގެ 13 އަހަރު ކުރިން ހަކުރު ބަލީގެ ޝިކާރައަކަށްވެ، އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ވާން އުޅޭ ފިރިމީހާ، އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބުނެފި އެވެ.
ހަކުރު ބަލީގެ ދުވަހާ ގުޅުވައިގެން އިންސްޓަގާރާމްގައި ހިއްސާކުރި ޕޯސްޓެއްގައި 26 އަހަރުގެ ނިކް ބުނީ އޭނާ ޓައިޕް 1 ޑައިބެޓީޒްގެ ޝިކާރައަކަށްވެ، ވަރަށް ބޮޑަށް ބަރުދަން ވެސް ލުއިވެ، މީހާ ހިކުނު މީހަކަށެވެ.
ނަމަވެސް މިހާރު ދުޅަހެޔޮ ދިރިއުޅުމެއް އުޅެނީ ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެނައި ހެޔޮ ބަދަލުތަކާ އެކު ކަމަށް ބުންޏެވެ.
"އަހަރެން މިހާރު ހުރީ ވަރަށް ރަނގަޅު ހާލަތެއްގައި އަދި ވަރަށް އުފާވެރިކޮށް މިއުޅެނީ،" އޮގަސްޓް މަހު 18 ގައި ޕްރިޔަންކާއާ އެންގޭޖްވިކަން އިއުލާން ކުރި ނިކް ބުންޏެވެ.
ނިކްގެ ޕޯސްޓް.
އޭނާ ބުނި ގޮތުގައި ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުން ފަދަ ކަންކަމަކީ މިހާރު ދިރިއުޅުމުގެ ވަރަށް މުހިއްމު ބައެކެވެ. އަދި ކޮންމެ މީހަކަށް ވެސް އެ މީހެއްގެ އަމިއްލަ ދިރިއުޅުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ބުންޏެވެ.
"ހަކުރު ބަލި ހުއްޓަސް އަހަންނަކީ އަހަރެން ކުރަން ބޭނުންވާ ކަންތައްތަކާއި ހާސިލު ކުރަން ބޭނުންވާ ކަންކަމުގައި އެއްވެސް ހުރަހެއް ނެތި ކުރިއަށްދާ މީހެއް. އަހަރެން ވަރަށް އުފާކުރަން އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބޭ އެހީތެރި ކަމަށްޓަކައި،" ޖުމާންޖީ: ވެލްކަމް ޓު ޖަންގަލް" އާއި "ގޯޓް" ފަދަ ފިލްމުތަކުގައި އެކްޓް ވެސް ކޮށްފައިވާ ނިކް ބުންޏެވެ.
ނިކް، ޕްރިޔަންކާއާ އެކު.
ހަކުރު ބައްޔަށް ފަރުވާ ހޯދާ ކަމަށް ނިކް ބުނެފައިވާ އިރު، ވާން އުޅޭ އަނބިމީހާ އަދި އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ، 36، އަކީ ވަރަށް ބޮޑަށް ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހެއްކަން ފާހަގަކޮށްލެވެ އެވެ.
ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި ބުނީ ބައްޔެއް ހުރުމަކީ މީހާގެ ކާމިޔާބީ އަށް ހުރަސް އަޅާނެ ކަމެއް ނޫން ކަމަށާއި ކާމިޔާބަކީ ހިތްވަރާ އެކު މަސައްކަތް ކުރާ މީހުންގެ ހައްގެއް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރާނީ އަންނަ މަހުގެ 2 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެލްމެޓް ރައީސް
18 November 2018
ހަމިލް އަށް ބުނެލަން. މިއުޅެނީ ހިލޭބަހާލަން 5000 ހެލްމެޓް ގަންނަން. އެތަކެތި ގަނެފަ އަދި ދޮންކެޔޮ ބަހާފަ ބާކީ ހުރިއްޔާ ހަކުރު ޓެސްޓް ސްޓްރިޕްސް ހޯދައިދިނުމާމެދު ވިސްނާނަން އިނގޭ
ހަމިލް
18 November 2018
ރުފިޔާ ހުރެގެން ހަކުރުބައްޔަށް އެކަށީގެންވާ ފަރުވާ ލިބޭނީ..ކީއްކުރާނީ މިއުޅެނީ ހަކުރު ޓެސްޓްކުރާ ސްޓްރިޕްވެސް ނުލިބިގެން..އެހާ އަގުބޮޑު އާސަންދައިން ނުލިބޭ..ހަކުރު ކޮންޓްރޯލްކުރަން އެއްމެ ފަސޭހަ ޕަމްޕްވެެސް އެހާ އަގުބޮޑު ފައިސާހުރި މީހުނަށް ތިކަންވާނީ..ސަރުކާރުތަކުންވެސް މެންބަރުން ގަނެލާނެ މިލިއަނުން ރުފިޔާ ދީފަ.. މިފަދަ ބަލިތަކަށް ފަރުވާލިބެންޖެހޭ މީހުނަކީ އަޅާލާ ބައެއްނޫން..