ޕްރިޔަންކާ އާއި ނިކް: ދެ ތަރިން މިއަދު ވަނީ ކައިވެނިކޮށްފައި.
02 ޑިސެމްބަރ 2018 - 07:58
އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އިއްޔެ ކައިވެނިކޮށްފި އެވެ.
އިންޑިއާގެ ޖޯދުޕޫރުގެ އުމައިދު ބަވަންގައި ބޭއްވި ކުލަގަދަ ހަފުލާގައި ދެ ތަރިން ކައިވެނި ކުރީ ކްރިސްޓިއަންގެ އާދާކާދަތަކާ އެއްގޮތަށެވެ. ކައިވެނީގެ ހަފުލާގައި ޕްރިޔަންކާ އާއި ނިކް ބޭނުން ކުރީ ރާލްފް ލޯރެންގެ ފަރުމާކޮށްފައިވާ ހެދުންތަކެވެ. އެކަމަކު މިއަދު އަދި ހިންދޫންގެ އާދަކާދަތަކާ އެއްގޮތަށް ކައިވެނީގެ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ދާނެ އެވެ.
ކައިވެނީގެ ހަފުލާގައި ދެ ތަރިންގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި އެވެ. އަދި ކައިވެންޏާ ގުޅިގެން ދެ ތަރިންނަށް ހޮލީވުޑާއި ބޮލީވުޑުން މިހާރު އަންނަނީ ތަހުނިޔާގެ މެސެޖް ވެސް ފޮނުވަމުންނެވެ.
ނަމަވެސް ކައިވެނީގެ ހަފުލާގެ ރަސްމީ ފޮޓޯތަކެއް އަދި އާންމެއް ނުކުރެ އެވެ. ބެލެވޭ ގޮތުން ކައިވެނީގެ ފޮޓޯތައް އާންމު ކުރާނީ މިއަދުގެ ރަސްމިއްޔާތަށް ފަހު އެވެ.
Newlyweds @PriyankaChopra and @NickJonas shared the spotlight for the first time as guests of Ralph Lauren at the 2017 #MetGala.
— Ralph Lauren (@RalphLauren) December 1, 2018
Nick wore Purple Label, and Priyanka’s dress was a one-of-a-kind Ralph Lauren creation, as were both looks designed for the couple’s recent nuptials. pic.twitter.com/3T4JbbVH19
ރާލްފް ލޯރެންގެ ތަހުނިޔާގެ ޓްވީޓެއް.
ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ މުނާސަބަތުގައި އިންޑިއާ އާއި އެމެރިކާގައި ވަނީ ގިނަ ބަޔަކަށް ދައުވަތު ދީގެން ރިސެޕްޝަންތަކެއް ވެސް ބާއްވަން ނިންމައިފަ އެވެ. އެގޮތުން މުޅި ބޮލީވުޑަށް ދައުވަތު ދީގެން ބާއްވާ ހަފުލާއެއް މި ހަފުތާގެ ތެރޭގައި އޮންނާނެ އެވެ.
.@priyankachopra and @NickJonas are married! To commemorate the occasion, the newlyweds are the stars of Vogue’s first-ever digital cover, featuring two scenes, captured on #Pixel3 with @madebygoogle. See both here: https://t.co/Q8N5Kws6BG pic.twitter.com/87ceqXMWnL
— Vogue Magazine (@voguemagazine) December 1, 2018
ވޯގް މަޖައްލާގެ ތަހުނިޔާގެ ޓްވީޓެއް.
ޕްރިޔަންކާ، 36، އާއި ނިކް، 26، މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓުން ދިމާވެ، ލޯބީގެ ގޮތުން ގުޅުމަށް ފަހު އެންގޭޖްވީ ޕްރިޔަންކާގެ 36 ވަނަ އުފަން ދުވަހާ ދިމާކޮށް މިދިޔަ ޖުލައި މަހު ލަންޑަނުގަ އެވެ.
ނަމަވެސް ދެ ތަރިންގެ އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރީ އޮގަސްޓް 18 ވަނަ ދުވަހު މުމްބާއީގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.
ނިކްއާ ކައިވެނިކުރި އިރު، ޕްރިޔަންކާ އަންނަނީ ދެ އަހަރު ފަހުން އޭނާ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އެވެ.
އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ހޮލީވުޑަށް ހިޖުރަކޮށް، މިހާރު ހުޅަނގުގައި ނުފޫޒު ގަދަ ބަތަލާއަކަށް ވެފައިވާ ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ވެސް ހޮލީވުޑްގެ ފިލްމަކުންނެވެ. އެއީ އަންނަ ފެބްރުއަރީ 14 ގައި ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
02 December 2018
ސުނީތާ އަކަށް ދަޢުވަތެއް ނުދޭތަ
ސުނީތާ
02 December 2018
މަށަށް ދައުވަތު ނުދިނަސް ރާއްޖޭގަ މި ކާވެނީގެ ހަފްލާއެއް މަ ބާއްވާނަން.
އޭނަ
02 December 2018
ބަލާލާފަ އޭޖް ތަފާތުހެނެއް ހީނުވޭ. ހަތްލޭޔަރުގެ މޭކަޕްތަ ސިއްރަކީ؟
ޟާނު
02 December 2018
ޕްރިޔަންކާހީވަނީ ނިކްގެ މާމަހެން ތިކައިވެންޔަށްމާގިނަ ދުވަހެއްވާނެހެން ހީ ނުވޭ
2018/12
02 December 2018
?