24 ނޮވެމްބަރ 2021 - 06:43
މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އޭނާ ނަން ލިޔެފައި އޮންނައިރު ނަމުގެ ފަހަތުގައި ހިމަނާފައި އޮންނަ ފިރިމީހާ ނިކް ޖޯނަސްގެ، ފަހަތު ނަން އުނިކުރުމާ ގުޅިގެން އެ ދެ މީހުންގެ ގުޅުމާ މެދު ފޭނުން ސުވާލު އުފައްދަން ފަށައިފި އެވެ.
ޕްރިޔަންކާގެ އިންސްޓަގްރާމްގައި ކުރިން ނަން އޮންނަނީ ޕްރިޔަންކާ ޗޯޕްރާ ޖޯނަސްގެ ގޮތުގަ އެވެ. އެކަމަކު މިހާރު ޖޯނަސްއެއް ނެތެވެ. އަދި ޓްވިޓާގައި ނަން މިހާރު އޮތީ ހަމައެކަނި ޕްރިޔަންކާގެ ނަމުގަ އެވެ. ފޭސްބުކް ޕޭޖުން ވެސް ޖޯނަސް އުނިކޮށް، މިހާރު އޮންނަނީ ޕްރޮިޔަންކާ ޗޯޕްރާ އެވެ.
ސޯޝަލް މީޑިއާ އެކައުންޓަކުގައި ނަމުން "ޖޯނަސް" އުނިކުރުމުމުން ވަރަށް ގިނަ ބަޔަކު ވަނީ އަނެއްކާ ދެ މީހުންގެ ދޭތެރޭގައި މައްސަލަ ޖެހި ވަރިވާން އުޅެނީތޯ ވެސް ސުވާލު އުފައްދައިފަ އެވެ. އެމެރިކާގެ މިއުޒިޝަން/ބަތަލު ނިކް ޖޯނަސް، 29، އާއި ޕްރިޔަންކާ، 39، ކައިވެނިކުރީ 2018 ގަ އެވެ.
ކައިވެނިކުރި ފަހުން އަބަދު ވެސް ވަރަށް ލޯބި ޖޯޑެއްގެ ގޮތުގައި މިހާތަނަށް ގިނަ ބަޔަކު ފާހަގަ ކުރަމުން އަންނަ ޕްރިޔަންކާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފިރިމީހާގެ ނަން އުނިކުރި ސަބަބެއް މިހާތަނަށް ސާފެއް ނުވެ އެވެ. އެކަމަކު އެކަމާ ފޭނުން ކަންބޮޑުވެގެން އެކި ކަހަލަ ޝުއޫރުތައް ބަންޑުން ކުރަމުން ދަނިކޮށް، ނިކްގެ އިންސްޓަގްރާމް ޕޯސްޓަކަށް ޕްރިޔަންކާ ކުރި ކޮމެންޓަކުން ފޭނުންނަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިފަ އެވެ.
And she’s here.
— PRIYANKA (@priyankachopra) November 22, 2021
Re-enter #TheMatrix 12.22.21 pic.twitter.com/y7ynNchiEX
ނިކް އިންސްޓަގްރާމްގައި ހޯމަ ދުވަހު ޕޯސްޓްކޮށްފައިވާ ޖިމް ވޯކްއައުޓެއްގެ ވީޑިއޯ އަށް ޕްރިޔަންކާ ކުރި ކޮމެންޓްގައި ނިކްގެ ވަރުގަދަ ހަށިގަނޑަށް އިޝާރާތްކޮށް ބުނެފައި ވަނީ "މަރުވާނީ ތި އަތުގެ ތެރޭގައި" ކަމަށެވެ.
ކައިވެންޏަށް ފަހު މިހާރު މުޅިންހެން އެމެރިކާގައި އުޅޭ ބަތަލާގެ ހޮލީވުޑް ފިލްމެއް ވެސް ރިލީޒް ކުރަން މިހާރު އަންނަނީ ތައްޔާރުވަމުންމެވެ. އެއީ އަންނަ މަހުގެ 22 ގައި ގެނެސްދޭ "މެޓްރިކްސް" ސީރީޒްގެ ހަތަރު ވަނަ ފިލްމު "މެޓްރިކްސް ރިސަރެކްޝަން" އެވެ.
ޕްރިޔަންކާ މިހާރު ސޮއިކޮށްފައި އޮތް ހިންދީ ފިލްމަކީ ފަރުހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
24 November 2021
ފިރާ އަށް. އެއީ އެއްވެސް ދީނަކާ ގުޅޭކަމެއްނޫން. ދުނިޔޭގެ ތަރައްގީގެ އެންމެ އުހުގައި މިހާރުއުޅޭ އެމެރިކާގެ ބާރތްޑޭ ސެޓްފިކެޓެއް ބަލާބަލަ. ދަރިފުޅުގެނަން. ބައްޕަގެނަން. މަންމަގެނަން. އުފަންތާރީޚު. އުފަންވިތަން. މިއީކީއްކުރަންޖަހާ އެއްޗެއް؟ މިއަށް ބަދަލުނައާދޭ. ޔޫރަޕް އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ އަންހެން އެމްޑީންގެ ޒަވާޖީ ހަޔާތަށް އަންނަ ބަދަލާ ގުޅިގެން ނަން ބަދަލުވުމުން ގިނަދަތިތަކާ ކުރިމަތިލާންޖެހޭ.
އިނގުރޭ
24 November 2021
ށަވިޔަނި އަށް ފެންނަ ގޮތަށް ތިޔަމައްސަލަ ރަނގަޅުކުރުމަށް ވަކާލާތުކުރަން ދުނިޔޭގެ ގައުމުތަކަށް ދާން ފެނޭ. އެވެރިންނަށް ހަދާނެގޮތެއް ނޭނގިގެން އުޅޭކަމަށް ވަނީ.
ށަވިޔަނި
24 November 2021
ކައިވެނިކުރުމަށްފަހު އަންހެނާގެ ނަމުގެފަހަތަށް ފިރިމީހާގެ ނަން ގެނައުމަކީ ދެކޮޅުޖެހޭކަމެއްނޫނެވެ. ތީގެ ސަބަބުން ގާނޫނީ އެތައް މައްސަލައެއް ފެންމަތިވެއެވެ. އަންހެނެއްވިއަސް ފިރިހެނެއްވިއަސް އޭނަގެ ނަމުގެ ފަހަތުގައި އޮންނަންވާނީ ބައްޕަގެ ނަމެވެ. ވަރިވުމުން ފިރިމަރުވުމުން އެހެންމީހަކާ އިނުމުން އަދި އެހެން ސަބަބަކާހުރެވެސް ނަން ބަދަލުނުވާނެއެވެ. ބައްޕަ ނެތްމީހަކު ގެ ފަހަތުގައި މަންމަގެ ނަން އޮތުން ރަނގަޅެވެ.
ފިރާ
24 November 2021
އެއީ މުސްލިމެއްނޫނޭ....
ނޫން
24 November 2021
މަންމަ ނަން ފަހަތުގަ އޮތީމަ ކިޔާނީ "އަހުމަދު އައިޝަތު"