20 އޯގަސްޓް 2019 - 08:13
އިންޑިއާގެ ކުރީގެ ފުޓްބޯޅަ ތަރި ސައިދު އަބްދުލް ރަހީމްގެ ރޯލް އަޖޭ ދޭވްގަން ކުޅޭ ފިލްމުގެ ނަމަކަށް "މައިދާން" ހަމަޖައްސައި ފިލްމުގެ ފަސްޓްލުކް ޕޯސްޓަރު ދައްކާލައިފި އެވެ.
ޒީ ސްޓޫޑިއޯސް އާއި ބޯނީ ކަޕޫރް ޕްރޮޑިއުސް ކުރާ ފިލްމުގެ ޝޫޓިން ފަށާފައިވާ އިރު، މީގެ ޑައިރެކްޓަރަކީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު އަދި މި އަހަރުގެ ނެޝަނަލް އެވޯޑުން ޕޮޕިއުލާ ހޯލްސަމް އެންޓަޓައިނާގެ އެވޯޑް ވެސް ކަށަވަރުކުރި، ފިލްމު "ބަދާއީ ހޯ" ގެނެސް ދިން އަމިތު ޝަރުމާ އެވެ.
#maidaankicksoff today! pic.twitter.com/hbkzd727rh
— Ajay Devgn (@ajaydevgn) August 19, 2019
"މައިދާން" ގައި އަޖޭއާ އެކު ބަތަލާގެ ރޯލު ކުޅޭނީ މިދިޔަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމު "މަހާނަތީ" އިން މި އަހަރުގެ އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބޭ ކީރްތީ ސުރޭޝް އެވެ.
"މައިދާން" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމަކީ އަންނަ އަހަރު ސިނަމާތަކަށް އަންނާނެ ފިލްމެއް ކަމަށް ބެލެވެ އެވެ.
މޮޅު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ސައީދަކީ 1952-1962 އަށް އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމްގެ ކޯޗްކަމާއި މެނޭޖަރުކަން ވެސްކޮށްފައިވާ މީހެކެވެ. އިންޑިއާގެ ފުޓްބޯޅަ ބައްޓަން ކުރުމުގެ މޭސްތިރިއެއްގެ ގޮތުގައި ތާރީހުން ޖާގަ ހޯދި ސައީދު މަރުވީ އުމުރުން 54 އަހަރުގައި 1963 ގަ އެވެ.
"މައިދާން" ޝޫޓިން އަޖޭ ފެށި އިރު، ދާދި ފަހުން އޭނާ ވަނީ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ޝޫޓިންގެ ބޮޑު ބައެއް ވެސް ނިންމާލައިފަ އެވެ.
Ajay Devgn anekkaa ves muhimmu shahusiyyathegge role ah
The most trusted news source in the Maldives
Mihaaru
ސައީދުގެ ބައޮޕިކް އިއުލާން ކުރީ މިދިޔަ އަހަރުގެ ޖުލައިގައި.
މެއި މަހު ރިލީޒް ކުރި "ދޭ ދޭ ޕިޔާރު ދޭ" އަށް ފަހު، ދެން އެންމެ އަވަހަށް ސްކްރީނަށް އަންނާނެ އަޖޭގެ ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ރިލީޒް ކުރާ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy