ކާޖަލް.
21 ޑިސެމްބަރ 2019 - 10:56
އަޖޭ ދޭވްގަންއާ އެކު "ސިންގަމް" ކުޅުނު އިންޑިއާގެ ދެކުނު މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލް އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އެ މީހުން ޗުއްޓީ ހޭދަކުރަމުން އަންނަ ރީތި ފަރު ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ކާޖޮލް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. މަދުމަދުން ހިންދީ ފިލްމުތަކުން ފެންނަ 34 އަހަރުގެ ބަތަލާ އަކީ އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ.
އިންސްޓަގްރާމްގައި ހިއްސާކުރި ރާއްޖޭގެ ޗުއްޓީ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެއްގައި ކާޖަލް ވަނީ ރާއްޖެ އަކީ އޭނާ ޗުއްޓީ އަށް އެންމެ އަންނަން ބޭނުންވި އެއް ގައުމު ކަމަށް ވެސް ބުނެފަ އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ތެލެގޫ ފިލްމުތައް ކަމަށްވާ "މަގަދީރާ" އާއި "ތުޕައްކީ" އަދި "ޓެމްޕާ" ފަދަ އެތައް ފިލްމެއް ކުޅެފައިވާ ކާޖަލްގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ އަންނަ އަހަރުގެ ޖޫން 19 ގައި ރިލީޒްކުރާ ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ "މުމްބާއީ ސާގާ" އެވެ. އެ ފިލްމުގެ ބަތަލުންނަކީ ޖޯން އަބްރަހަމް އާއި އިމްރާން ހާޝިމީ އެވެ.
ކާޖޮލް އެންމެ ފަހުން ފެނިގެން ދިޔަ ހިންދީ ފިލްމަކީ 2016 ގައި ރަންދީޕް ހޫޑާއާ އެކު ކުޅުނު "ދޯ ލަފްޒޯން ކީ ކަހާނީ" އެވެ. އޭނާ ކުޅުނު އިތުރު ހިންދީ ފިލްމުތަކުގެ ތެރޭގައި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26" ހިމެނެ އެވެ.
ކާޖޮލްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަމަލް ހަސަނާ އެކު ކުޅޭ ތަމަޅަ ފިލްމު "އިންޑިއަން 2" ހިމެނެ އެވެ.
ކާޖަލް އަކީ ލަންޑަންގެ މިއުޒިއަމް މެޑަމް ޓްސޯޑްސް އިން ވެކްސް ސްޓެޗޫއެއް ހަދަން ނިންމި ދެކުނުގެ ފުރަތަމަ ބަތަލާ އެވެ. ކާޖަލްގެ ސްޓެޗޫ ބަހައްޓާނީ މެޑަމް ޓްސޯޑްސްގެ ސިންގަޕޫރް ގޮފީގަ އެވެ. ސްޓެޗޫ ދައްކައިލަން ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހު 5 ވަނަ ދުވަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޖޮލްމަންމަ
22 December 2019
ޚަބަރުފެށިޖުމްލައިން ހީވޭ އަޖޭ ދޭވްގަންއާއެކު އައިސްއުޅޭހެންވެސް. އެއީ ލިޔެވުނުގޮތުން ހީވިގޮތެއް ދޯ
ނިރުމާ
21 December 2019
ބިއުޓިފުލް.
ލ.އަތޮޅޫ
21 December 2019
ތަމަޅަ ފިލްމުތަކުން އައި ކުދިންގެ ތެރޭގައި މަށައް މިއަށްވުރެ ރީތިކުއްޖެން ނުދެވެން..ފެނުނުދުވަހުންފެށިގެން މިހުއްނަނީ ލިބޭނެ ދުވަހަކަށް.....
މުލޭ
21 December 2019
އަހަރެމެންގެ ގިނަ މީހުންނަށް އޭނަ ނޭނގުނަސް ސައުތު އިންޑިޔާގައި އަދި މުޅި އިންޑިޔާގައިވެސް އެއީ މަޝްހޫ7ރު ބަތަލާއެއް. 12.8 މިލިއަން މީހުން އޭނަ ފޮލޯ ކުރޭ އިންސްޓަގްރަމްގަވެސް. އޭނަ އިންސްޓަގްރަމް ކުރާ ކޮންމެ ފޮޓޯއަކީވެސް 12 މިލިއަން މީހުންނަށް ފެންނާނެ އިޝްތިހާރެއް.
އޭނަ
21 December 2019
ކާކުތަ އެއީ. ނުވެސް ދަންނަމީހެއް. ބޭނުމެއްނޫން އެނގޭކަށްވެސް
ރަބަރު
21 December 2019
މިމި މި މިރާއްޖެއަށް. މުހިންމީ ދިވެހިންނަށް އެނގުމާނޭގުމެއްނޫން އެއީ ސައުތުގެ ބަޠަލާއަކަށްވިއަސް ދަންނަ މީހުން ގިނަވާނެއެވެ. މުހިންމީ އެމީހުނަށް ރާއްޖެ އެނގި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވުމެވެ. ރާއްޖެއަށް ފަތުރުވެރިން އައުން ގިނަވުމަކީ އުފަލެކެވެ.
ކިޔު5
21 December 2019
އަޅުގަނޑުމެން ދިވެހިންނަކީ ރާއްޖެ ޒިޔާރަތްކުރާ މެހެމާނުންނަށް މަރުހަބާކިޔައި، ކަމޭހިތާ ބައެއް. ރާއްޖެއަށް މަރުހަބާ!!
ސަންފާދިޔެގެ ޝިނާޒް /ސ.ހިތަދޫ
21 December 2019
އަހަރުމެންނަށް އިނގެނީ ސަލްމާން ހާން. އަމީތާބް. ޝާހް، އާމިރު ، އައިޝްވާރިޔާ . އެވަރުން ވާނެ. ތިކަހަލަ ޓިކްޓޮކް މިކޮޅުގައިވެސް ބައިވަރު
މިމި މި ރާއްޖޭގައި
21 December 2019
ބަޔަކަށް މަޝްހޫރު ވިޔަސް މިރާއްޖެއަކު ތީކީ އެއްވެސް މަޤްބޫލުކަ މެއް އޮތް މީހެއް ނޫނެވެ. %90 ދިވެހިންނަށް ތީ ކާކުކަން ވެސް ނޭނގޭނެ އެވެ.