ފިލްމެއްގެ މަންޒަރެއް.
17 މާޗް 2020 - 07:36
ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު އިންޑަސްޓްރީ އޮންނަ އިންޑިއާގައި ފިލްމީ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓުމަކަށް ގެނެސްފި އެވެ.
މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާއާ ހެދި އިންޑިއާގެ ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގެ މަސައްކަތްތައް ވެސް މި ވަގުތު ވަނީ ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ. އަދި ރަސްމީ ފަރާތްތަކުން ވެސް ވަނީ އެއްވެސް ޕްރޮޖެކްޓެއްގެ ޝޫޓިން މި މަހުގެ 19 އިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ނުގެންދަން އަންގައި ނޯޓިސް ވެސް ނެރެފަ އެވެ.
އޭގެ ތެރޭގައި ޕްރޮޑިއުސާޒް ގިލްޑް އޮފް އިންޑިއާ އާއި އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާޒް އެސޯސިއޭޝަން (އޭއެމްޕީޕީއޭ) ހިމެނެ އެވެ.
Official statement by Producers Guild of India on the health and safety concerns during productions owing to the ongoing threat of #coronavirus @kulmeetmakkar pic.twitter.com/i4AVCLpZFp
— producersguildindia (@producers_guild) March 15, 2020
އެ ދެ ތަނުން ނެރުނު ބަޔާންތަކުގައި ބުނީ މި ވަގުތު އެންމެ މުހިއްމީ އާންމު ސިއްހީ ރައްކާތެރިކަން ކަމަށާއި މި ވަގުތު އެއްވެސް ޝޫޓިން އަށް ކުރިއަށް ނުގެންދަން އެދޭ ކަމަށެވެ.
ALL shootings to come to a halt from 19 to 31 March 2020... OFFICIAL statement... #CoronaVirus #COVID19 pic.twitter.com/GGxEcdiogr
— taran adarsh (@taran_adarsh) March 15, 2020
އުފެއްދުންތަކުގެ ޝޫޓިންތައް ހުއްޓުމަކަށް ގެނައި އިރު، އިންޑިއާގެ ވަރަށް ގިނަ ސިނަމާތަކެއް ވެސް ވަނީ މިހާރު ބަންދުކޮށްފަ އެވެ. އަދި ފިލްމު އަޅުވަން ތާވަލުކޮށްފައި ހުރި ތާރީހުތަކަށް ވެސް ދަނީ ބަދަލުތަކެއް ގެންނަމުންނެވެ.
ބޮލީވުޑުން މި ވަގުތު މަސައްކަތްތައް ހުއްޓުމަށް ގެނައި ބޮޑެތި ފިލްމުތަކުގެ ތެރޭގައި ސަލްމާން ޚާންގެ "ރާދޭ" އާއި އާމިރު ޚާންގެ "ލާލު ސިންގް ޗައްޑާ" އާއި އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" އާއި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އާއި ކަރަން ޖޯހަރުގެ "ތަޚުތު" އާއި ޝާހިދު ކަޕޫރްގެ "ޖާޒީ" އާއި ކާތިކް އާރިޔަންގެ "ބޫލް ބުލައްޔާ 2" ފަދަ ފިލްމުތައް ހިމެނެ އެވެ.
ހިންދީ ބަހުން ހަދާ ބޮލީވުޑް ފިލްމުތަކުގެ އިތުރަށް އިންޑިއާގެ އެކި ބަހުރުވަތަކުން ހަދާ ފިލްމުތަކާ އެކު އެ ގައުމަކީ އަހަރެއްގެ މައްޗަށް ދެހާހެއްހާ ފިލްމު އުފައްދާ ގައުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓާޓާ
17 March 2020
ނުވަ ވަނައިގަ 95 ކްރޯޑްގެ ގެއެއް 10 ވަނައިގަ 100 ކްރޯޑް ރުޕީސް ގެ ގެއެއް ކޮން ގިތަކަށްބާ ވަނަ ދީފަ މިހުރީ
ރަދީފް
17 March 2020
ވަރަށް އުފާވެރި ހަބަރެއް.