21 އޮކްޓޯބަރ 2020 - 08:23
ބޮލީވުޑުން މިހާރު ގެއްލިފައިވާ އެކްޓަރު އިމްރާން ޚާނާއި އަވަންތިކާ މާލިކްގެ ކައިވެންޏަށް ދަރިއަކު ވެސް ލިބިފައި ވަނިކޮށް އެ ގުޅުމުގައި ކުނި ޖެހި ދެ މީހުން ވަކިވެފައިވާ ކަމުގެ އަޑުތަކެއް އެރީ މިދިޔަ އަހަރު އެވެ. މިކަމާ ބެހޭ ގޮތުން އިމާރާން މިހާތަނަށް އެއްވެސް ވާހަކައެއް ނުދެއްކިޔަސް ސޯޝަލް މީޑިއާގައި އަވަންތިކާ ދޭތެރެ ދޭތެރެއިން ބަންޑުންކޮށްލާ ޝުއޫރުތަކުން އޭނާ އާއި އިމްރާންގެ ގުޅުމުގައި ސިއްކަ ޖެހިފައިވާ ކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މި ފަހަރު ވެސް ހަމަ މިއޮތީ މިފަދަ ޝުއޫރުތަކެއްގެ ވާހަކަ އެވެ. އިންސްޓަގްރާމަށް އަންގާރަ ދުވަހު އަވަންތިކާ ދޫކޮށްލި އިބާރާތުން ދޭހަވި މައިގަނޑު ކަމަކީ އޭނާގެ ކައިވެނި މިހާރު ރޫޅިފައިވާ ކަމެވެ. އޭގައި ބުނެފައި ވަނީ "ކައިވެންޏާއި ވަރިއަކީ ވެސް އުނދަގޫ ކަމެއް" ކަމަށެވެ.
އެ ވާހަކަ އިތުރަށް ދަންމަމުން އަވަންތިކާ ބުނެފައިވާ ގޮތުގައި ދިރިއުޅުމުގައި މުޅިން ވެސް ހުރީ އުނދަގޫ ކަންތައްތަކެވެ. މީހާ ފަލަކޮށް ހުއްޓަސް، ފިޓްކޮށް ހުއްޓަސް، އަތްމަތި ތަނަވަސްކޮށް އުޅުނަސް، ދަރަނީގައި އުޅުނަސް، މުއާމަލާތްތައް ކުރެވުނަސް ނުކުރިޔަސް ހުރީ ހަމަ އުނދަގޫ ކަންކަން ކަމަށް ބުންޏެވެ.
"ހަޔާތަކީ ފަސޭހަ އެއްޗެއް ނޫން. އެއީ އަބަދު ވެސް އުނދަގޫ ކަމެއް. އެހެންވީމާ ނިންމުންތައް ނިންމަން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު،" އަވަންތިކާ ބުންޏެވެ.
ސްކޫލު ދައުރުގައި އުފެދުނު ގުޅުމު ތެރެއިން ދެ މީހުންގެ ގުޅުން ލޯތްބަށް ބަދަލުވެ އިމްރާނާއި އަވަންތިކާ ކައިވެނިކުރީ 2011 ގަ އެވެ. އެ ކައިވެންޏަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅު އިމާރާ މާލިކް ޚާނަށް މިހާރު ހަ އަހަރެވެ.
އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާން، 37، އަކީ 2008 ގެ ފިލްމު "ޖާނޫ ތޫ ޔާ ޖާނޭ ނާ" އިން ބޮލީވުޑަށް ނުކުތް އެކްޓަރެކެވެ. އެކަމަކު އޭނާ އަކީ މާ ބޮޑު ކާމިޔާބީއެއް ނުހޯދި ބޮލީވުޑުން ގެއްލުނު ފަންނާނެކެވެ. އިމްރާން އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ގެ "ކައްޓީ ބައްޓީ" އެވެ. އޭނާ ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ހައި ހޭޓް ލަވް ސްޓޯރީޒް" އާއި "ދިއްލީ ބެލީ" އާއި "ގޯރީ ތެރެ ޕިޔާރު މޭ" އާއި "ވަންސް އަޕޮން އައި ޓައިމް އިން މުމްބާއީ ދޮބާރާ" ގެ އިތުރުން "އޭކް މޭ އޯރް އޭކް ތޫ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނެކްސްޓް
21 October 2020
ޢިމްރާންގެ ޗިންވަރަށް ރީތި ❤️
އާމިރުބޭބެ
21 October 2020
އިމްރާނަށް 37، އަވަންތިކާ އަށް 33 އަހަރު
މުލޭ
21 October 2020
ޠަބަޢީ ގޮތުން ފިރިމީހާ އަކީ ޢާއިލާގެ އިސް މީހާ. ފިރިހެން މީހާއަށްވުރެ ޢުމުރުން ދުވަސްވީ އަންހެނަކާ އިނުމުން ފިރިމީހާގެ މައްޗަށް އަނބި މީހާގެ ނުފޫޒު ގަދަވެ ދިރިއުޅުން ހަލާކުވެދޭ. ފޮޓޯއިން ފެންނަ މަންޒަރަކީ މިއީ.
ބޮޅެއްޗވޗވ
21 October 2020
މުލޭ އަށް ވަރަށް އެނގިފަ ތިއޮތީ.. ދެ ގޮތުންވެސް އެނގިފަ މާމޮޅަށް. ލޮލް