01 ޑިސެމްބަރ 2020 - 07:18
ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީ އާއިލާއާ އެކު ރާއްޖޭގެ ކްރޮސްރޯޑްސް މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ވިވެކާއި އޭނާގެ އަންހެނުން ޕްރިޔަންކާ އަލްވާ އާއި ދެ ކުދިންނާ އެކު ނަގާފައިވާ ފޮޓޯތަކެއް ޓްވިޓާ އާއި އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯތަކާ އެކު ވިވެކް ބުނީ އާއިލާއާ އެކު ރާއްޖޭގައި ވަރަށް އުފާވެރި ވަގުތަތަކެއް ހޭދަކުރަމުން އަންނަ ކަމަށެވެ.
މިދިޔަ އަހަރު ވެސް ވިވެކް ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އެ ދަތުރުގެ ތެރެއިން އެ ފަހަރު އޭނާ ރާއްޖޭގެ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މިނިސްޓްރީގައި ބައްދަލު ވެސް ކޮށްފައިވެ އެވެ.
In the Oceans lap of love. #familylove #MyMuchkins
— Vivek Anand Oberoi (@vivekoberoi) November 29, 2020
.
.
.@visitmaldives #visitmaldives @SAiiLagoonMaldives @CrossroadsMDV pic.twitter.com/RpcfsCOMBS
މި ވަގުތު އަމިއްލަ އަށް ޕްރޮޑިއުސްކުރާ ދެ ފިލްމެއްގެ މަސައްކަތް ވިވެކް އަންނަނީ ކުރަމުންނެވެ. އެއީ އޭނާގެ އަމިއްލަ ފިލްމު ކުންފުނި އޮބެރޯއީ މެގަ އެންޓަޓައިންމަންޓުން ހަދާ "އިތީ" އާއި "ރޯޒީ: ދަ ސެފްރޯން ޗެޕްޓާ" އެވެ.
In the Oceans lap of love. #familylove #MyMuchkins
— Vivek Anand Oberoi (@vivekoberoi) November 29, 2020
.
.
.@visitmaldives #visitmaldives @SAiiLagoonMaldives @CrossroadsMDV pic.twitter.com/RpcfsCOMBS
ވިވެކް މުހިއްމު ރޯލުތަކުން ވެސް ފެނިގެން ދާނެ މި ދެ ފިލްމުގެ ތެރެއިން "އިތީ" އަކީ 1994 ގެ މިސް ޔުނިވާސް ސުޝްމިތާ ސެންގެ ކޮއްކޮ ރަޖީވް ސެން ބޮލީވުޑަށް ތައާރަފު ވާނެ ފިލްމެވެ. އަދި "ރޯޒީ" އަކީ ކުރީގެ ސިލްސިލާ "ކަސޯޓީ" ގައި ޕްރޭނާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް ތިވާރީ ބޮލީވުޑަށް ނެރޭ ފިލްމެވެ.
Tourism minister, Vivek Oberoi aa badhal kuravvaifi https://t.co/WkXGracRTO
— Adhushan (@Adhushan1) December 1, 2020
ވިވެކް، 44، އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސްދިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ޑްރާމާ "ޕީއެމް ނަރެންދުރަ މޯދީ" އިންނެވެ.
ހިންދީ ފިލްމުތަކުގެ އިތުރުން އިންޑިއާގެ އެހެން ބަހުރުވަތަކުން ހަދާ ފިލްމުތަކެއް ވެސް ވިވެކް މި ފަހުން އަންނަނީ ކުޅެމުންނެވެ. އޭގެ ތެރޭގައި ތެލެގޫ، ކަންނާޑާ، ތަމަޅަ އަދި މަލަޔާޅަމް ފިލްމުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައްސޫދުއަލަމް
01 December 2020
ވިވެކު މިހާރު ހުންނަނީ އިންޑިއާގަ. ތިކުރީ ޒަމާނު ވައްތަރު ފޮޓޯހުންނަނީ
ބަސް
01 December 2020
މަރުހަބާ. ގިނަގިނައިން އަންނާތި.
މޯޑޯ ނަރަންޑްރޯ
01 December 2020
ރާއްޖެއަކީ "ދުނިޔެމަތީ ސުވަރުގެ އޭ" ކިޔާފައި އިންޑިއާ މީހުން ރާއްޖެ އިން ނުފައިބާ އުޅޭތީ އަހަރެމެން ވަރަށް ބިރުގަނެއެވެ. ޚާއްސަކޮށް "ރެސިޑެންޓް ވިސާ ވިއްކާ ޤާނޫނު" ހެދި ފަހުން ނެވެ.
ބަސް
01 December 2020
އަހަރުމެން ބިރުގަންނާކަށް ޖެހޭ ސަބަބެއް ނެތް. އިންޑިއާ ގަދަބާރުން ހިފައިގެން އުޅުނުގައުމެއް ނުދެކެން. ޚާއްސަކޮށް އެއްވެސް އިރަކު ރާއްޖެއަށް ބާރުފޯރުވާފައެއް ނެތް. އެމީހުން އައި ކޮންމެފަހަރަކު އައީ އެއިރެއްގަ ތިބިވެރިން އެދިގެން. ސަރުކާރުން ދާން އެންގުމުން ގޮސްފަވަނީ.
އޭނަ މީނަ
02 December 2020
ދޮންކަލޯ އެއީ ހާސްވާންޖެހޭ ކަމެއްނޫން. އިންޑިޔާޔަކުން ނޫޅޭ މިޤައުމު ހިފާކަށް. އިންޑިޔާޔަކީ އިސްތިއުމާރީ ދަޢުލަތެއްނޫން.