22 ފެބުރުއަރީ 2021 - 07:11
ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީ ހެލްމެޓް ނާޅައި ސައިކަލް ދުއްވާފައި އެ ވީޑިއޯ އިންސްޓަގްރާމަށް ލުމުން ޖޫރިމަނާކޮށްފި އެވެ.
އޭނާ އާއި އަންހެނުން ޕްރިޔަންކާ އަލްވާ މި މަހުގެ 14 ވަނަ ދުވަހުގެ ހެލްމެޓް ނާޅައި ސައިކަލް ދުއްވި މައްސަލާގައި 500 ރުޕީސް އިން ޖޫރިމަނާކުރީ ސައިކަލް ދުއްވަނިކޮށް ނަގާފައިވާ ވީޑިއޯ އިންސްޓަގްރާމަށް ލުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އޭނާ އަށް ފިޔަވަޅު އަޅަން ގޮވައިލަން ފެށުމުންނެވެ. ވީޑިއޯ ވިވެކް ޕޯސްޓްކުރީ ކެޕްޝަނަކަށް "ހެޕީ ވެލަންޓައިންސް ޑޭ" ލިޔެފަ އެވެ.
ހެލްމެޓް ނާޅައި ދުއްވުމުގެ އިތުރަށް ކޮވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި މާސްކް ނާޅައި އާންމުންގެ ސިއްހަތު ވެސް ނުރައްކަލަށް ހުށަހެޅި މައްސަލަ ވެސް މިހާރު އޮތީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ވިވެކް ދުއްވީ އޭނާ އަލަށް ގަނެގެން އުޅޭ ސައިކަލެކެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy