ދިއާ އާއި ފިރިމީހާ.
02 އެޕްރީލް 2021 - 08:16
ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި މީގެ ދެ ދުވަހެއްވަރު ކުރިން އެނބުރި އިންޑިއާ އަށް ދިޔަ އެ ގައުމުގެ ބަތަލާ ދިއާ މިރްޒާ އަލަތު ދަރިފުޅަށް ބަލިވެއިން ވާހަކަ ރާއްޖޭގައި ނަގާފައިވާ ފޮޓޯއަކާ އެކު އިއުލާންކޮށްފި އެވެ.
އޭނާގެ އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ފޮޓޯގައި ފެންނަނީ ޗުއްޓީ ހޭދަކުރި ޖޭއޭ މަނަފަރު ރިސޯޓްގެ ފާލަންމަތީގައި އިރުއޮއްސޭ ވަގުތު ހުއްޓިލައިގެން އުފުލިފައިވާ ބަނޑުގައި އަތް އަޅާލައިގެން ހުއްޓަ އެވެ. ފިރިމީހާ ވައިބާވް ރޭކީ އަށް ކްރެޑިޓް ދފައިވާ ފޮޓޯގެ ކެޕްޝަނިގައި ދިއާ ބުނީ މަޔަކަށްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ހަޔާތުގެ ކުރިއަށް އޮތީ ވަރަށް އުންމީދީ ހުވަފެނީ ދުވަސްތަކެއް ކަމަށެވެ.
ދިއާ ރާއްޖޭގައި ޗުއްޓީ ހޭދަކުރީ ފިރިމީހާ ވައިބާވާ އޭނާގެ އަލަތު ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅާ އެކީގަ އެވެ. އެ ދަތުރުގެ ވަރަށް ގިނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް 2000 ވަނަ އަހަރުގެ މިސް އޭޝިއާގެ ޕެސިފިކް ތާޖު ހާސިލުކުރި ދިއާ ބުނީ މިއީ އޭނާގެ ހަޔާތުގައި ހަނދާން ނައްތައިނުލެވޭނެ ކަހަލަ ހިތްގައިމު ދަތުރެއް ކަމަށެވެ.
މުމްބާއީގެ ވިޔަފާވެރިޔާ ވައިބާވް އާއި ދިއާ ކައިވެނިކުރީ ފެބްރުއަރީ މަހުގެ 15 އެވެ. ދިއާގެ އަލަތު ކައިވެނި ރޫޅައިލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭނާގެ ކުރީގެ ފިރިމީހާ އަކީ ޑައިރެކްޓަރު ސާހިލް ސާންގާ އެވެ.
ދިއާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ތައްޕަޅު" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ތަމަޅަ ފިލްމު "ވައިލްޑް ޑޯގް" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy