03 ޖޫން 2021 - 06:49
ވިދިއާ ބާލަންގެ އާ ފިލްމު "ޝޭރްނީ" މި މަހުގެ 18 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ނިންމައި، އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.
ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ މި ފިލްމުގައި ކުޅެފައި ވަނީ ފޮރެސްޓް އޮފިސަރެއްގެ ރޯލެވެ. އެހެންވެ "ޝޭރްނީ" އަކީ އަނެއްކާ ވެސް ވިދިޔާގެ ވަރަށް ތަފާތު، މޮޅު ރޯލެއް ފެންނާނެ ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ 2017 ގައި އިންޑިއާ އިން އޮސްކާ އަށް ފޮނުވި ފިލްމު "ނިއުޓަން" ހެދި އަމިތު މަސޫރްކަރެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ "ޝޭރްނީ" ގައި ވިދިޔާއާ އެކު ކާސްޓްގައި ވިޖޭ ރާޒް، އިލާ އަރޫން، ނީރަޖް ކަބީ، ބްރިޖެންދުރަ ކާލާ، މުކުލް ޗައްޑާ، ޝަރަތު ސަކްސޭނާ އަދި އަޝްވިނީ ލަޑޭކަރް ހިމެނެ އެވެ.
ވިދިއާގެ އެންމެ ފަހުގެ ފިލްމު މިދިޔަ އަހަރު "ޝަކުންތަލާ ދޭވީ" އަކީ ވެސް އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރި ފިލްމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy