ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި މިއަދު ހަވީރު ރޯވެ، އެއްކޮށް އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ، ރޯވީ އެމަޕަރާ އެކްސްޕްލޯރާ ނަމަކަށް ކިޔާ ސަފާރީއެއްގައި ކަމަށެވެ
ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެ އެވެ. ފުލުހުން ހަމައެކަނި ބުނީ، ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އުޅަނދަށް ފެން ޖަހަމުން ދިޔަ ނަމަވެސް އެ ސަފާރީގައި އޮތީ ވަރަށް ބޮޑަށް ރޯވެފަ އެވެ.
އެ ހާދިސާ ހިނގި ގޮތެއް ސާފެއް ނޫނެވެ. އަދި ހާދިސާ ހިނގިއިރު އޭގައި ބަޔަކު ތިބިކަން ވެސް އަދި ސާފެއް ނޫނެވެ.