ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް މިއަދު އަނދައިފި އެވެ.
"ވެލާ" ނަމަކަށް ކިޔާ ސަފާރީގެ އިންޖީނު ގޭގައި ރޯވިއިރު އޭގައި ތިން ފަޅުވެރިން ތިއްބެވެ. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ. އެ ސަފާރީގައި އެ ވަގުތު އެއްވެސް ޓޫރިސްޓަކު ނެތެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މިއަދު ނުވައެއް ޖަހާކަން ހާއިރު ސަފާރީގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 9:44 ހާއިރު ކަމަށެވެ.
"ސަފާރީގެ ގެގަނޑުވެސް ވަނީ އަނދާފައި. ވަރަށް ބޮޑަށް ގެއްލުން ވެފައިވަނީ. ފުލުހުން މިހާރު އެ ގެންދަނީ ތަހުގީގު ކުރަމުން،" އާޒިމް ވިދާޅުވި އެވެ.
ސަފާރީގެ ވެރިފަރާތާ ގުޅޭ ގޮތް ނުވުމުން ގެއްލުމުގެ ތަފްސީލެއް ނުލިބެ އެވެ.