ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރޯވެއްޖެ އެވެ. 

އެމްއެންޑީއެފުން ބުނީ، އެމަޕަރާ އެކްސްޕްލޯރާ ނަމަކަށް ކިޔާ ސަފާރީގައި ރޯވެގެން ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނަމަވެސް، އިތުރު ތަފްސީލެއް އަދި ނުދެ އެވެ.

ސަފާރީއެއްގައި ރޯވެފައި.
ސަފާރީއެއްގައި ރޯވެފައި.

އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން އުޅަނދަށް ފެން ޖަހަމުން ދިޔަ ނަމަވެސް އެ ސަފާރީގައި އޮތީ ވަރަށް ބޮޑަށް ރޯވެފަ އެވެ. 

އެ ހާދިސާ ހިނގި ގޮތެއް ސާފެއް ނޫނެވެ. އަދި ހާދިސާ ހިނގިއިރު އޭގައި ބަޔަކު ތިބިކަން ވެސް އަދި ސާފެއް ނޫނެވެ.