މިއަދަކީ ޖީ-20 ގެ ރައީސްކަމާ އިންޑިއާ ހަވާލުވިތާ 365 ދުވަސް ފުރޭ ދުވަހެވެ. މިއީ "ވަސުދައިވާ ކުޓުމްބަކަމް، "ވަން އާތު، ވަން ފެމިލީ، ވަން ފިއުޗާ"ގެ ރޫޙާމެދު ވިސްނައި، ދިރުވައި އާލާކުރަން ލިބޭ ވަގުތުކޮޅެކެވެ.
މިދިޔަ އަހަރު މި ޒިންމާ އަދާކުރަމުން ދިޔައިރު، ދުނިޔޭގެ މައިދާނުގައި ގިނަ ގުނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އޭގެ ތެރޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމާއި، މޫސުމަށް އަންނަ ނުރައްކާތަކާއި، މާލީ ހަމަނުޖެހުންތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ދަރަނީގެ ދަތިކަމުގެ ހަމަނުޖެހުންތަކާއި ވާދަވެރިކަމުގެ ތެރޭގައި ތަރައްގީގެ އެއްބާރުލުން ގެއްލި، ކުރިއެރުމަށް ހުރަސް އެޅި އެވެ.
ޖީ-20 ގެ ރިޔާސަތާ ހަވާލުވެ، އިންޑިއާއިން މަސައްކަތް ކުރީ، ޖީޑީޕީ ސެންޓްރިކް ކުރިއެރުމުގެ ބަދަލުގައި، އިންސާނީ ކުރިއެރުމަށް ބަދަލު ގެނައުމަށެވެ. އިންޑިޔާގެ އަމާޒަކީ، ބައިބައިކުރުވަނި ރޫޙުގެ ދޫކޮށް އެއްބައިވަންތަކޮށްދޭ ކަންތައްތަކަށް ދުނިޔޭގެ ސަމާލުކަން އަނބުރާށެވެ. އެންމެފަހުން، ދުނިޔެ ތަރައްގީ ވާން މިފެށީ މަދު ބައެއްގެ މަސްލަހަތުތައް އެއްފަރާތްކޮށް ގިނަ ބައެއްގެ އުންމީދުތަކަށް މަގުފަހިވާނެ ގޮތުގަ އެވެ. އެކަމަށްޓަކައި މަލްޓިލޭޓަރަލިޒަމް އަށް އިސްލާހެއް ގެންނަން ޖެހުނެވެ.
އިންކްލޫސިވް، އުންމީދީ، އެކްޝަން އޮރިއެންޓެޑް، އަދި ޑިސިސިވް- މި ހަތަރު ލަފުޒުން ޖީ-20 ގެ ރިޔާސަތުގެ ހައިސިއްޔަތުން ވިސްނުން މާނަކޮށްފައިވާއިރު، ޖީ20ގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކުރި ނިއު ދިއްލީ ލީޑާސް ޑެކްލަރޭޝަން (އެންޑީއެލްޑީ)އަކީ، މި އުސޫލުތައް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގެ ހެއްކެކެވެ.
އިންކްލޫސިވިޓީ އަކީ މި ރިޔާސަތުގެ މައިގަނޑު އަސާސެވެ. އެފްރިކަން ޔޫނިއަން (އޭޔޫ) ޖީ-20 ގެ ދާއިމީ މެމްބަރެއްގެ ގޮތުގައި ހިމެނުމުން އެފްރިކާގެ 55 ގައުމެއް މި ފޯރަމްގައި ހިމެނުމުން ދުނިޔޭގެ އާބާދީގެ 80 ޕަސެންޓް ހިމެނޭ ގޮތަށް އެ ފޯރަމް ފުޅާކުރެވިފައިވެއެވެ. މި ޕްރޮއެކްޓިވް ސްޓޭންޑުގެ ސަބަބުން ބައިނަލްއަގުވާމީ ގޮންޖެހުންތަކާއި ފުރުސަތުތަކާ ބެހޭގޮތުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް މަގުފަހިވެގެން ހިނގައްޖެއެވެ.
އިންޑިއާއިން ދެ އެޑިޝަނަކަށް ބަހާލައިގެން ބޭއްވި މިފަދަ ފުރަތަމަ "ވޮއިސް އޮފް ދަ ގްލޯބަލް ސައުތު ސަމިޓް" އަކީ މަލްޓިލޭޓަރަލިޒަމްގެ އާ ބާބެއް ފެށުނު ސަމިޓެކެވެ. ބައިނަލްއަގުވާމީ ޑިސްކޯސްތަކުގައި ގްލޯބަލް ސައުތުގެ ކަންބޮޑުވުންތައް މެއިންސްޓްރީމްކޮށް، ތަރައްގީވަމުން އަންނަ ގައުމުތަކުން ބައިނަލްއަގުވާމީ ވާހަކަތައް ބައްޓަންކުރުމުގައި އެ މީހުންގެ ހައްގު ޖާގަ ހޯދާ އާ ޒަމާނެއް އިންޑިއާއިން ވަނީ ގެނުވައިފަ އެވެ.
އިންކްލޫސިވިޓީގެ ސަބަބުން ޖީ-20 އާ މެދު އިންޑިޔާގެ އެތެރޭގެ ވިސްނުން އިތުރުވެ، މިއީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ އަށް ފެތޭ ޕީޕަލްސް ޕްރެޒިޑެންސީއެކެވެ. "ޖަން ބަގީދާރީ" (ރައްޔިތުންގެ ބައިވެރިވުން) އިވެންޓްތައް މެދުވެރިކޮށް ޖީ-20 1.4 ބިލިއަން ރައްޔިތުންނާ ހަމައަށް ވާސިލްވެ، ހުރިހާ ސްޓޭޓްތަކާއި ޔޫނިއަން ޓެރިޓަރީ (ޔޫޓީ) ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައިވެއެވެ. އަދި ޖީ-20ގެ މެންޑޭޓާ އެއްގޮތްވާ ގޮތުގެ މަތިން، ތަރައްޤީގެ މަޤްޞަދުތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ދޭކަން އިންޑިޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ.
ދެހާސް ތިރީސް ވަނަ އަހަރުގެ އެޖެންޑާގެ ކްރިޓިކަލް މިޑްޕޮއިންޓްގައި އިންޑިއާއިން ވަނީ ޖީ20 2023 އެކްޝަން ޕްލޭން ޓު އެކްސެލެރޭޓް ޕްރޮގްރެސް އޮން ދަ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސްޑީޖީ) ފޯރުކޮށްދީ، ސިއްހަތާއި ތައުލީމާއި މިންތީގެ ހަމަހަމަކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަން ފަދަ ގުޅިފައިވާ ކަންކަމުގައި ކްރޮސް ކަޓިން، އެކްޝަން އޮރިއެންޓެޑް އެޕްރޯޗެއް ގެންގުޅެފައެވެ.
މި ކުރިއެރުމަށް މަގުފަހިވާ މައިގަނޑު ދާއިރާއަކީ ހަރުދަނާ ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ (ޑީޕީއައި) އެވެ. މި ދާއިރާގައި، އިންޑިޔާގެ ރިކޮމެންޑޭޝަންތަކުގައި، ޑިޖިޓަލް އިނޮވޭޝަންތައް ކަމުގައިވާ އަދާރް، ޔޫޕީއައި، އަދި ޑިޖިލޮކާ ފަދަ އުފެއްދުންތަކުގެ އިންގިލާބީ އަސަރު އެންމެ ފުރަތަމަ ފެނިފައިވެއެވެ. ޖީ-20 ގެ ޒަރިއްޔާއިން، ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗާ ރިޕޮސިޓަރީ، ބައިނަލްއަގުވާމީ ޓެކްނޮލޮޖީގެ ދާއިރާއިން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެން، ކާމިޔާބުކަމާއެކު ވަނީ ނިންމާލެވިފައެވެ. ސޯޅަ ގައުމަކުން 50 އަށް ވުރެ ގިނަ ޑީޕީއައި ހިމެނޭ މި ރިޕޮޒިޓަރީގެ ސަބަބުން ގްލޯބަލް ސައުތު ސައުތު އިން އިންކްލޫސިވް ގްރޯތު ބާރުވެރި ކުރުމަށް ޑީޕީއައި ބިނާކޮށް، އެޑޮޕްޓްކޮށް، ސްކޭލް ކުރުމަށް މަގުފަހިވެގެންދާނެ އެވެ.
އެގޮތުން ވަން އާތު އަށް ޓަކައި، ތައާރަފްކޮށްފައިވާ، އަވަސް، ދެމެހެއްޓެނިވި، އަދި ހަމަހަމަ ބަދަލުތަކެއް ގެނައުމަށްޓަކައި، ވަރަށް އުއްމީދީ އަދި އިންކްލޫސިވް މަގުސަދުތަކެއް ވެއެވެ. މި ޑެކްލަރޭޝަންގެ "ގްރީން ޑިވެލޮޕްމަންޓް ޕެކްޓް" ގައި ބަނޑުހައިހޫނުކަމާ ދެކޮޅަށް މަސައްކަތްކުރުމާއި ދުނިޔެ ހިމާޔަތްކުރުމާ ދޭތެރޭ ހިޔާރުކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ވަޒީފާއާއި ތިމާވެށީގެ ނިޒާމުތަކަކީ ކޮމްޕްލިމެންޓަރީ، ކޮންޒަމްޕްޝަން އަކީ މޫސުމަށް ހޭލުންތެރި، އަދި އުފެއްދުންތެރިކަމަކީ ޕްލެނެޓް ފްރެންޑްލީ ޕްލޭންތައް އެކުލެވިގެންވާ މަގުޗާޓެކެވެ. ޖީ-20 ޑެކްލަރޭޝަންގައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ ތިން ގުނައަށް އިތުރުކުރުމަށް ގޮވާލައިފަ އެވެ. ގްލޯބަލް ބަޔޯފިއުލްސް އެލަޔަންސް އުފައްދައި، ގްރީން ހައިޑްރޮޖަން އަށް ބާރުއެޅުމާ އެކު، ޖީ-20 ގެ އުންމީދަކީ ސާފު، ފެހި ދުނިޔެއެއް ބިނާކުރުމެވެ. މިއީ އަބަދުވެސް އިންޑިޔާގެ އަސާސެކެވެ. އެހެނީ ލައިފްސްޓައިލްސް ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް (ލިފް) މެދުވެރިކޮށް އަޅުގަނޑުމެންގެ ޒަމާންވީ ދެމެހެއްޓެނިވި އާދަކާދަތަކުގެ ފައިދާ މުޅި ދުނިޔެއަށް ލިބިގެންދާނެ ކަމަށް ދެކެވެއެވެ.
މީގެ އިތުރުން، ކްލައިމެޓް ޖަސްޓިސް އެންޑް އިކުއިޓީއަށް ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދުނިޔޭގެ އުތުރުގެ މާލީ އަދި ޓެކްނޮލޮޖީގެ ގޮތުން ބޮޑެތި އެހީތެރިކަން ފޯރުކޮށްދިނުމަށް މި ޑިކްލަރޭޝަންގައި ވަނީ ބާރުއަޅުއްވައިފަ އެވެ. އެގޮތުން ފުރަތަމަ ފަހަރަށް ޑިވެލޮޕްމަންޓް ފައިނޭންސިންނަށް ބޭނުންވާ ކުއަންޓަމް ޖަމްޕް، ބިލިއަން ޑޮލަރުން ޓްރިލިއަން ޑޮލަރަށް ބަދަލުވެގެން ދިޔަކަން ފާހަގަކުރެވުނެވެ. ޖީ-20 އިން ދެކޭގޮތުގައި ތަރައްގީވަމުން އަންނަ ގައުމުތަކުން 2030 ވަނަ އަހަރާ ހަމައަށް އެ ގައުމުތަކުގެ ނެޝަނަލް ޑިޓައިޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ފުރިހަމަ ކުރުމަށް 5.9 ޓްރިލިއަން ޑޮލަރު ބޭނުންވެއެވެ.
ޖީ-20 އިން ވަނީ މިހާރު ހުރި މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކަށްވުރެ ރަނގަޅު، ބޮޑު އަދި ހަރުދަނާ ބޭންކުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފަ އެވެ. މީގެ އިތުރުން، އދ.ގެ އިސްލާހުތަކުގައި، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީސް ފަދަ މައިގަނޑު ބާރުތައް ރީސްޓްރަކްޗާ ކުރުމުގައި އިންޑިޔާއިން އިސް ދައުރެއް އަދާކުރަމުންދާއިރު، އެކަމުގެ ސަބަބުން، ބައިނަލްއަގުވާމީ ހަމަޖެހުން ގާއިމުވެގެންދާނެ އެވެ.
މި ޑިކްލަރޭޝަންގައި ޖެންޑާ އިކުއަލިޓީ މައިގަނޑު ގޮތެއްގައި ހިމެނުނު އިރު، އަންނަ އަހަރު އަންހެނުން ބާރުވެރިކުރުވުމާ ބެހޭ ހާއްސަ ވޯކިން ގްރޫޕެއް އެކުލަވާލެވޭނެއެވެ. މިގޮތުން އިންޑިޔާގެ އަންހެނުންނަށް ރިޒަވޭޝަން ބިލު 2023 ގައި، އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ގޮނޑިއާއި، ސްޓޭޓް ލެޖިސްލޭޓިވް އެސެމްބްލީގެ ގޮނޑިތައް އަންހެނުންނަށް ހާއްސަކުރުމަކީ، އަންހެނުން އިސްނަގައިގެން ތަރައްގީ އަށް ކުރާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ބިލެކެވެ.
ނިއު ދިއްލީ ޑެކްލަރޭޝަނަކީ ސިޔާސަތުތައް ހަރުދަނާކުރުމާއި، އިތުބާރު ހިފޭ ވިޔަފާރީގެ އިތުރުން މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކަށް އެޅިދާނެ ފިޔަވަޅުތަކަށް އަލިއަޅުވާލައި، މި މުހިންމު ކަންކަމުގައި އެއްބާރުލުން ދިނުމުގެ އާ ރޫހެއް ދައްކުވައިދޭ ޑެކްލަރޭޝަނެކެވެ. އިންޑިއާގެ ރިޔާސަތުގައި ޖީ-20 އިން 87 ލަނޑުދަޑި ހާސިލްކޮށް، 118 ޑޮކިއުމެންޓް އެޑޮޕްޓްކޮށްފައި އޮތުމަކީ، ލިބޭ ވަރަށް ބޮޑު ފަހުރެކެވެ.
ޖީ-20 ގެ ވެރިކަމުގައި އިންޑިއާއިން އިސްނަގައިގެން ޖިއޮޕޮލިޓިކަލް މައްސަލަތަކާއި، އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީ އަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ޓެރަރިޒަމާއި އާންމުން މެރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމެއް ކަމުގައި ވާނީ ފާޅުކޮށް އެކަމުގެ ހައްލަކީ ޒީރޯ ޓޮލަރެންސްގެ ސިޔާސަތަކުން ކަނޑައަޅައިފަ އެވެ. ދެކޮޅުވެރިކަމުގެ މައްޗަށް އިންސާނިއްޔަތުކަން އިސްކޮށް، މިއީ ހަނގުރާމައިގެ ޒަމާނެއް ނޫންކަން ތަކުރާރުކޮށްވާނީ ދެންނެވިފަ އެވެ.
އަޅުގަނޑަށް ލިބޭ އުފަލަކީ، އިންޑިއާގެ ރިޔާސަތުގައި އިންޑިޔާއިން، މަލްޓިލޭޓަރަލިޒަމް ދިރުވައި، ދުނިޔޭގެ ދެކުނުގެ އަޑު ފުޅާކޮށް، ތަރައްގީ އަށް މަގުފަހިކޮށްދީ، އަންހެނުން ބާރުވެރިކުރުވުމަށް ޓަކައި، ކޮންމެ ތަނެއްގައިވެސް، ހުރިހާ ސިފައަކުން އަންހެނުން ބާރުވެރިކުރުވާފައި ވުމެވެ.
ޖީ-20 ގެ ރިޔާސަތު ބްރެޒިލްއާ ޙަވާލުކުރާއިރު، ޔަގީންކުރަނީ އެންމެހާ ރައްޔިތުންނަށާއި، މިދުނިޔެއަށާއި، ސުލްހަމަސަލަސްކަމާއި، ހަމަޖެހުމަށްޓަކައި އަޅުގަނޑުމެން މި އެޅި ފިޔަވަޅުތައްމަތީ ކުރިއަށް އޮތް އެތައް އަހަރެއް ވަންދެން އެންމެ ގުޅިގެން ތިބޭނެކަމުގެ އުއްމީދުގަ އެވެ.
ނޯޓް: މިއީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލިޔުއްވާފައިވާ އާޓިކަލެއްގެ ތަރުޖަމާއެކެވެ. މިއީ، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ އެޑްވަޓޯރިއަލްއެކެވެ.