މަޖިލިސް އިންތިހާބު އެކި ހިސާބުތަކުގައި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓު ލުން މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގަ އާއި ރާއްޖެ އިން ބޭރު ތިން ގައުމެއްގައި މިހާރު އަންނަނީ ކުރިއަށް. މުޅި ރާއްޖޭގައި 600 އަށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާފައި ހުރި އިރު، މިފަހަރު ރާއްޖޭގެ އިތުރުން ވޯޓު ލާނީ މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާގައި.
މަޖިލިސް އިންތިހާބުގައި އޮފިޝަލަކު ހަރަކާތްތެރި ވަނީ: ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ލުން ވަނީ ފެށިފައި. މުޅި ރާއްޖޭގައި 600އެއްހާ ވޯޓު ފޮށި ބަހައްޓާފައި އެބަހުރި. ޖުމްލަ 284،663 މީހުން ވޯޓު ލާން ޝަރުތު ހަމަވޭ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މާފަންނު ސްޓޭޑިއަމްގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ މައުލޫމާތު ހިމެނޭ ބޯޑަކަށް މީހަކު ބަލަހައްޓައިގެން. މި ތަނުގައި ވަރަށް ގިނަ ރަށްތަކުގެ ފޮށިތައް ބަހައްޓާފައި އެބަހުރި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މަޖިލިސް އިންތިހާބުގައި ބަޔަކު ވޯޓު ލާން ދަނީ: ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓު ލުން ވަނީ ފެށިފައި. މުޅި ރާއްޖޭގައި 600އެއްހާ ވޯޓު ފޮށި ބަހައްޓާފައި އެބަހުރި. ޖުމްލަ 284،663 މީހުން ވޯޓު ލާން ޝަރުތު ހަމަވޭ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރި މައުލޫމާތު ޝީޓްތަކެއް: މި އިންތިހާބުގައި 602 ފޮށި ބަހައްޓާފައި ހުރި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގައި އޮބްޒާވަރުން ހަރަކާތްތެރިވަނީ: މި އިންތިހާބުގައި 602 ފޮށި ބަހައްޓާފައި ހުރި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގައި އޮބްޒާވަރުން ހަރަކާތްތެރިވަނީ: މި އިންތިހާބުގައިވަރަށް ގިނަ އޮބްޒާވަރުން ހަރަކާތްތެރިވޭ-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރި މައުލޫމާތު ޝީޓްތައް: މި އިންތިހާބުގައި 602 ފޮށި ބަހައްޓާފައި ހުރި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިންތިހާބުގައި ވޯޓު ލާ މަރުކަޒުތަކުގައި ވޯޓު ލުމަށް ފަހު ކިޔޫ ނަންބަރުތައް ރައްކާކުރަނީ: މި އިންތިހާބުގައި 602 ފޮށި ބަހައްޓާފައި ހުރި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
އިންތިހާބު އޮބްޒާވަރުންތަކެއް ކުޑަ ނަގައިގެން: މިއަދަކީ ހޫނުގަދަ ދުވަހެއް. މެޓުން ބުނެފައިވާ ގޮތުގައި އިހުސާސް ކުރެވޭ ހޫނުމިން މާލޭގައި ހުރީ 44 ޑިގްރީ ސެލްސިއަސްގައި
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލައިފައި މީހަކު އިނގިލީގެ ނިޝާން ދައްކާލަނީ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުގައި ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ވިދާޅުވީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ސިޓީތަކާއި ކުދި ރަށްތަކުގެ އަޣުލަބިއްޔަތު ވެސް ލިބޭނެ ކަމަށް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވޯޓު ލައްވަނީ: ވީހާ އަވަހަކަށް ވޯޓު ލައި ނިންމުމަށް ސިޔާސީ ޕާޓީތަކުން ވަނީ ގޮވާލައިފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީހަކު މިއަދު ވޯޓު ލަނީ: މި ފަހަރުގެ މަޖިލިހަށް 93 ކެންޑިޑޭޓުން ހޮވަން ޖެހޭއިރު 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން 130 ކެންޑިޑޭޓަކު ވާދަކުރަނީ އަމިއްލަ ގޮތުން-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އޮބްޒާވަރުންތަކެއް މަޑުކޮށްލައިގެން: މި އިންތިހާބުގައި ވަރަށް ގިނަ އޮބްޒާވަރުން މަސައްކަތް ކުރާނެ -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓު ދިނުމަށް ގޮސް ތިބި ބައެއް މީހުން: ތިން ގައުމެއްގައި ވޯޓު ލުން ކުރިއަށް ދާނެ -- ފޮޓޯ: މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މީހަކު މިއަދު ވޯޓު ލަނީ: ވޯޓުގެ މަރުކަޒުގެ އިންތިޒާމުތައް މިހާތަނަށް ވަރަށް ރަނގަޅު ކަމަށް ފާހަގަ ކުރެވޭ -- ފޮޓޯ: މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އައިޝަތު ސޯލިހު މިއަދު ވޯޓު ލައްވަނީ: މެންދުރު 11 ޖެހުމާ ހަމައަށް ވޯޓު ލީ މީހުންގެ އަދަދަކީ 16 ޕަސެންޓް. އޭގެ ތެރޭގައި ގިނައީ ފިރިހެނުން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލާ ކިޔޫ ނަންބަރެއް މީހަކު ދައްކާލަނީ
ކުއާލަ ލަމްޕޫރުގައި ވޯޓު ލާ މީހުންނަށާއި ވޯޓު މަރުކަޒުގައި ހަރަކާތްތެރިވާ މީހުންނަށް ހިލޭ ދޭ ކެއުމުގެ ކޫޕަން: ރާއްޖެ އިން ބޭރުގައި މި ފަހަރު ވޯޓު ލާނީ ތިން ގައުމެއްގައި، އެއީ މެލޭޝިޔާ އާއި ލަންކާ އަދި އިންޑިއާ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓު ދިނުމަށް ފަހު، އިނގިލީގައި ޖަހާފައިވާ ފާހަގަ ދައްކާލަނީ. -- ފޮޓޯ: މިހާރު
މަޖިލިސް އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވޯޓު ލައްވާފައި އިނގިލީގެ ނިޝާން ދައްކާލައްވަނީ: މި އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީ އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް އެމަނިކުފާނު ވަރަށް ބުރަކޮށް އުޅުއްވި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމަށް ފަހު ބަޔަކު އިނގިލީގެ ފާހަގަ ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމަށް ފަހު އިނގިލީގައި ޖެހި ނިޝާން ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިން ފުލުހަކު އިނގިލީގައި ޖެހި ނިޝާން ދައްކާލަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު