ކޮވިޑަށް ޓެސްޓުކުރަން ރެންޑަމްކޮށް ސާމްޕަލްތަކެއް ނަގަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
16 އޮކްޓޯބަރ 2020 - 22:39
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް 41 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 37 ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން ހަތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ރަށްރަށުން ނުވަތަ ރިސޯޓުތަކުންނެވެ.
✳️ COVID-19 Case Updates
— Health Protection Agency (@HPA_MV) October 16, 2020
As of 16.10.2020, 06:00 PM
Confirmed an additional 41 cases of COVID-19 infections in Maldives
- 37 Locals
- 4 Foreigners
Total number of cases: 11,154 pic.twitter.com/DnkPuqyvtd
އެޗްޕީއޭ އިން މިރޭ ކުރި ޓްވީޓެއް
ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 11،154 އާ ހަމައަށް އަރާފައިވާ އިރު، މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 1،117 މީހުންނެވެ. 115 މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
މާލޭގެ އިތުރުން 20 ރަށެއްގަ އާއި 19 ރިސޯޓެއްގައި ކޮވިޑްގެ އެކްޓިވް ކޭސް މިވަގުތު ހުރިކަމަށް އެޗްޕީއޭ އިން ބުންޏެވެ. އޭގެ ތެރޭގައި 15 ޓޫރިސްޓުންނާއި 25 ރިސޯޓު މަސައްކަތްތެރިން ހިމެނެ އެވެ.
ކޮވިޑް ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 35 މީހުންނެވެ.
މީގެ އިތުރުން ކޮވިޑް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން ވަނީ މިރޭ ލުއި ވެސް ދީފަ އެވެ. މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާ ވަގުތުތައް މިހާރު ވަނީ ރޭގަނޑު 11:00 އިން ފަތިހު 4:00 އަށް ބަދަލުކޮށްފަ އެވެ. މީގެ ކުރިން ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ވެހިކަލް ދުއްވުން މަނަލެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައް ދުންމަތި
18 October 2020
މިސަރުކާރަށް އިތުރުލަގަބެއް ދޭންފެނޭ އެއީ " ކޮރޯނާ ސަރުކާރު"
ރަބަރު
17 October 2020
ލުއި ލިބުނަސް ބަލައިގެން އުޅެންޖެހޭ.
އަދުރޭ
16 October 2020
ތިޔާދެވުނީ ވަރައްބޮޑު ލުޔެއް. ސައިކަލައް ދޭ ލުޔެއް ކޮންމއފަހަރަކު.ތީ ވަރައް ބޮޑު ކުރިއެރުމެއް. މަތީ ކުދިންނައް ލާރިގަނޑު ބަހާލާކައްނުވޭތަ