25 މާޗް

March 25, 2019 2
ވާވޭ ޕީ30 ޕްރޮ: މުޅި ދުނިޔެ އިންތިޒާރުގައި

"ވާވޭ ޕީ30 ޕްރޮ" އަދި "ޕީ30" ލޯންޗްކުރާ ތާރީޚަކީ 26 މާޗް ކަމަށް، ވާވޭއިން ކުރި ރަސްމީ ޓްވީޓަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ހަފުލާ އޮންނާނެ ކަމަށް ބުނެފައި ވަނީ ޕެރިހުގަ އެވެ.

18 މާޗް

March 18, 2019
ސެމްސަންގް އޯލެޑް ސްކްރީންތައް ވާވޭ ފޯނުތަކަށް

ސެމްސަންގް އަދި ވާވޭ އަކީ ވާދަވެރި ދެ ކުންފުނި ނަމަވެސް، މާޒީ ހަނދާން ނައްތާލައި، ވިޔަފާރިގައި ގުޅުން ހަރުދަނާކުރަން މަސައްކަތްފަށައިފި އެވެ. ވާވޭ ބުނި ގޮތުގައި އެ ކުންފުނީގެ "ޕީ30 ޕްރޮ" އަށް ބޭނުންވާ ހުރިހާ އޯލެޑް ސްކްރީނެއް އުފައްދަން ސެމްސަންގް އަށް އޯޑަރުދޭނެ އެވެ.

17 މާޗް

March 17, 2019 3
އެންޑްރޮއިޑް އަދި ވިންޑޯޒް ދޫކޮށްލަން ތައްޔާރު: ވާވޭ

އެމެރިކާ އިސްވެ އޮވެ، ވާވޭ އަށް ދަތިކުރަންކުރާތީ، ވާވޭ އަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމަށް ލަފާކުރެވިއްޖެ ހާލަތެއްގައި، އެންޑްރޮއިޑް އަދި ވިންޑޯޒް ދޫކޮށްލަން ތައްޔާރު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

11 މާޗް

March 11, 2019
ފަތްޖެހޭ ފޯނެއް މުހިންމެއް ނޫން: ބްލެކްބެރީ

ސްމާޓްފޯން ކުންފުނިތަކުގެ މިސްރާބު ހުރީ ފަތްޖެހޭ ފޯނުތަކާ ދިމާއަށެވެ. އެކަމަކު، ބްލެކްބެރީ އަށް އެ ކަމެއް ގަބޫލެއް ނުކުރެވެ އެވެ. އެ ކުންފުނިން ދެކޭ ގޮތުގައި، ފަތްޖެހޭ ފޯނުތައް ވާނީ ބަރުހެލި، ގެންގުޅެން އުނދަގޫ އަދި މުހިންމުކަމެއް ނެތް އާލާތްތަކަކަށެވެ.

06 މާޗް

March 06, 2019 1
އެމެރިކާ ސަރުކާރާ ދެކޮޅަށް ވާވޭ ކޯޓަށް

އެމެރިކާ ސަރުކާރު ހިންގަން ތިބި މީހުންގެ އުނދަގޫ، ވާވޭ އަށް ވަރަށް ބޮޑު ވެއްޖެ އެވެ. އެމެރިކާގެ ފަސްގަނޑުގައި ވިޔަފާރިކުރިއަ ނުދިނުމުގެ އިތުރުން، ބައިވެރިން ހޯދައިގެން ވާވޭއާ ދެކޮޅަށް ދަތިކުރަން ކުރާ މަސައްކަތް ވާވޭ އަށް އޮބިއޮންނަ ވަރު ވަނީ ނުވެފަ އެވެ. އެހެންވެ، އެމެރިކާ ސަރުކާރާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅަން...

05 މާޗް

March 05, 2019
ގެލެކްސީ އެސް10 އަށް ވަޔަލެސް ޕަވަބޭންކެއް

ސެމްސަންގް ގެލަކްސީ އެސް10 އަކީ ބާރުގަދަ ފޯނެކެވެ. އެސް10ގެ ހައިސިއްޔަތު ދެމެހެއްޓުމަށްޓަކައި، ފޯނަށް ބޭނުންވާނެ "އެކްސެސަރީ"ތައް ސެމްސަންގުން އަންނަނީ އުފައްދަމުންނެވެ. އޭގެ ތެރެއިން ވެސް، ފޯނު ބޭނުންކުރާ މީހުންނަށް އެންމެ ކަމުދާނެ ކަމަށް ބެލެވެނީ "ވަޔަލެސް" ޕަވާބޭންކެވެ.

04 މާޗް

March 04, 2019
ކެނެޑާއާ ދެކޮޅަށް ވާވޭގެ ސީއެފްއޯ ކޯޓަށް

ވެންކޫވާ (މާޗް 4) - އެމެރިކާގެ އަމުރަކަށް ކެނެޑާ އިން ހައްޔަރުކުރި ޗައިނާގެ ވާވޭ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މެންގް ވަންޒޫ ކެނެޑާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް...

March 04, 2019 3
ގެލަކްސީ ފޯލްޑްގެ ޑިޒައިން ކަމަކުނުދޭ: ވާވޭ

ސްމާޓްފޯނުތައް ފަތްޖަހާ މޫސުން މި އޮތީ ފެށިފަ އެވެ. ފަތްޖެހޭ ފޯނެއް އުފައްދަން ކޮންމެ ކުންފުންޏަކުން ވެސް ބޭނުންވެ އެވެ. އެކަމަކުވެސް، ސްމާޓްފޯނެއް ފަތްޖެހިދާނެކަން އަދި މިހާތަނަށް...

26 ފެބުރުއަރީ

February 26, 2019 2
އާ ކަމެއް ނެތުމުން، ސްމާޓްފޯނު ވިޔަފާރި ދަށްވަނީ

މަޝްހޫރު ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް ބާރުގަދަ ފޯނުތަކެއް މާކެޓަށް ނެރެ އެވެ. އެކަމަކު، މިހާރަކަށް އައިސް އިވެނީ، ކުންފުނިތަކުން ބޭނުންވާ އަދަދަށް ފޯނުތައް ނުވިކެޔޭ ބުނާ އަޑެވެ. ސަބަބެއް ނޭނގެ އެވެ. އެނގުނަސް، އާންމުކުރާކަށް ބޭނުމެއް ނުވެ އެވެ.

19 ފެބުރުއަރީ

February 19, 2019
ވާވޭ އަށް ހުރި ދަތިތަކުން ސެމްސަންގް ފައިދާނަގަނީ

ގައުމުތައް 5ޖީ މޮބައިލް ނެޓްވޯކަށް ބަދަލުވާންވެފައި ވާއިރު، 5ޖީ ޓެކްނޮލޮޖީ އަށް އެންމެ ފަރިތަ ކުންފުންޏަކީ ޗައިނާގެ ވާވޭ އެވެ. އެހެން ނަމަވެސް، މުއްސަނދި ގައުމުތަކުން ވާވޭ އަށް ޖެއްސުންކުރަން ކުރާ މަސައްކަތްތަކާ ހެދި، ވާވޭ އަށް މިއީ ކުރެވިދާނެ ވިޔަފާރިއެއް ކަމަކަށް އަދި ނުފެނެ އެވެ.

12 ފެބުރުއަރީ

February 12, 2019
ވާވޭ 5ޖީ ޓެކްނޮލޮޖީ ތައިލެންޑްގައި ޓެސްޓްކުރަނީ

ދުނިޔެ 5ޖީ ނެޓްވޯކަށް އަހުލުވެރިކުރުވަން އެންމެ އިސް ސަފުގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި، ޗައިނާގެ ވާވޭ ހިމެނެ އެވެ. އެ ކުންފުނިން މިހާރު ކުރާ މަސައްކަތްތަކުގެ ތެރޭގައި، 5ޖީ ޓެކްނޮލޮޖީގެ އަޖުމަބެލުމަށްޓަކައި ތައިލެންޑްގައި ޓެސްޓް މަރުހަލާތަކެއް ހިންގުން ހިމެނެ އެވެ.

03 ފެބުރުއަރީ

February 03, 2019
ވާވޭގެ ފަށްޖަހައިލެވޭ ފޯނު ދައްކައިލުން 24 ގައި

މި މަހު 20 ގައި ދެކުނު ކޮރެއާގެ ކުންފުނި ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނު ނެރެން ނިންމާފައިވާ އިރު، ޗައިނާގެ ވާވޭގެ ފަށްޖަހައިލެވޭ ފޯނު މި މަހުގެ 24 ވަނަ ދުވަހު ދައްކައިލަން ނިންމައިފި އެވެ.

29 ޖެނުއަރީ

January 29, 2019
އެމެރިކާ އިން ހުށަހެޅި ދައުވާ އަށް ވާވޭ އިން ދެކޮޅު

ބެއިޖިން (ޖެނުއަރީ 29) - ޗައިނާގެ ޓެލެކޮމް ކުންފުނި ވާވޭއާ ދެކޮޅަށް އެމެރިކާގެ ޕްރޮސެކިއުޓަރުން ހުށަހެޅި ޖިނާއީ ދައުވާތަކަށް އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.

26 ޖެނުއަރީ

January 26, 2019 2
މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި

މައިކްރޮސޮފްޓް ބިންގް ޗައިނާގައި މަނާކޮށްފި އެވެ. އެކަމަކު ކޮން ސަބަބަކާ ހުރެ ކަމެއް އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު މިކަން ކޮށްފިކަން، ޗައިނާ ސަރުކާރުގެ މުއާސަލާތީ ކުންފުނި، "ޗައިނާ ޔުނިކޮމް" އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

24 ޖެނުއަރީ

January 24, 2019
އެންޑްރޮއިޑް ސްމާޓްފޯނުތަކުގެ މެމޮރީ 10ޖީބީ އަށް

އެންޑްރޮއިޑް ސްމާޓްފޯނުތަކަށް މި އަހަރު އަންނާނެ އެންމެ ބޮޑު ކުރިއެރުމަކަށް ވާނީ މެމޮރީ އިތުރުކުރުން ކަމަށް ބުނެވެ އެވެ. އެ ގޮތުގައި، އެވްރެޖް ފޯނެއްގެ މެމޮރީ 10ޖީބީ އަށް މަތިކުރާނެ ކަމަށް މިހާރު ވާހަކަ ދެކެވެ އެވެ. ސްމާޓްފޯނުތަކުގެ މެމޮރީ 10 ޖީބީ އަށް އިތުރުކުރިއެއް ކަމަކު، އެ ފޯނުތައް ބޭނުންކުރާ މީހުންނަށް ދުވެލިން މާ ބޮޑު...

16 ޖެނުއަރީ

January 16, 2019 3
އައިފޯނު ވިޔަފާރި އިންޑިއާގައި ދަށަށް؛ ޗައިނާއާ ހެދި؟

އައިފޯނުގެ ވިޔަފާރި ދަށްވެގެން އުޅެނީ ވާދަވެރިންގެ ސަބަބުން ކަމަށް އެޕަލް އިން އަދިވެސް ގަބޫލެއް ނުކުރެ އެވެ. އެކަމަކު މިހާރު ވާ ގޮތެއް ބަލާބަލާށެވެ. އިންޑިއާގައި އައިފޯނަށް ވުރެ، ޝޯމީ އަދި ވާވޭ ފޯނުތައް ވިކޭލެއް މާ ގިނަ އެވެ.

09 ޖެނުއަރީ

January 09, 2019 1
އެންމެފަހުން އެމެރިކާ އަށް ވާވޭގެ އެހީ ބޭނުންވެއްޖެ

ފިކުރީ މުދަލުން ވިޔަފާރިކުރުމުގައި، ވާދަވެރިކަން ގެއްލޭ ފަދަ އަމަކުތައް ކުއަލްކޮމް އިން ހިންގާ ކަމަށް ބުނެ، އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ވަނީ ކޯޓުގައި މައްސަލަ ޖައްސާފަ އެވެ. ފެޑެރަލް ޓްރޭޑް ކޮމިޝަނުން އެދޭ ގޮތަށް މި މައްސަލަ ނިންމުމަށްޓަކައި، ވާވޭ އަދި ލެނޮވޯގެ އެހީތެރިކަމަށް އެމެރިކާ ސަރުކާރުން ވަނީ އެދިފަ އެވެ. މި...

27 ޑިސެމްބަރ

December 27, 2018 1
އެޕަލް އަށް އަނެއްކާވެސް ރިހުމެއް

ޗައިނާގައި އައިފޯނުގެ ބައެއް މޮޑެލްތައް ވިއްކުން ކޯޓުން ވަނީ މަނާކޮށްފަ އެވެ. ޗައިނާގައި އައިފޯނު ވިކޭ އަދަދު މި ކަމާ ގުޅިގެން މަދުވެ، އެޕަލްގެ އާމްދަނީ ދަށްވާނެކަން ވަނީ ކަށަވަރުވެފަ އެވެ. މިހެން ކަން އޮއްވައި، އައިފޯނު ބޭނުންކުރާ މުވައްޒަފުންނަށް ޕްރޮމޯޝަން ނުދިނުން އަދި ވަޒީފާއިން ވަކިކުރުން ފަދަ މައްސަލަތައް އެ ގައުމުގެ...

25 ޑިސެމްބަރ

December 25, 2018 4
ވާވޭ 2018 ގައި 200 މިލިއަން ފޯނު ވިއްކައިފި

ދުނިޔޭގެ ގަދަބާރުތަކުން ވާވޭއާ ދެކޮޅަށް ކުޅެކުޅެ ތިއްބައި، 200 މިލިއަން ސްމާޓްފޯން ވިއްކައި، ފާއިތުވި އަހަރު ހެދި އަމިއްލަ ރެކޯޑް މުގުރާލައިފި އެވެ. ވާވޭ ވަނީ 153 މިލިއަން ފޯނު 2017 ގައި ވިއްކާފަ އެވެ. ސްމާޓްފޯން މާކެޓްގައި އެޕަލް ދެވަނާގައި އޮއްވައި، ވާވޭ ކުރި އަރައި ވަނީ އެޕަލް ވައްޓާލާފަ އެވެ. އެހެންކަމުން، މުޅި ދުނިޔެ އަށް އެންމެ...

20 ޑިސެމްބަރ

December 20, 2018 1
ވާވޭ އަށް 5ޖީ ކަސްޓަމަރުން އިތުރުވާ ކަމަށް ބުނެފި

"ވާވޭ"އާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދެކެވޭ ދުވަސްވަރެކެވެ. ދުނިޔެ 5ޖީ މޮބައިލް ނެޓްވޯކަށް ބަދަލުކުރަން މުވާސަލާތީ ކުންފުނިތަކުން ކުރާ މަސައްކަތްތަކުގައި، ވާވޭ އަށް ކުރިމަތިވަމުންދާ ދަތިތަކާ ބެހޭ ގޮތުން ވެސް އެތައް ފަހަރަކު ވާނީ ލިޔެވިފަ އެވެ.

13 ޑިސެމްބަރ

December 13, 2018 3
ޗައިނާގައި އައިފޯން ވިއްކުން މަނާކޮށްފި

ބެއިޖިން (ޑިސެމްބަރު 13) - ޗައިނާގައި އައިފޯނު ވިއްކުން މަނާކޮށްފި އެވެ.