ނަހުލާ ބުނީ ކުޑަ އަންހެން ކުއްޖަކު ހޯދަނީ ކޮން ފިލްމަކަށްކަން އަދި ބުނެވެން ނެތް ކަމަށް.
ނަހުލާ: އޭނާގެ ފިލްމަކަށް ކުޑަ އަންހެން ކުއްޖަކު އަންނަނީ ހޯދަމުން.
05 ސެޕްޓެމްބަރ 2016 - 06:28
މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ފިލްމަކަށް ކުޑަ އަންހެން ކުއްޖަކު ހޯދަން ފަށައިފި އެވެ.
ނަހުލާ ވަނީ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި، ކުއްޖަކު ބޭނުންވާ ވާހަކަ ފޭނުންނާ ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ ބޭނުން ވަނީ ފިލްމެއްގެ މުހިއްމު ރޯލެއް ކުޅެން ހަތް އަހަރާއި 10 އަހަރާ ދެމެދުގެ އަންހެން ކުއްޖެއް ކަމަށެވެ.
އެހެންވެ ޝައުގުވެރިވާ ފަރާތްތަކުން ފޭސްބުކުން މެސެޖް ކުރަން އެދިފައިވެ އެވެ.
ފިލްމެއްގެ ރޯލަކަށް ކުޑަ އަންހެން ކުއްޖަކު ހޯދަން ނަހުލާ އިއުލާން ކުރި އިރު، އޭނާގެ ކުރިއަށް އޮތް ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) ގެ ޝޫޓިން މިހާރު ވަނީ ނިންމާލައިފަ އެވެ. އެ ފިލްމުގެ މަސައްކަތް ފަށަން އުޅުނު ފިލްމަށް ކަޅު ބުޅަލެއް ހޯދަން ވެސް ނަހުލާ ފޭސްބުކްގައި ޖެހި އެވެ.
"4426" އަންނަ މަހުގެ 18 ގައި ޕްރިމިއާ ކުރާނެ އެވެ.
ނަހުލާ ބުނީ ކުޑަ އަންހެން ކުއްޖަކު ހޯދަނީ ކޮން ފިލްމަކަށްކަން އަދި ބުނެވެން ނެތް ކަމަށެވެ. އެހެންވެ އޭގެ މައުލޫމާތު ފަހުން ދޭނެ ކަމަށް ބުންޏެވެ.
ނަހުލާ ދާދި ފަހުން ބުނި ގޮތުގައި "4426" އަށް ފަހު ދެން ހަދާނީ ލޯބީގެ ފިލްމެކެވެ. އަދި ވަރަށް އަނިޔާވެރި ގޮތަކަށް މިދިޔަ އަހަރު ވ. ރަކީދޫގައި މަރާލި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލުގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދާނެ ކަމަށް ވެސް ނަހުލާ ކުރިން ބުނެފައިވެ އެވެ.
ނަހުލާ މީގެ ކުރިން ހަދާފައިވާ ފިލްމުތަކުގައި ކުޑަކުދިން ވަރަށް މުހިއްމު ރޯލްތަކެއް ކުޅެފައިވާކަން ފާހަގަކޮށްލެވެ އެވެ.
އޭގެ ތެރޭގައި "ޒުލޭހާ" އާއި "ނާއުއްމީދު" އަދި "ޔޫސުފް" ހިމެނެ އެވެ. މީގެ އިތުރުން ނަހުލާ ލިޔެ ޕްރޮޑިއުސްކޮށްފައިވާ ފިލްމުތަކުން ވެސް ކުޑަކުދިންގެ މުހިއްމު ރޯލްތަކެއް ފެނިފައިވެ އެވެ.
އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "ވީރާނާ" އާއި ކުރު ފިލްމް "ބުޅާ ދޮންބެ" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިޔަތު
10 September 2016
ތިކަން ހުއްޓާލާކަށް ނުވޭތަ
ޜުވޭ
06 September 2016
ޢީސަ ގެ ނަން ހާދަ ރީއްޗޭ. ޓައިޕް ކުރާ ގޮތް ވެސް
އީސަ
06 September 2016
ނަހޫ ހާދަ ރީއްޗޭ