ފުލުހުންގެ މައި އިދާރާ: ފުލުހަކު ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ވަނީ ބަލަން ފަށާފައި -- ފޮޓޯ/މިހާރު
09 ޑިސެމްބަރ 2019 - 22:56
ފުލުހަކު ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅުމުގެ ތެރެއިން މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ 42 އަހަރުގެ ފުލުހަކު 18 އަހަރުގެ ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅެ، އެކަމުގެ ތެރެއިން މާރާމާރީ ހިންގި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރެއިން 42 އަހަރުގެ މީހާއަކީ ފުލުހެއް ކަމަށާއި އޭނާ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކާ އެކު ކޯޓުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އެކަމަކު އެ މައްސަލާގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޖިނާއީ ތަހުގީގު ހިންގުމުގެ އިތުރުން އެ ފުލުސް މީހާ ސަސްޕެންޑްކޮށް، އޭނާގެ ޑިސިޕްލިނަރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
10 December 2019
ފުލުހުން ކިއަނީ ފުލުހުންގެ ގާނޫނާއި ގަވާއިދުގެ ސުލޫކީ މިންގަޑުން . އޭގެ ބޭރުވެ ތިޔަޒާތު ކަންކަން ކުރެވޭނީ. އުސޫލީ މަފްހޫމް އަކީ. ފުލުހަކު އެފަދަ ކަމެއް ނުކުރައްވާނެ. ކުރި ނަމަ ކުރާ ނަމަ އެވަނީ ފުލުސް ކަމުން ބޭރުވެފަ. ފުލުސް ނުކުރާނެ.
ބޮޑު ހަސަންބެ
11 December 2019
އެހެންވީމަ އިތުރު ވާހަކެއް ނުދައްކާ ފުލުސްކަމުން ކަނޑަންވީނު. ކީއްކުރަން ސަސަބަންޑް ކުރީކީ؟.
ޝަހުދީ
10 December 2019
ތި ފުލުސް މީހާ އަކީ އަހަރެންގެ އަވައްޓެރިއެއް. ވަރަށް ގިނައިން ޒުވާން ފިރިހެން ކުދިންނާއެކު އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ ނިކުމެ އުޅޭ ވާހަކަ ޢިމާރާތުގާ ދިރިއުޅޭ މީހުން ދައްކާ. ކުރާކަމެއް މާތްﷲ ދެނެވޮޑިގެންވާނީ. މިހާރު ތިޔޮތީ އިނގިލި އުފުލާ ލެވޭފަދަ ހިސާބަކަށް އޭނާގެ ކަންކަން ގޮސްފާ. އިންސަފުވެރި ގޮތަކަށް އޭނާ އަށް ލިބެންވަ އަދަބެއް ލިބެންޖެހޭނެ. ފުލުހަކަސް ވިޔަސް ބަލަނެ ކަމެއްނެތް
ކީކޭ
10 December 2019
ޖިންސީ ގޯނާކުރަން އުޅުނީއޭ ނުކިޔާ ޖިންސީ ގުޅުން ހިންގަން ތިއްބާ އަތުލައިގަތީއޭ ކިޔާބަލަ.
ރަންދެލި
10 December 2019
42 އަހަރުގެ އަންހެން ފުލުހަކު 18 އަހަރުގެ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރާނަމަ ތިޔަ ކަން ނިމޭނީ ސަމާސާ އަކުންނެވެ. 42 އަހަރުގެ ފިރިހެން ފުލުހަކު 18 އަހަރުގެ އަންހެނަކަށް ޖިންސީ ގީނާ ކުރި ކަމުގެ ތުހުމަތު ކުރެވޭނަމަ ޓުވިޓަރު މިހާރު އުތުރި އަރާނެއެވެ. މީ ދުނިޔެ ދައްކާ ހަގީގަތެވެ...
ބިލްބޯޑު
10 December 2019
ތިބުނާ ހަގީގަތެއް އަހަންނަކަށް ނުފެނޭ. 42 އަހަރުގެ އަންހެނަކު 18 އަހަރުގެ ފިރިހެނަކަށް ގޯނާ ކުރާ މައްސަލައެއް ހުށަހަޅައިގެން ނުބަލާ ހުރީ ކިތައް މައްސަލަ؟ ކޮންމެވެސް ކަހަލަ ތަފާސް ހިސާބަކާ އެކު އާދޭ. އަހަންނަށް ފެންނަ ހަގީގަތަކީ އަންހެނަކު ފިރިހެނަކަށް ޖިންސީ ގޯނާ ކުރާކަމަށް ގިނަ ފިރިހެނުން ނުދެކޭކަން.
ބޮޑު ހަސަންބެ
10 December 2019
ކީއްކުރާނީ ހައްގު އޮންނަނީ އަންހެނުންނަށް ވިއްޔާ
ޖަޒީރާ 07
10 December 2019
ގަދަކަމުން ކުރި ކަމެއް ނޫން އެއީ. މީނަ މީގެ ކުރިންވެސް މިކަހަލަ ކަމެއްގެ ތުހުމަތުގަ އަތޮޅުތެރޭ ރަށަކަށް ފޮނުވާލި ޑިއުޓީ ޓާރމަކަށް..މިކަން މީ ވަރަށް ކުރީއްސުރެ ހިނގާ ކަމެއް.
އަބްދުއްالله
10 December 2019
ފުލުސްމީހާ ފިރިހެނަކާ ހިންގަން އުޅުނީ އެއް ޖިންސުގެ ގުޅުންތަ؟ އެވާހަކް ނުބުނީ ކީއްވެގެންތަ؟ ފުލުހެކޭ ބުނީމަ ކަލޭނެންގެ ހިތަށް، އަބަދުވެސް ފެންނަނީ ފިރިހެނެއްތަ؟
ކަލިނަރި
10 December 2019
އަހަރެން ހަނދާނަށް އެރީއްސުރެ ރަށުގައި އުޅޭ އަންހެން ދުޅާ ފިރިހެން މީހެއް. މިހާރު ދުނިޔޭގެ ހިސްޓޮރީ އަށް ބަލައިލީމަ މިފަދަ މީހުން ނޫޅޭ ޒަމާނެއްނެތް ކަން އިގޭ. އެހެންވީމަ މަ ގަބޫލު ކުރަނީ ގުދުރަތީ ގޮތުން އުފެދުމުގެ ތެރޭގައި އަންހެން ދުޅާވަނީކަމަށް. ގާނޫނީ ކުށަކަށް އަރައިގެންފިނަމަ އަދަބު އޮންނާނެ ދޯ.
ފަލިދު
10 December 2019
ޖިބުރީލު ހާސްނުވޭ. އެއީ ބައިކޮޅައް ޖެހި ލަނޑެއް.
އަސްލު މައްސަލަ
10 December 2019
ނުގުޅޭ ވާހަކައެއް: އަވަސް އަރުވާލު މަކީ ޝައިތޯނާ ލޯބިކުރާކަ މެއް! ޒުވާނުންގެ ހިތްތައް އަވަސްވެ ކޮން މެ ކަ މެއް އަވަސް އަރުވާލު މާއި އަވަސް ހަރަކާތަކަށް ދާތަން ވަރަށް ފެނޭ! ޒުވާން ހިތްތައް ކޮންޓްރޯލް ކުރު މަށް މަދުރަސީ ދައުރުގައި ދަސްކޮށް ދެވިފާ ނެތުން. ކެތްތެރިކަން ގެއްލި މަގު މަތީގާވެސް އަވަސްވެ ހުދުހޭން ބޭނުންވެ، ނަންނުގަތި ދުވާ އުސޫލުން ސަވާރީ ދުއްވުން. ހިތްހަ މަ ނުޖެހޭ ވަގުތުގާ ކެތްތެރިވާން ދަސްކޮށްދެވިފާ ނެތުން. ވިސްނަންވެއްޖެ!
ޢާސީ
10 December 2019
ތީ އަނެއްކާ ކާނަލެއްތަ ލަދުގަންނަންޖެހޭ ކިހިނެއް މި މުއައްސަސާއައްދެން ރައްޔިތުން އިތުބާރުކުރާނީ ކޮށްފަނުކުރާނެކަމެއް ނޭނގިގެން