13 ޑިސެމްބަރ 2021 - 09:44
މި އަހަރުގެ މިސް ޔުނިވާސްގެ ތާޖު، އިންޑިއާ އިން މުބާރާތުގައި ވާދަކުރި ހަރްނާޒް ސަންދޫ އަށް ލިބިއްޖެ އެވެ.
އާދީއްތަ ދުވަހުގެ ރޭ އިޒްރޭލުގައި ބޭއްވި ކުލަގަދަ ހަފުލާގައި އޭނާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައިދިނީ މި މިދިޔަ އަހަރު އެ މަގާމު ލިބުނު މެކްސިކޯގެ އެންޑްރިއާ މީޒާ އެވެ.
އިންޑިއާގެ ޗަންދީގަޅަށް އުފަން ހަރުނާޒް، 21، އަށް މިސް ޔުނިވާސްގެ މަގާމު ލިބުނުއިރު މުބާރާތުގެ ދެވަނަ އަކީ ޕެރަގުއޭގެ ނަޑިއާ ފެރޭރާ އެވެ. ތިން ވަނަ އަކީ ދެކުނު އެފްރިކާގެ ލަލޭލާ އެމްސްވާނޭ އެވެ،
މުބާރާތުގައި 80 ގައުމަކުން ރީތީގެ ރާނީން ވާދަކުރި، 70 ވަނަ މިސް ޔުނިވާސް މުބާރާތުގައި އިންޑިއާ ވިދައިލި އިރު، އެ ގައުމަކީ ކުރިން ވެސް މިސް ޔުނިވާސްގެ ޓައިޓްލް ހޯދާފައިވާ ގައުމެކެވެ. ބަތަލާ ސުޝްމިތާ ސެން، 46، އަކީ 1994 ގެ މިސް ޔުނިވާސް އެވެ. އަދި ބަތަލާ ލާރާ ދައްތާ، 43، އަކީ 2000 ވަނަ އަހަރުގެ މިސް ޔުނިވާސް އެވެ.
WHO ARE YOU? #MISSUNIVERSE pic.twitter.com/YUy7x9iTN8
— Miss Universe (@MissUniverse) December 13, 2021
އެ ދެ މީހުން މިސް ޔުނިވާސްގެ މަގާމު ހޯދި އަހަރުތަކުގައި މިސް ވޯލްޑްގެ ޓައިޓްލް ވެސް ގެންދިޔައީ އިންޑިއާ އެވެ. އެގޮތުން 1994 ގެ މިސް ވޯލްޑަކީ އައިޝްވާރިއާ ރާއީ، 48، އެވެ. ދެހާސް ވަނަ އަހަރުގެ މިސް ވޯލްޑަކީ ޕްރިޔަންކާ ޗޯޕްރާ، 39، އެވެ.
The new Miss Universe is...India!!!! #MISSUNIVERSE pic.twitter.com/DTiOKzTHl4
— Miss Universe (@MissUniverse) December 13, 2021
އޭގެ އިތުރުން ވެސް އިންޑިއާގެ ރީތީގެ ރާނީން މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވެ އެވެ. އެންމެ ފަހުން މިސް ވޯލްޑްގެ ތާޖު އެ ގައުމަށް ހޯދައި ދިނީ އަންނަަ އަހަރު ރިލީޒްކުރާ އަކްޝޭ ކުމާރުގެ ފިލްމު "ޕްރިތުވީރާޖް" ގެ ބަތަލާގެ ރޯލުން ބޮލީވުޑަށް ނުކުންނަ މަނޫޝީ ޗިލާރް އެވެ. އޭނާ އަށް މިސް ވޯލްޑްގެ މަގާމު ލިބުނީ 2017 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެރި ކުޑޭ
15 December 2021
ކޮންމެގޮތެއްވިޔަސް އިންޑިޔާ އައުޓް!
ޙިނި
14 December 2021
ރާއްޖޭގަވެސް ބޭއްވިދާނެ އެންމެރީތި ބުޅާ ނޫނީ އެންމެރީތި ބޮޑު ކަންނެލި މުބާރާތެއް
ފުރޭތަ
14 December 2021
މިސް ޔުނިވާސްއޭ؟؟؟ ކޮންމެވެސް ގައުމެއްގެ ކަންމަތީ ގުރޫޕަކުން 80 ވަރަކަށް އަންހެނުން އެއްކޮށްފަ ވަނައެއް ދެނީ، އެދެން މިސް ޔުނިވާސް. ދޮންމީހުން ހިންގާ ކަމެއްވީމަ ކިހިނެއް ހިނގާކަމެއްތޯވެސް ބެލާލުމެއް ތާޑުވޯލްޑު ގައުމުތަކުގަ ނޯވޭ. އެހެންތާ ވާނީ އެމީހުންގެ މާސްޓަރުން ވިއްޔަ.
އަބްޑޫޅް
14 December 2021
މީނަ، އެއްގޮތަކަށްވެސް ރީއްޗެއް ނޫން. މިއީ ސިޔާސީރަނޅުކަމުގެ ތެރެއިން ނިކުމެފަ އޮތް، ހައްދުފަހަނަޅާފަވާ، ވައަތުފިޔައިގެ ފިކުރާއި ގުޅުން ހުރި ހޮވުމެއް. އިންޑިޔާ މީހުންނަކީ އެއްވެސް ހާލަތެއްގަ، ރީތި ބައެއް ނޫން.
ލާމިސް
14 December 2021
ކަލޭ ތިއީ އޭގެ މީހެއް. އެހެންނޫނީ ތީ ޖެލަސްވެގެން އުޅޭ ދެބައި އުމުރުގެ އަންހެނެއް. އިންޑިޔާ ކިތައްމެ މުޑުދާރުވެފައި ނާތަހުޒީބަކަސް ރީތި އަންހެންކުއްޖަކު ހުތުރުކަމަކަށް ނުވާނެ
މާލްދީބް
13 December 2021
މިހެންވެޔޭ އަހަރެމެންނަށް މޮދީއާ ދުރުނުވެވިގެން މިއުޅެނީ
ށަވިޔަނި
13 December 2021
ތިއީ ކިހިނެއް ހޮވާއެއްޗެއްކަން ނޭނގޭ. މިރާއްޖޭގައިވެސް ވަރަށް ރީތި ރާނީން މިހާރު ތިބޭ.