ނެޓްފްލިކްސްގެ "އޯލް ދަ ޝާކްސް"ގައި ފުވައްމުލައް.
05 ޖުލައި 2025 - 18:54
ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގައި ފުވައްމުލަކުގެ މަޝްހޫރު "ޝާކް ޕޮއިންޓް" ފީޗާކޮށްފި އެވެ.
ގިނަ އަދަދެއްގެ ފެމުނުމިޔަރު ފެންނަ ފުވައްމުލަކުގެ "ޝާކް ޕޮއިންޓް" އަކީ މިހާރު މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ތަނެކެވެ. ހަމައެކަނި އެ ތަނުގައި ފީނާލަން ބޭނުންވެގެން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ވަރަށް ގިނަ އެވެ. އެއީ މިހާރު ދުނިޔޭގައި ފެމުނުމިޔަރުގެ އެންމެ ބޮޑު އާބާދީއެއް ވެސް އޮތް ތަނެވެ.
ނެޓްފްލިކްސްގެ "އޯލް ދަ ޝާކްސް"ގައި ފުވައްމުލައް.
ނެޓްފްލިކްސް ޝޯގައި ވެސް ފުވައްމުލަކަށް ނިސްބަތްކޮށް ކިޔަނީ "ޝާކް އައިލެންޑް" އެވެ.
ނެޓްފްލިކްސްގެ "އޯލް ދަ ޝާކްސް"އަކީ މިޔަރުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ދައްކާ ޝޯއެއް ކަމަށް ވާއިރު، އެ ޝޯގެ މަންޒަރުތައް ނަގާފައި ވަނީ ރާއްޖޭގެ އިތުރުން ގަލަޕެގޮސް، ބަހާމަސް، ސައުތު އެފްރިކާ، ޖަޕާން އަދި އޮސްޓްރޭލިއާގެ މަޝްހޫރު "ޝާކް ޕޮއިންޓް"ތަކުގަ އެވެ.
ޝޯގެ މަންޒަރުތައް ފުވައްމުލަކުގައި ނެގީ މިދިޔަ އަހަރު އެވެ.
ނެޓްފްލިކްސްގެ "އޯލް ދަ ޝާކްސް"ގައި ފުވައްމުލައް.
މި ޝޯގެ ފުރަތަމަ އެޕިސޯޑު ހާއްސަ ކޮށްފައި ވަނީ ފުވައްމުލަކަށެވެ. އޯޕެނިން ސީކުއެންސްގައި ވެސް ދައްކަނީ އެ ރަށުގެ ރުއްގަނޑާއި ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ފުވައްމުލަކުގެ ރީތި ގޮނޑުދޮށެވެ.
"އޯލް ދަ ޝާކްސް"ގައި ފުވައްމުލައް ފީޗާކުރުމާ ގުޅިގެން އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ރަށް އިޝްތިހާރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި، އެ ޝޯގައި ފުވައްމުލައް ފީޗާކުރީ އެ ރަށުގެ ޒުވާނެއްގެ ވެސް ވަރަށް ބުރަ މަސައްކަތުންނެވެ. އެއީ ޑައިވިންގެ ދާއިރާގައި 17 އަހަރު މަސައްކަތް ކޮށްފައިވާ އަދި ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ޑައިވިންގެ ހިދުމަތްދޭ "ޕެލަޖިކް ޑައިވާސް" ފުވައްމުލަކުގެ ވެރިޔާ އަހްމަދު އިނާހެވެ.
ޖުމްލަ ހަ އެޕިސޯޑް ހިމެނޭ ނެޓްފްލިކްސްގެ ޝޯގައި ދައްކަނީ ހަތަރު ޓީމެއްގެ މެދުގައި ހިނގާ ވާދަވެރި މުބާރާތެކެވެ. އެ މުބާރާތުގައި ޖެހެނީ ދުނިޔޭގެ މަޝްހޫރު ޝާކް ޕޮއިންޓްތަކުގައި ފީނައިގެން މިޔަރުގެ ފޮޓޯ ނަގާށެވެ. އަދި އެ ނަގާ ފޮޓޯތަކަށް ވަކި އުސޫލަކުން ޕޮއިންޓް ދީގެން މުބާރާތުން އެއްވަނައަށް ދާ ޓީމެއް ހޮވަ އެވެ.
މަދުން ނޫނީ ނުފެންނަ ވައްތަރުތަކުގެ މިޔަރުގެ ފޮޓޯ ނަގައިގެން ގިނަ ޕޮއިންޓް ލިބޭއިރު، އާންމުކޮށް ފެންނަ ވައްތަރުތަކުގެ މިޔަރުގެ ފޮޓޯ ނަގައިގެން ލިބެނީ މަދު ޕޮއިންޓެކެވެ.
އެ މުބާރާތުން މޮޅުވާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއް ދެ އެވެ. އެ ފައިސާ ހޭދަކުރަން ޖެހެނީ އެ ޓީމަކުން ކަނޑައަޅާ ޗެރިޓީއަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ތަކުރު
06 July 2025
ފޯއްމުލަކު މީހުން މިޔަރަށް ކާން އަޅާަތީވެ އައްޑޫ ޑައިވް ސައިޓުތަކުން މިޔަރު ފެނުން މަދު ވެއްޖެ. އައްޑޫ ސަރަހައްދުގައި އުޅޭ މިޔަރުގެ ބޮޑު އާބާދީއެއް މިހާރު އުޅެމުން ދަނީ ފުވައްމުލަކު ކައިރީ.
ހުވަދޫ އަލިބެއްޔާ
06 July 2025
ގެންގޮސް ކޫއްޑޫ މިޔަރު ޕޮއިންޓަށް ދޫކޮށްލަންވީ.. ތިތަން ނުވާނެ “އިސްތައްޓަކައްވެސް” އެންމެ ކުޑަ އެތީގެވެސް 12 ފޫޓު ހުންނާނެ ބުންޏަސް ދޮގަކަށް ނުވާނެ.. މާކެޓްކުރާނެ ބަޔަކު ނެތީ.. ކޫއްޑޫ ހެދީއްސުރެން މަސްކަނޑާފަ ބާކީ އަޅަނީ އެ ޕޮއިންޓަށް.. ވިސްނާލާ..
ބަހީލު
06 July 2025
ސަރުކާރުގެ އެއްވެސް ބައިވެރިވުމެއްނެތި ރަށުމީހުންގެ ގަދަހިތްވަރު ހުރީމަ ކަންކަންވޭދޯ..އައްޑޫ މީހުން ހޭލަބަލަ..މާބޮޑައް އެނވިފަ ނުތިބެ.
ހިޔާލާ
06 July 2025
ފުއައްމުލަކަކީ ދުނިޔޭގަ މިވަގުތު އޮތް އެއްމެ ރީތި އެއް ޑައިވް ޕޮއިންޓް، މިއީ މުޅި ރާއްޖެވެސް ފަޚުރުވެރިވާން ޖެހޭކަމެއް. އެއްމެން ވެގެން އަދިވެސް ޕުރޮމޯޓް ކުރަންވީ، ދެން މަދުބަޔަކު ހާދަ ކަން ބޮޑުވެއްޖޭ ދޯ
ނަންރީތި ހުސޭނު
05 July 2025
އަޑުއިވޭގޮތުގާ ފުވައްމުލަކުގަ މިމިޔަރުތަކައް ކާންއަޅާ، އެހެންވެއްޖެޔާ އެކަމައް އެއެއްޗެހި ހޭނޭނެ. މިގޮތައް މިކަންކުރުމަކީ ނުރައްކަލެއް. މިގޮތައް ކާންއަޅާނަމަ އެކަން ނުކޮއްހުއްޓާލުންއެދެން ނޫނީ ބޮޑުނުރައްކާތެރި ހާދިސާއެއްހިންގުމަކީ ވަރައްގާތުގައޮތްކަމެއް. ހުޅުމާލޭގަ އެންސިސްއިން މަސްކަނޑާފަ އެއުކާލާ ތަނަކީވެސް މިހާރު ބަޔަކު ޑައިވިން ޕޮއިންޓެއްގެ ގޮތުގަ ވިއްކާ ނުރައްކާތެރި ތަނެއް. ވަރައް ސަމާލުވާތި
ކަންފަތް މިޔަރު
06 July 2025
ކާންނުދީ ފައިބާފިއްޔާ ވިލްއީޓް ފަސްޓް ވަން.
ބެނެފެލަ
06 July 2025
އޭސީ ކޮޓަރީގަ ދޯ މަސައްކަތް ކުރަނީ ޔޫ
މީމިޔަރު
06 July 2025
ކާންދޭ މާރުކޭޓުން 500ރުފިޔާގެ ކަރުގޮހޮރު ޓައްޕެއްގެ. ނުދީފަބާދުވަސް ނޫސްކިޔަންތިބޭ. ފޯކްލޭނޑްގަ މާކުޖަހާފަވީ.
ނަންހަޑި އަލީ
06 July 2025
ފުވައްމުލަކު ޝާކް ޕޮއިންޓް ހިނގާ ގޮތް ވަރަށް ރަނގަޅަށް ފެނުނު އެރަށަށް ކުރި ދަތުރެއްގަ. "އަޑުއިވޭގޮތުގައި" ނުކިޔާ، ރަނގަޅަށް ގޮސް ބަލަންވީނު؟ ތޯތޯ ވާހަކަ ފެތުރުން ހުއްޓާާލާކަށް އަދިވެސް ނުވޭދޯ. ދިވެހިން ހަމަ ދިވެހިންގެ ގޮތުގައި. ނަ