އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކަޑޭޝިއަން.
01 ނޮވެމްބަރ 2025 - 06:35
އެމެރިކާ މީހުން ހަނދަށް ދިޔަ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ ފޭކެއް ކަމަށް އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކަޑޭޝިއަން ބުނެފި އެވެ.
ކިމް އެގޮތަށް ބުނީ ކާޑޭޝިއަން އާއިލާގެ ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް"ގެ އެންމެފަހުން ގެނެސްދިން އެޕިސޯޑުގަ އެވެ. އެ އެޕިސޯޑުގައި ކިމް އޭނާގެ ކޯ-ސްޓާރު ސެރާ ޕޯލްސަން ގާތުގައި ބުނީ އެމެރިކާ މީހުން ހަނދަށް ދިޔަ ވާހަކަ އޭނާ ގަބޫލު ނުކުރާ ކަމަށާއި އެއީ ނުވާ ކަމެއް ކަމަށެވެ.
ސެރާ އާއި ކިމް އެ ވާހަކަ ދެއްކީ، ހަނދުގައި އެންމެ ފުރަތަމަ ފައިތިލަ ބީއްސާލި ދެ އިންސާނުން ކަމަށްވާ ނީލް އާމްސްޓްރޯންގާއި ބަޒް އަލްޑްރިން މީޑިއާއަކަށް ދީފައިވާ އިންޓަވިއުއެއް ބަލަމުންނެވެ.
ކިމް ބުނީ ނީލް އާއި ބަޒްގެ އިންޓަވިއުތަކާ ގުޅޭ ގޮތުން ލިޔެފައިވާ އެތައް ލިޔުންތަކެއް ކިޔާފައިވާ ނަމަވެސް، އެއިން އެއްވެސް ލިޔުމެއްގައި އެ މިޝަންގައި އެމީހުން އެއްވެސް ވަރަކަށް ބިރުގަތް ކަމަށް ބުނެފައި ނެތް ކަމަށެވެ.
"އެ މީހުން ބިރުނުގަތީ އެކަން އެހެން ނުވާތީ. އެއީ ބިރުވެރި ކަމަކަށް ވެދާނެ، އެކަމަކު އެހެން އެކަން ނުވީ އެކަން ނުހިނގާތީ [ހަނދަށް ނުވާތީ]،" ކިމް ބުންޏެވެ.
"އަހަރެން ގަބޫލުކުރަނީ އެއީ ފޭކެއް ކަމަށް. އަހަރެން ބަލައިފިން އެއީ ނުހިނގާ ކަމެއް ކަމަށް ބަޒް އަލްޑްރިން ބުނާ ބައެއް ވީޑިއޯތައް ވެސް. އޭނާ މިހާރު ހުރިހާ އިންޓަވިއުތަކެއްގައި ވެސް އެހެން ބުނޭ. އަހަރެމެން ވީ ބަޒް އަލްޑްރިން ހޯދަން."
ކިމްގެ އެ ވާހަކަތަކާ ގުޅިގެން އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ އެކްޓިން އެޑްމިނިސްޓްރޭޓާ ޝޯން ޑަފީ ވަނީ ކިމް ޓެގުކޮށް ރައްދުގައި އެކްސްގައި އިއްޔެ ޕޯސްޓެއް ކޮށްފަ އެވެ. "ދަ ކާޑޭޝިއަންސް"ގެ އެޕިސޯޑުގައި ކިމް އެ ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ ވެސް އެ ޕޯސްޓުގައި ހިއްސާކޮށްފައިވެ އެވެ.
"އާނ... އަހަރެމެން ހަނދަށް ދިޔައި... ހަ ފަހަރު،" އޭނާ ބުންޏެވެ.
Yes, @KimKardashian, we’ve been to the Moon before… 6 times!
— NASA Acting Administrator Sean Duffy (@SecDuffyNASA) October 30, 2025
And even better: @NASAArtemis is going back under the leadership of @POTUS.
We won the last space race and we will win this one too 🇺🇸🚀
🎥: Hulu pic.twitter.com/CkexEEPFSv
ޝޯން ބުނީ އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ލީޑާޝިޕްގެ ދަށުން އަނެއްކާވެސް ހަނދަށް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ދުނިޔޭގެ ޖައްވީ ރޭހުގައި ކުރިން ވެސް ކުރި ހޯދި ކަމަށާއި ދެން ވެސް އެމެރިކާއިން ކުރި ހޯދާނެ ކަމަށް އޭނާ ބުންޏެވެ.
ފުރަތަމަ ފަހަރަށް އިންސާނުން ހަނދަށް ފައިބައި އެތަނުގައި ހިނގީ ޖުލައި 20، 1969 ގަ އެވެ. ތާރީހީ އެ ބޮޑު ކާމިޔާބު އެމެރިކާގެ އިތުރުން މުޅި ދުނިޔޭގައި ފާހަގަކުރާއިރު އަދިވެސް އިންސާނުން ހަނދަށް ދިޔަ ކަމަށް ގަބޫލުނުކުރާ އެތައް ބަޔަކު އުޅެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނުދެވޭހަމަ
01 November 2025
މީގެ 56އަހަރުކުރިން ޓެކްނޮލޮޖީގެ ގޮތުން އެހާ ކުރިނާރާ ޒަމާނެއްގައި ހަނދަށް ދިޔަބަޔަކު މިހާރު، ޓެކްނޮލޮޖީގެ ގޮތުންނާއި ޖައްވީއުޅަނދުތަކުގެ ގޮތުން މިޙާކުރިއަރާފައިވާ ޒަމާނެއްގައި އޭގެފަހުން އެންމެ ފަހަރަކުވެސް ހަނދުބަލާލަން ނުގޮސް މިތިބީ ކިހިނެއްވެފާހެއްޔެވެ؟؟ މިކަމަށް އެކަނި ވިސްނާލިއަސް އެތަނަށް އަދި ނުދެވޭކަން އެނގެއެވެ.
ބޭޗާރާ
02 November 2025
ކަލޭމެން މައުމޫން 30 އަހަރު ވެރިކަން ކުރިކަމަށްވެސް ގަބޫލު ނުކުރާނެ
ދިއްދޫމީހާ
01 November 2025
އެކަމް ކިމް ޤަބޫލްކުރާނެ ދަނގެތި މީހުން ހަނދު ރުނބަލަކަށްލީ ވާހަކައާ ހުސެން ޒާހިރު ހޯދާ ވާހަކަ…އަރިގަތޯ އޮދައިމަސްތޭ…
ކައިލީ
01 November 2025
އަހަރަމެންނަށް އެކަމް ޔަގީންވާ ކަމަކީ ކިމް ސާޖަރީ ހެދި ކަމާ، ބައްޕަ ކެއިޓްލީން އަކީ މިހާރު ޓްރާންސްއެއްކަން
ރަދީފްއޮފިޝަލް / ހަނދަށް ނުދޭ
01 November 2025
އެމެރިކާގެ އާބަދީގެ %80 މީހުން ގަބޫލެއް ނުކުރޭ އެމެރިކާއިން ހަނދަށް ދިޔަކަމަށް.ފޭކް މޫން ލޭންޑިން އާއި ގުޅޭ ގިނަ ލިޔުންތަކުން އެމެރިކާ މީހުން ހަނދަށް ނުދާކަން ހާމަވޭ.އެމެރިކާ މިހުން ހަނދަށް ދިޔުން އެއީ ސޮވިއެޓް ޔުނިއަންގެ ނުފޫޒު ކުޑަކުރުމަށް އެމެރިކާގެ ވެރިން އެދުވަސްވަރު ކުޅުނު ޑްރާމާއެއް.ހަނދުން ލިބުނު ހިލަ ރާއްޖޭގެ ދާރުލްއާސާރުގަ ބަހައްޓައިގެން އަހަރުމެން ކިޔެވި ފޮތުގަ ލިޔެ ކިޔައި ދަސްކުރަން މަޖުބޫރުކުރި ހިޔާލީ. ވާހަކައެއް.ވ.ވެދުން
ބަކަމޫންސް
02 November 2025
ކަލޭމެން އެކައްޗެއްވެސް ގަބޫލެއް ނުކުރާނެ. ލޯމަތިން ފެނުނަސް ގަބޫލު ނުކުރާނެ. އަނެއްކާ ފްލައިޓެއްގައި އެއްރަށުން އަނެއް ރަށަށް ދާކަންވެސް ގަބޫލު ނުކުރާނެ.