ޗާޖިން ކޭބަލުން ވެސް ޑޭޓާ ވަގަށް ނެގޭ

މިހާރު ޓެކްޓޮނޮލޮޖީއާ އެކު ބޮލު ރިހުމަކަށް ވަނީ އެޕްތަކާއި ޑިވައިސްތަކުގެ އެހީގައި މީސްމީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރުމެވެ. އަދި އެފަދަ މައުލޫމާތުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ.


ގެންގުޅޭ ސްމާޓްފޯނާއި އައިޕެޑްގެ ޗާޖިން ކޭބަލަކީ ވެސް އެހާ އާދައިގެ އެއްޗެއްގެ ގޮތުގައި ނުދެކޭށެވެ. ވަކިން ހާއްސަކޮށް މީހެއްގެ އަތުން މިފަދަ ޗާޖިން ކޭބަލެއް ހޯދައިގެން ބޭނުންކުރާ ނަމަ އިތުރު ވިސްނުމަކަށް ދާށެވެ.

މީހަކު މިއޮތީ މިފަދަ ކޭބަލެއްގެ އެހީގައި މިސްމީހުންގެ ޑިވައިންސްތަކުން ޑޭޓާތައް ފޭރި ގަންނާނެ ގޮތާއި ޑިވައިސްތައް ހެކް ވެސް ކުރިދެވިދާނެކަން ވީޑިއޯއަކުން ދައްކައިފަ އެވެ. އެމްޖީ ކިޔާ މީހާ ޓްވިޓާގައި ހިއްސާކޮށްފައިވާ ވީޑިއޯ ރަނގަޅަށް ބަލައިލާށެވެ. އަދި މިކަމަށް ސަމާލުކަން ދޭށެވެ.

މިއީ ކުރިން ގިނަ ބަޔަކަށް އެހާ ބޮޑަށް ސަމާލު ކަމަށް އައިސްފައި ނެތް ކަމަކަށް ވެސް ވެދާނެ އެވެ.