އައިއޯއެސްގައި ފޭސްބުކް މެސެންޖާ ތަޅުލެވޭ ގޮތް ހަދައިފި

ފޭސްބުކް މެސެންޖާގައި ކުރާ މުއާމަލާތްތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، މެސެންޖާ ލޮކްކުރެވޭ ގޮތަށް ހަދައިފި އެވެ.


ފޭސްބުކުން ބުނި ގޮތުގައި މެސެންޖާގެ ޗެޓްލޮގް ފޭސް އައިޑީ ނުވަތަ ޓަޗް އައިޑީއާ މެދުވެރިކޮށް މިހާރު ލޮކްކުރެވޭނެ އެވެ. މުއާމަލާތްތައް ފެންނަން ނުޖެހޭ މީހުންނަށް ފެނުމުން މިކަމުގެ ސަބަބުން ރައްކާތެރިކޮށްދޭނެ އެވެ.

ފޭސްބުކުން ބުނީ މެސެންޖާ ލޮކްކުރެވޭ މި ވަގުތު އައިއޯއެސްގެ ޑިވައިސްތަކަށް ކަމަށެވެ. މި ފީޗާ އެކްޓިވޭޓްކުރެވޭނީ ޕްރައިވެސީ ސެޓިން އަށް ގޮހެވެ. މި ވަގުތު އައިއޯސް އަށް ފީޗާ ލިބުނު ނަމަވެސް ވަރަށް އަވަހަށް އެންޑްރޮއިޑަށް ވެސް ފީޗާ ލިބޭނެ ކަމަށް ފޭސްބުކުން ބުންޏެވެ.

ރައްކާތެރިކަމުގެ އިތުރު އެހެން ފީޗާތައް މެސެންޖާ އަށް ތައާރަފުކުރަން ފެސްބުކުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މާކް ޒަކަބާގްގެ ފޭސްބުކްގެ ދަށުން ހިންގާ މަޝްހޫރު އެޕްތަކުގެ ތެރޭގައި އިންސްޓަގްރާމާއި ވަޓްއެސްއެޕް ވެސް ހިމެނެ އެވެ.