ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ. ކޯޓަށް ގެންނަން އެނާ މިއަދު ވަނީ ހައްޔަރުކޮށްފައި. ފޮޓޯ: ނިޝާން އަލީ/މިހާރު
22 ޑިސެމްބަރ 2021 - 09:26
ސިވިލް ކޯޓުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ހާޒިރުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ހައްޔަރުކޮށްފި އެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގދ. ތިނަދޫން ކަމަށް އެނގިފައި ވެ އެވެ.
އެ ރަށުން މާލެެ އަށް ގެނެސް، ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. އެއީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމަށެވެެ.
ޖާބިރު ސިވިލް ކޯޓަށް ހާޒިރު ކުރަނީ ސީދާ ކޮން މައްސަލަައަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު
24 December 2021
އެންމެ ބޮޑުބިރު ކޮންބިރު؟ ޖާބިރު
ބިންބި
23 December 2021
ވަގްތްން ވަގްތަށް ދޫކޮއްލާ
މަންޑޭލާ
22 December 2021
ޖާބެ މާސްކް ނާޅަންޏާ 1000 ޖޫރިމައިނާކުރޭ.
އިހްސާސް
23 December 2021
އޭނާގެ ވޮލެޓުގައި 1000 ރުފިޔާ ނުހުރެ. ދެން
ޢަލީބެ
22 December 2021
މަލި ކު ގެ ވާހަ ކަ ދައް ކަން ކެވުނު ހަމައެ ކަނި. މީހާ . މީ އިއްތިފާގެއްނޫން.
ބިލް ކުލިންޓަން
22 December 2021
ޖާބެ ހާދަ ނައްޓާފާ. އަނެއްކާ މާސްކުއަޅާކަށްވެސް ހަނދާނެއްނެތް.
ބިލް ކުލިންޓަން
22 December 2021
މީ އަނެއް އަންނި.
ޢަރުތަ
23 December 2021
ސިޔާސީ ވެރިންގެ ތެރޭގަ މުޅިންވެސް ތިޒާތުގެ މީހުން ތިބީ، ސަހަލު އެކަތި ނެތް.
ފޮނިފޮނިޓައްޕު ކުމާރު
22 December 2021
ތިމީހާ ރައްޔިތުންނަށް އޮޅުވާލަ މަކަރުހެދުމުން ރައްޔިތުން ސަލާމްތްކުރާންޖެހޭ.
ޞބބބބ
22 December 2021
ހައްޔަރު ކުރާ ކޮމިޑީ އިޒް ކަމިން ސޫން
ރަދީފްއޮފިޝިއަލް
22 December 2021
މިއީ މައްސަަލައެއް ނޫން.ރަޝިޔާގެ މަހުޖަނު Mikhail Khodorkovsky (މިކާއިލް ހޮދޮކޯސްކީ)ގެ ހަޔާތުގެ ސަފްހާތައް ކިޔާލީމަ ރަނގަޅު ފިލާވަޅެއް ކޮންމެ މީހަކަށް ވެސް ލިބޭނެ.
ސަސު
22 December 2021
ވަގުތުން ވަގުތަށްް ޖާ ދޫކޮށްލަން ގޮވާލަން