ވިއްސާރަ ދުވަހެއް: މިއީ މުލަ ނަކަތުން ހަތަރު ވަނަ ދުވަސް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
13 ޑިސެމްބަރ 2016 - 18:30
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ދެ މޫސުން ބެދޭތީ ކުރާ ވިއްސާރަކަމަށް މޫސުމާ ބެހޭ އިދާރާ (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ސަރަހައްދަށް މިހާރު ވައިގަދަވެފައިވަނީ ދެކުނު އިންޑިއާއަށް އިއްޔެ އެރި ބާރުގަދަ ތޫފާނުގެ ނުސީދާ އަސަރުގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ތޫފާނާ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.
ދެކުނު އިންޑިއާ އަށް އިއްޔެ އެރި ބާރުގަދަ ތޫފާނުގައި އެ ސަރަހައްދަށް ބޮޑު ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އެގޮތުން އިންޑިއާގެ ޓެކް ހަބުން މަދުވެގެން 10 މީހުން މަރުވެ ގެތަކާއި ގަސްތައް ބިމާ ހަމަވެފައިވާއިރު ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓް ވެސް ކެނޑިފަ އެވެ. އެ ތޫފާނުގައި ގަޑިއަކު 140 ކިލޯމީޓަރުގެ ބާރުމިނުގައި ވަނީ ވައިޖެހިފަ އެވެ.
"މިއީ ހުޅަނގު މޫސުމުގެ ވިއްސާރަ. އެކަމަކު ވައިގަދަވުން ކޮންމެ ވެސް ވަރަކަށް މި އުޅެނީ އިންޑިއާގެ ދެކުނަށް އެރި ތޫފާނުގެ ނުސީދާ އަސަރުން،" އޮފިޝަލް ވިދާޅުވި އެވެ.
ހުޅަނގާއި ހުޅަނގު އުތުރުން މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު ހަތް މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ނެރުނު މޫސުން ލަފާކުރާގޮތުގެ ބަޔާނުގައި ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
މެދުތެރޭގެ ކަނޑުތައް ގަދަވެފައި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.
މިއަދު މިއީ މުލަ ނަކަތުން ހަތަރު ވަނަ ދުވަހެވެ. ދެން ފެށޭނީ އިރުވައި މޫސުމުން ހުރަހަޅަ ނަކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސުމް
14 December 2016
10 ޑިސެމްބަރުން ފެށިގެން މީ އިރުވައި މޫސުމް. މުލަ، ފުރަހަޅަ ، އުތުރުހަޅަ......4 މަސްވަރު ވާނެ އިރުވައި މޫސުމްގައި. ލިޔާއިރު ތަންކޮޅެއް ފަރުވާބަހައްޓަވާ......
ނިމޯ
13 December 2016
މިއީ ހުޅަނގު މޫސުމުގެ ވިއްސާރައޭތޯ މެޓު އޮފީހައްވެސް، މިހާރުގެ ނިއުސް ޓީމަށް ވެސް ވަރަށް ވެދުން، ޑިސެމްބަރ 10 މުލަ ނަކަތުން 1 ވީމާ މިއީ އިރުވައި މޫސުން ލޯ ޕްރެސަރޭވެސް ކިޔާފާނެ، ކޮންމެ އެއްޗެއް ކިޔަސް މިއަދަކީ ހަޅައިން 3، މިޖަހަނީ އިރުވައި މޫސުމުގެ ފުރަތަމަ ހަޅަ، ވައި ހުޅަނގުގަ ހުއްޓަސް މިޖަހަނީ ހަޅަ ހުލަނގު މޫސުމަށް ވަރަށް ސަލާން
މެންޓަލިސްޓް
13 December 2016
މެޓްއޮފީހުން ނުބުނިޔަސް ތިޔަވަރު އެނގޭ އަހަރުމެނަށްވެސް ،،، ވަރަށްވެދުން ،،
ސީމާ
13 December 2016
ދެ މޫސުން ބެދެނީ ކިހިނެއްބާ؟
ބްލެޑަރ
13 December 2016
އެކަތި އަނެކަތްޗާ އޮޅުލައިގަންނަ ހިސާބުން ތޯއްޗެއް.
މޫސުން
13 December 2016
ދެ މޫސުން ބެެދުން މިއީ މަޖާޒީ ބަހެއް. މާނައަކީ ބޮޑުކަމުދާން ބޭނުންވެ ހުރި ވަގުތަކު ކުޑަކަމުދާންވެސް ބޭނުންވެހުރެ އެއްވެސް ކަމަކު ނުދެވުން. ބެދުނީ.