ޓެކްސީ ދަތުރުތައް ކޮށްދޭ އަގުތައް ސަރުކާރުން މުރާޖައާ ކޮށްދިނުމުން، ފަސޭހައިން ޓެކްސީ ހޯދަން ހަދާފައިވާ މޮބައިލް އެޕްލިކޭޝަންތައް ޑައުންކޮށް، ސެންޓަރުތައް މިއަދު ބަންދުކޮށްފި އެވެ.

ރާއްޖޭގެ ބާޒާރުގައި ވެސް ތެލުގެ އަގު ކައިރިކައިރީގައި އުފެލުމުންދާތީ، މިއަދުން ފެށިގެން ޓެކްސީ ދަތުރުތައް ކޮށްދޭ އަގުބޮޑުކުރަން ސެންޓަރުތަކުން ނިންމައި މި ހަފުތާގައި ވަނީ އެކަން ޓްރާންސްޕޯޓް މިނިސްޓްރީ އަށް އަންގައިފަ އެވެ.

ނަމަވެސް މިއަދުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ސަރުކާރުގެ އޮފީސްތައް ބަންދުކުރިއިރު ވެސް އެދެވޭ ޖަވާބެއް ނުލިބުމުން މާލެ އާއި ހުޅުމާލޭގައި ދުއްވާ ޓެކްސީ ސެންޓަރުތަކުން ވަނީ ދަތުރުތައް ހުއްޓާލައި އިހުތިތާޖު ކުރަން ފަށައިފަ އެވެ.

ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ޑްރައިވަރުން ކުރާ އިހުތިޖާޖުގައި އިސްކޮށް އުޅޭ މީހަކު ބުނީ، މޮބައިލް އެޕްލިކޭޝަންތައް ޑައުންކޮށް، ސެންޓަރުތައް ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އެ އަށް ފަހު، މިރޭ 8 ގެ ފަހުން އެ އިހުތިޖާޖު "ވަރުގަދަވާނެ" ކަމަށް އޭނާ ބުންޏެވެ.

ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި މިއަދު ހަވީރު އޮތް ޑްރައިވަރުންގެ އިހުތިޖާޖުގައި އަޑުއުފުލަނީ: މި އިހުތިޖާޖު މިރޭ ވަރުގަދަވާނެ ކަމަށް އެ މީހުން ބުނޭ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ހުޅުމާލޭގެ ރުއްގަނޑު ދޭއް ސަރަހައްދުގައި މިއަދު ހަވީރު އޮތް ޑްރައިވަރުންގެ އިހުތިޖާޖުގައި އަޑުއުފުލަނީ: މި އިހުތިޖާޖު މިރޭ ވަރުގަދަވާނެ ކަމަށް އެ މީހުން ބުނޭ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އިތުރު ތަފްސީލެއް ނުދީ، އެ ޑްރައިވަރު އެ ހަރަކާތް ދާނީ ކުރިއަށް ކަމަށެވެ.

"މިރޭ 8 ގެ ފަހުން އިތުރު ބަދަލެއް އަންނާނެ. ހުރިހާ ޑްރައިވަރުން ވެސް އެ ތަނުގައި އެބަތިބި. ސަރުކާރުން ޖަވާބެއް ދެން ދެން މި ތަނުގައި ތިބޭނީ،" އޭނާ ބުންޏެވެ.

"ފަހަރަކު ސްޓެޕެއް ކުރިއަށް ދާނީ."

އެ ޑްރައިވަރު ބުނިގޮތުގައި، ޓެކްސީ ސެންޓަރުތަކުގެ ބައްދަލުވުމެއް ވެސް، މުޒާހަރާ ކުރަމުންދާ ރުއްގަނޑު ސަރަހައްދުގައި އޮންނާނެ އެވެ.