28 އެޕްރީލް 2022 - 11:52
ޗައިނާ އިން ބޭނުންވަނީ ރާއްޖެއިން ޑިމޮކްރަސީ ފޮހެލައި ދަރަނިވެރި ކޮށްލަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ޗައިނާ އަށް ފާޑު ވިދާޅުވީ، އެ މަނިކުފާނު މިވަގުތު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ކުރީގެ ފޮރިން ސެކްރެޓަރީ ޝިއަމް ސަރަން މޮޑަރޭޓްކުރެއްވި ލެކްޗާއެއްގަ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި އަބަދުވެސް އޮންނާނީ "އިންޑިއާ ފަސްޓް" ސިޔާސަތެއް ކަމަށާއި ޗައިނާއިން ގެންގުޅޭ "ބިން ފޭރުމާއި ދަރަނި މަޅީގައި" ރާޢްޖެއިން ނުޖެހޭނެ ކަމަށެވެ.
"ރާއްޖެއިން ބޭނުންވަނީ އިންޑިއާއާ އެކު ގާތް ގުޅުމެއް. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ޔަގީން. އަޅުގަނޑު މިހެން ނުދަންނަވާނަން އަޅުގަނޑަކީ ސިޔާސީ މީހަކަށްވާތީ، އަޅުގަނޑަށް އިތުރަށް ވޯޓު ނުލިބޭނެ ވާހަކައެއް ނުދަންނަވާނަން،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާގެ ސަރުކާރު ކުންފުނިތަކަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށާއި އެ މަޝްރޫއުތަކުގެ ސަބަބުން ގައުމު ވަރަށް ބޮޑަށް ދަރާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ޗައިނާއިން ބޭނުންވީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް އުފައްދައި، ޑިމޮކްރަސީ އުވާލަން، ދެން އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ކުރަން. ރާއްޖޭގެ މިހާރުގެ ދަރަނީގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައެއް އޮތީ ޗައިނާގައި. މިކަމުގެ ސަބަބުން ރާއްޖޭގެ މައްޗަށް ޗައިނާއަށް ކުރިން ލިބިފައި ނުވާ ފަދަ އިގްތިސާދީ އަދި ސިޔާސީ ބާރުވެރިކަން ލިބިގެންދާނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދަކީ އަބަދުވެސް ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ރާއްޖެއަށް ޗައިނާއިން ނަގާފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ޗައިނާގެ "ދަރަނި މަޅި" އާ ވީހާވެސް ދުރުން ރާއްޖެ އުޅެން ޖެހޭ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
30 April 2022
ނަޝީދު އުޅެނީ އިންޑިޔާ މިލިޓަރީ ދިވެހިންގެ މައްޗައް ބަރުފޯރުވަން މިތާ ގައިމުކޮއް އިންޑިޔާއައް ބިންތައް ބަހާލަން
ރޯނުގޭ އެދުރު
29 April 2022
ހިސާބުތަކުން ސާފުކޮށް ފެންނަން އޮތް ހަގީގަތެއް. ޗައިނާގެ ދަރަނި އުޅެނީ 45% އަށް ވުރެ ދަށުގައި. ދޮގުހައި އޮޅުވާލަން ތިއުޅެނީ ކާކަށް ބާ. ތަނެއްދޮރެއް އެނގޭ މީހަކަށް އޮޅުވައެއް ނުލެވޭނެ އަދި ތިވާހަކަ ގަބޫލެއްވެސް ނުކުރާނެ. ދޮގުނުހަދާ ފިތުނަ ނޫފައްދާ ރީތުގޮތުގައި އާނމުންގެ ލޯބި ހޯދަން މަސައްކަތް ކުރުން މާ ބުއްދިވެރި. ތިހެން އުޅެގެން ދެ މީދާ ފެހި ބުޅަލަށް ވީވަރުވެސް ނުވާނެ.
ފަހު10
30 April 2022
ރަގަޅު ވާހަކައެއް. ރޯދަމަހު ފަހު 10ގައި މީނާ ބަންދުކޮށްފައި ބަހައްޓަން ގަވާއިދެއް ނެރެން ފެނޭ
ގައްޛާޓު
29 April 2022
އަބާދީ ނުއްބަދަލު ބޮނޑޮތި ތައްރަގީ ވޯޓް ހޯދުމުގައި ބޭނުމުގައި ހިންގަން ފަށާފި ނަމަ ގައުމު ބަގްރޫޓްވުން ދިޔުން އެކަށީގެން ވެޭ
އެމެތިކާ
29 April 2022
އެދައްކަނީ އިންޑިޔާ ޖަހާމަޅިތައް.
ކަނބިލި
28 April 2022
ޗައިނާ އާ ދިމާލަށް އެއްޗެތި ކިޔުން އޯކޭ. އިންޑިއާއަށް އެއްޗެތި ކިޔުން ގޯސް. ގައުމީ ސަލާމަތެއް ނުރައްކާ! މިއީ ކޮންހަމައެއް. ނަޝީދަކީ ވެރިކަމާހެދީ މޮޔަވެފައި ހުރި މީހެއް. ވަރަށް ޓޮކްސިކު ބޭކާރު މީހެއް. މީނާ ހެވެއް ނޭދޭ ރައްޔިތުންނަކަޥެސް. ރައްޔިތުންގެ ވޯޓުން މީނާއަށް ނޫނެކޭ ބުނުމަކީ އޮތް ހައްލު.
އެކްސްް
28 April 2022
މީނާ ޗައިނާއާއި ޖައްސާލުމެކޭ އިދިކޮޅުން އިންޑިއާ އައުޓު ގޮވުމާއި ތަފާތެއްނެތް. އިންޑިއާގެ ސްޓޭޓޭއްގެ ޗީފް މިނިސްޓަރުކަން އަންނިއަށް ދޭންވީ.
ދޮންޑު
28 April 2022
ޗައިނާ އިން ލޯނުނެގުން ރަންގަޅެއް ނޫން، އެއީ ޑެޓް ޓުރެޕް އެއް. ބަގުލަދޭޝް، މެލޭޝިޔާވެސް ޗައިނާގެ ލޯނު އަދި ޕުރޮޖެކްޓު ތަކާ ދުރައް ޖެހިއްޖެ. ޕަކިސްތާނު އަދި ލަންކާ އައްވީގޮތްވާކައް ރާއްޖެއައްވާކައް ބޭނުމެއްނޫން
ޙަބީބު.
30 April 2022
ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ޗައިނާގެ ލޯނުނަގާފައޮތީ ތިޔަބުނާ މޮޅު އެމެރިކާޔާ އިނގިރެސިންނާ ނުވިތާކައް އިންޑިޔާވެސް އޮތީ ޗައިނާގެ އެގެޒިމް ބެންކުން ލޯނުނަގާފަ ލަންކާ ބަނގުރޫޓުވީ 2 އަހަރު ފަތުރުވެރިންނައް ގައުމުބަންދުކޮއްލީމަ ޑޮލަރުދަތިވެ މިރާއްޖެޔައް ބަލާލިޔަސް އެކަން ސާފު ރިސޯޓުތައް ބަންދުވީ ގައުމު ބނޑައްޖެހުނީ ލޯނު ނުދެއްކި ތެޔޮނުގަނެވުނީ މަޖިސް މެންބަރުން ބޮލުގަ އަޅުވާ ތާޖަކީ ރިސޯޓު މުވައްޒަފުންގެ ހައްގެއް
ކެރީ
28 April 2022
އަންނިއަށް އޮތް ތާއީދެއް ނެތް. ސޮރީ
ޢަލީ ބާނީ
28 April 2022
ރައީސްގެ ގަރާރު ރަނގަޅުކަމށް ކޯޓުން ނިންމައިފިނަމަ ނަޝީދު ކުއްވެރިވާނެ ! މަޖްލިސް އިން ބޭރުކުރަންވެސް ވާނެ !
އައްބު
28 April 2022
ތިހުރީ ވޯޓު 2023 ގަ ލިބި އިތުރުވެފަ.. ވެރިކަމަށްވެސް ހޮވިފަ..