ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ގެއްލުން ދިން މައްްސަލާގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.
ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް، ގެއްލުން ދިން މައްސަލާގައި ހައްޔަރުކުރި މީހާ ފަސް ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ މިއަދު ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ބަންދުން ދޫކޮށްލިޔަސް، އެ މައްސަލާގެ ތަހުގީގު ކުރިއަށް ދާ ކަމަށެވެ.
އޭނާ ދޫކޮށްލީ ކުރިން ދިން މުއްދަތު ހަމަވާތީ މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުންނެވެ.