ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާ.-- ފޮޓޯ: މޫސާ ރަޝީދު/ މިހާރު
30 މެއި 2022 - 16:43
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ދޫވެހީގައި ނަގާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން ފުލުުހުން ނެގި "އިންޑިއާ އައުޓް" ބެނާ ބަލައި އިދިކޮޅު ޕާޓީގެ މެންބަރުން ފުލުސް އޮފީހަށް މިއަދު ދިޔައިރު އެ ނައްތާލާފައިވާ ކަމުގެ ތުހުމަތުކޮށްފި އެވެ.
ހައި ކޯޓުގެ އަމުރާ ގުޅިގެން ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން މިއަދު ވަނީ ބެނާ ހޯދަން ފުލުސް އޮފީހަށް ވަޑައިގެންފަ އެވެ. އޭގެތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހިމެނިވަޑައިގަންނަވަ އެވެ.
ފުލުހުންނާ ދެކެވުނު ވާހަކަތަކަށް ފަހު އަދުރޭ ވިދާޅުވީ ބެނާ ހޯދަން ފުލުސް އޮފީހަށް ވަޑައިގަތީ ފުލުުހުން ގާނޫނާ ހިލާފުވި ކަމަށް ހައި ކޯޓުން ނިންމުމުން ކަމަށެވެ.
ފުލުހުންގެ ވާހަކަ އިން އެނގުނީ، އަދުރޭ ވިދާޅުވި ގޮތުގައި، އެ ބެނާ އާއި އެގޮތަށް ނެގި އެހެން ހުރިހާ ތަކެތި ވެސް ނައްތާލާފައިވާ ކަމެވެ.
"ހައި ކޯޓުން ބާތިލް އަމުރެއް ކަމަށް ކަނޑައެޅީމަ ބެނާތައް ޖެހޭނެ ވަގުތުން ހަވާލުކުރަން، އެއީ ވަރަށް ބޮޑު ހޭދަކޮށްގެން ހަދާފައި ހުރި ޕާޓީގެ އެސެޓްސްތަކެއް. މީގެ ބެނާއަކަށް 75،000ރ. ވަނީ ހަރަދުކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީން ގެކޮޅުގައި ދަމާފައި ހުރި ބެނާއަކީ ގާތްގަނޑަކަށް ދޮޅު ލައްކައެއްހާ ރުފިޔާ. ދެން އޭގެ އިތުރުން މިދަމާ ބެނާއަކަށް 75،000ރ. އާއި 100،000ރ. ދޭތެރޭގައި ވަނީ ހަރަދުކުރެވިފައި."
ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައި ހުރި އިންޑިއާ އައުޓް ބެނާ. -- މިހާރު ފޮޓޯ/ނިޝާން އަލީ
އޭނާ ވިދާޅުވި ގޮތުގައި ބެނާތައް ނަގައި ނައްތާލާފައިވާ އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވީ ޣައިރު ގާނޫނީ ގަރާރެކެވެ. ހައި ކޯޓުގެ އިއްޔެގެ ހުުކުމުގައި ގަރާރާ ދޭތެރޭގައި ކަނޑައެޅިގެން އެއްޗެއް ބުނެފައި ނުވި ނަމަވެސް ބެނާ ނެގުމުގެ އަމުރު ގޯސްކަމަށް ހުކުމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ދައުލަތާ ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރިއިރު، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގާނޫނެއް އޮތްތޯ ކުރި ސުވާލަކަށް ވެސް ޖަވާބު ނުދެވުނު ކަމަށް އަދުރޭ ވިދާޅާޅުވި އެވެ.
"މިކަމާ ގުޅޭ ގޮތުން ތާކުންތާކު ޖެހޭ ޖަވާބެއް ޕީޖީއަކަށް ވެސް ފުލުހުންނަކަށް ވެސް ދެވިފައެއް ނެތް. އެހެންވީމަ ފުޅާދާއިރާއެއްގައި އިންޑިއާ އައުޓް ގެންދަން މިއޮތީ ހިތްވަރު ލިބިފައި. ހުރަހެއް ނެތްކަން ކަނޑައެޅިގެން ސާބިތުވެފައި މިއޮތީ،" އޭނާ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވި ގޮތުގައި ކުރިއަށް ވުރެން ވެސް ވަރުގަދައަށް އެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވި ގޮތުގައި ރައީސްގެ ގަރާރު ބާތިލްކަން ވެސް ހައި ކޯޓުގެ އަމުރާއެކު ސާފުވާން އެބައޮތެވެ. އެއީ، އޭގެއިން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ނިގުޅައިގަނެވޭތީ ކަަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައްގު ނިގުޅައިގަނެވޭނެ ގޮތްތަކެއް ވެސް ގާނޫނުއަސާސީގައި އެބައޮތެވެ.
"އެއްވެސް ހައްގެއް އުނިކުރެވޭނީ ހައްގުތައް ދީފައިވާ މާއްދާއާ ތައާރަޒްނުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނެއް ނުވަތަ ގާނޫނުގެ ބައެއްގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ ބައްދަލުވާ އިންޑިއާ މީހުން ވެސް އަންނަނީ "އިންޑިއާ އައުޓް" ކެމްޕޭނަށް ތާއީދުކުރަމުން ކަމަށެވެ. އިންޑިއާގެ އަސްކަރިއްޔާ މި ގައުމުގައި ތިބޭކަށް އެ މީހުން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.
"އިންޑިއާގެ ސިފައިން މިތަނުގައި ތިބެ ސުލްހަމަސަލަސްކަން ނަގާލަން ތިމަންނަމެން ވެސް ނޭދެއޭ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާ އައުޓް އޮޅިގެން އުޅެނީ، ޝިޔާމް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ފަދަ ދެތިން ހަތަރު ބޭފުޅަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަައަހުމަދު
08 June 2022
އަސްލު ސިޔާސަތު ދޯހޮޅިވީމަ ކުރާ ކަންތައް މީ. ކިތަކެއް ދިވެހި ދަރިންނައް ދޭ އަނިޔާއެއް ތޯ މީ؟ ބޭސްފަރުވާޔައް އެހެން ގައުމަކައް ނިކަމެތިންނަކައް ނުދެވޭނެ ހަމަ އިންޑިޔާ ޔައް ދެވޭނީ އެހެންވީމަ އެމީހުން ދިވެހިން އައުޓު ކުރަން ނިކުމެއްޖެއްޔާ ދިވެހިން ވަންނާނީ ކޮންތާކޮއްތޯ؟ އިންޑިޔާ ޔާ ވެސް ގުޅުން ރަނގަޅު ކޮއް ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ތިމަންމެންވެސް މީ އިންޑިޔާޔައް ނުރައްކަލެއް ނޫންކަން ޕުރޫވުން އެއީ ނޫންތޯ ހަރުދަނާ ސިޔާސަތަކީ؟މީކީ ނޯތު ކޮރެޔާތަ
ވިސްނުންދެއްވާންދޭވެ
31 May 2022
އިންޑިއާ އައުޓް ގޮވުން އޯކޭ... އިންޑިއާ މިލިޓަރީ އައުޓް ގޮވުންވެސް އޯކޭ... އެކަމަކު ބަޔެއްގެ ދިދަ ރަމްޒުކުރުވާގޮތަށް ކަންކަން ކުރުން އޯކޭ އެއް ނޫން... އެއަށް އިޙްތިރާމްކުރަންޖެހޭނެ... އިންޑިއާ އައުޓް ކެމްޕެއިންގަ އެންމެ ފުރަތަމަ އެހެން ޖަހައިގެން އުޅުނީ އިންޑިއާ ދިދައިގަ... ފަހުން ލޯގޯ ކަނޑާފަ... ޤައުމިއްޔަތު ކަމާއި އެހެން މީހުންނަށް އިޚްތިރާމް ކުރުން ހުންނަންޖެހޭނެ... ވ.ސަލާން
ހަމަވިސްނުން
01 June 2022
ކަލެއަށް އޯކޭވިޔަސް ތިއިން އެއްވެސްކަމެއް އަހަރެމެންނަކަށް އޯކޭއެއް. ހިތުން ގިނަ ލައިކްސް ހޯދަންވެގެން ނޫންކަމަށް ހެދިގެންހުރެ އަސުރުމާ ބަނދިވަރު ތިގޮވަނީ.
ފުލެގީ
31 May 2022
ތިޔައީ އެޓޯލްސް މިނިސްޓްރީގެ ކުރީގެ ރަހުމަތްތެރިޔާޔަށް ޖަހާ ޖޯކެއްތަ ދިދައިގެ އަގޭ ކިޔާފަ ތިޔަ ޓީމުން.
ޒަކީ ރެކި ފުތް
30 May 2022
އިދި ކޮޅުން ހާސްވާނެ ކަމެއްނެތް؟ އޭތި އޮތީ ޓިނު ޖަހާ ރަތްކާކޮށްފައި
ގަހޭ
30 May 2022
ބޮޑުފޮއްޓައްލާ ރައްކާކުރަންޖެހޭ އެއްޗެއްވީމަތަ ބަލާދިޔައީ؟
އަލީރާޖާ
30 May 2022
ޔާމީނު ކައިރީ އަހާބަލަ އޭނަ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުން އަތުލިހާ ދިދަ އާ ބެނާއާ ޕިކަޕު ސައުންސިސްޓަމްތަކާ ކޮބާތޯ؟
5000
31 May 2022
ތިޔައީ ހަމަކުރަންވީ ސުވާލަކީ، އެމީހުން އަނިޔާކުރި އިރު ޔާމީނު ކޮބާ، އަތުލި ތަކެތިކޮބާ؟
ދައު ލަތު
30 May 2022
ބެނާ އަތްޕުޅަށް އަރުވަން ހަމަޖެހިފައިވަނީ އެ މަނިކުފާނު ހުވާ ކުރާ ދުވަހު
އަދުރެމެޓިކްސް
30 May 2022
މިތިބަ ތަންދޮރު ނޭނގޭ މީހުންތަކާ! ހުކުމުން ބެނާ ދެމުން ހުއްދައެއް ނުކުރޭ. ރައީސުގެ ގަރާރު ބާޠިލު ނުކުރޭ. ބެނާ ނެގިގޮތް ގޯސްވީ. އެގެޔަށް ނުވަދެވެސް އެކަން ކުރެވޭނެޔޯ އޮތީ. ބެނާ ނެގުމަކީ ޚިޔާލު ފާޅުކުރުމަށް ހުރަސް އެޅުމެއް ނޫނޭ އޮތީ. އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އެއްވެސް ހަމައެއްނެތި ދޫކޮށްލެވިފައިވާ ކަމެއް ނޫނޭ އޮތީ. ކޮން ބަޔަކަށް ކޮން އެއްޗެއް އޮޅުވަންތަ ތިއުޅެނީ.
އުދުހޭ
30 May 2022
ނައްތާލިޔަސް އަދި ހުއްޓަސް މިހާރު ކޯޓުން އެއޮތީ ހުކުމެއް އިއްވާފަ. ފުލުހުން ގޮސް އެތަނުގައިހުރި ބެއަަރއާ އެއްވަރުގެ ބެއަރއެއް އެގޮތަށް ހަދައި ހަރުކޮށްދޭންޖެނެ.
ދޯދޮ
31 May 2022
ތިކަމުގައި ބައިވެރިވާންޥީނު؟
މަޖިލިސް
30 May 2022
ރ.ޔާމީނުގޭގައި ދަމާފައިވާ ބެނައެއްނޫންކަން ހުކުމުން އެނގޭ. ބޭރުގައި ހުރި ދަގަޑެއްގައި ހަރުކޮށްފައިވާ ބެނައެއް ނަގާކަން ފުލުހުން އަމުރެއް ބޭނުމެއްނުވާނެކަން އެނގޭ. ސުވާލަކީ އެ ބެނައަކީ ރ.ޔާމީނުގެ އެއްޗެއްތޯ ނުވަތަ ނޫންތޯ؟ރ.ޔާމީނުގެ އެެއްޗެއްނަމަ ސިޓީ ކައުންސިލުގެ ހުއްދަނަގައިންތޯ މަގުމަތީ ދަމާފައިހުރީ.
ރަދީފްއޮފިޝަލް
30 May 2022
އިމާރާތެއް ކުރަމުންދާއިރު ޖަހާފަ ހުންނަ ސޭފްޓީ ސްކަފޮލްޑިން އެއީ ކޮންމެހެން ވެސް ހުންނަން ޖެހޭ އެއްޗެއްކަން ކަލެއަށް ނޭނގުނީމަ އެބަ ދޭހަވޭ ކަލޭތި މާލޭގަ އިމާރާތް ކުރުމުގެ ގަވާއިދުގެ އަލިފްބާ ވެސް ނޭނގޭ މީހެއްކަން.އެބުނާ އިމާރާތުގެ ކްލައިންޓްގެ ގޮތުގަ ބެލެވޭ ފަރާތުގެ އެއްޗެއް އިމާރާތުގެ ސްކަފޯލްޑިން ނުވަތަ ސޭފްޓީގެ ގޮތުގަ ޖަހާ ދަގަނޑުގަ ހަރުކުރަން އިތުރު ހުއްދައެއް ހޯދާކަށް ނުޖެހޭނެ.އަދިވެސް އަނގަ ކޮއްޕަން ޖެހޭނެ.ހެހެހެހެހެހެހެ.ވ.ވެދުން
ރޮދިފަށް
30 May 2022
މިހިރަ ބޯގޯސް އޮފިޝަލާ. ކަލެއަށް ކޮމެންޓުގަ ލިޔެފައޮތް އެއްޗެއް ދޭހަ ނުވިޔަސް އަނގަކޮށްޕާތީ. ސުވާލުކޮށްފަ އޮތީ ބެނާ ދަމަން ހުއްދަ ނެގިހޭ.. ދެން ކޮން ސްކަފޯލްޑޭ އަންފޯލްޑޭ ކިޔައިގެން މޮޅުކަން ދެއްކެން ތިއުޅެނީ.
ހުސެން
30 May 2022
@ރަދީފްއޮފިޝަލް:: ތިހާރުޅިނަޔަކަސް ކޮމެންޓަށް ރައްދުދެވިދާނުން، ކޮންމެކަމަކާ ތިހެން ޕުރަޝަރަށް ދިއުމަކީ ސިއްހަތައްވަރަށްގެއްލުން ހުރިކަމެއް
ރަދީފްއޮފިޝަލް
30 May 2022
@ރޮދިފަށް އަށް. ވެދުން ސަލާމް.އެމީހެއްގެ އަމިއްލަ ގޭގަ ބެނާ އެއް ދަމަން (މަގުމަތީގަ ހިނގާ މީހުން އަދި ދުއްވާ މީހުންނަށް އުނދަގޫ ނުވާގޮތަށް) ހުއްދައެއް ހޯދަން ނުޖެހޭނެ.ބޭރުގަ ހުރި ބެނާއެއް ކަމަށް އިޝާރާތްކުރީމަ ސްކަފޯލްޑިންގެ ވާހަކަ ބުނީ.އެހެންވީމަ ދޭހަނުވަނީ ކާކައްތޯ ބަލަން ގިނަ ވަގުތެއް ބޭނުން ނުވޭ.ވ.ސަލާމާއި ހެޔޮ ދުޢާ.
ރަންދެފައި
30 May 2022
ރޮދީފު އަދިވެސް އަގައިން ދެރަނުވާތި. މަގުމަތީގައި ހިނގާ މީހުންނަށް އުނދަގޫވާނީ އޭގައި އަޅައިގެންފަ ވެއްޓުނީމަކާ ނޫނޭ. ލިޔާމީހާގެ ބަނޑުގައި ހުންނަ އެއްޗެހި ކޮންމެހެން މަށަކަށް ދޭހަވާކަށް ނުޖެހޭ. މިހާރު އެންމެން ބަވައިގަތީމަ ސަލާމޭ ވައްސަލާމޭ ކިޔާނެކަމެއް. ތިހާ އަދަބު އަހްލާގު ހުރިނަމަ އަބަދުވެސް ވާހަކަދައްކާ އުޅޭނީ ރީތިކޮށް.
ރަދީފްއޮފިޝަލް
30 May 2022
ކަލޭމެން ހީކުރަނީ މަމީ މޮޔައެއްކަމަށްތަ؟ ބެނާއެއް ނުނެގޭނެ.
ބުއްދިވެރިޔާ
30 May 2022
ބެނާ އެއޮތީ ނަގާފަ. އަދިވެސް ބެނާ ދަމައިފިއްޔާ ނަގާނެ. ދެން މޮޔައެއްތޯ ނިންމާނީ ޑޮކްޓަރުން
ރަދީފްއޮފިޝަލް
31 May 2022
ކޮންކްރީޓް ފާރުތަކެއް ފަދަ ބަޔަކަށް އެއްޗެއް ވިސްނަދޭން އުޅުން އެއީ މޮޔަކަމެއްކަން ޔަގީން.އެހެންވީމަ މިހިސާބުން ކުރުކޮއްލާނަން.ވ.ވެދުން